Roadha Mihaaru
ފޭކް ޓްވީޓުގެ މައްސަލަ ބަލަން ހުޅަހަޅާނަން: ނަޝީދު

ފޭކް ޓްވީޓުގެ މައްސަލަ ބަލަން ހުޅަހަޅާނަން: ނަޝީދު

02 ޖުލައި 2020

ނަމާދުތަކުގެ ރަކުއަތް މަދުކުރުމާ ގުޅޭގޮތުން ނަޝީދުގެ ނަންފުޅުގައި ކޮށްފައިވާ ފޭކް ޓްވީޓުގެ މައްސަލަ ބަލަން މިއަދު ހުށަހަޅުއްވާނެ ކަމަށް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނަމާދުތަކުގެ ރަކުއަތް މަދުކުރުމާ ގުޅޭގޮތުން ނަޝީދުގެ ނަންފުޅުގައި ކޮށްފައިވާ ފޭކް ޓްވީޓުގެ މައްސަލަ ބަލަން މިއަދު ހުށަހަޅުއްވާނެ ކަމަށް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ޓްވީޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޓްވީޓާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ އެފަދަ ޓްވީޓެއް ކުރައްވާފައި ނުވާނެ ކަމަށާއި އެކަން ބެލުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ހުށަހަޅުއްވާނެ ކަމަށެވެ.

އެ ޓްވީޓުގައި ބުނެފައިވަނީ އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގުނުވާގޮތަށް ކުރުން މި ވަގުތު މުހިއްމު ކަމަށެވެ. އެހެންވެ ބައެއް ނަމާދުތަކުގެ ރަކުއަތްތައް މަދުކޮށްލުމުން ވެސް ސަރުކާރުގެ ގަވައިދުގެ ތެރެއިން ނަމާދު ކުރެވިދާނެ ކަމަށް ފޭކް ޓްވީޓުގައި ވެ އެވެ.

ޓްވީޓާ ގުޅިގެން، އޭގެ ހަގީގަތް ނޭނގި ނަޝީދަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާޗު 18 އިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލައިފަ އެވެ. އޭގެ ފަހުން މިސްކިތްތައް ބަންދުކުރި އެވެ. ނަމަވެސް ލޮކްޑައުނަށް ދިން ލުއިތަކާއެކު، މި މަހުގެ 14 އިން ފެށިގެން ވަނީ މިސްކިތްތަކުގައި ނަމާދުކުރަން ހުއްދަދީފަ އެވެ. އަދި އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގުނުކުރުމަށް ވެސް އެދިފައި ވެ އެވެ.

އެ ހުއްދަ ދިން ނަމަވެސް، ކޮވިޑް-19 ކޮންޓްރޯލްކޮށް ފަށާ އާ މަރުހަލާއާއެކު ޖަމާއަތުގައި ނަމާދުކުރަން ފަށާފައިވަނީ އިއްޔެ މަޣުރިބް ނަމާދުން ފެށިގެންނެވެ.