ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައިގައި، އޭނާގެ ކުރީގެ ފިރިމީހާ ރޭ ހައްޔަރުކޮށްފި އެވެ.
02 ޖުލައި 2020
ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައިގައި، އޭނާގެ ކުރީގެ ފިރިމީހާ ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައިގައި 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ 9:45 ހާއިރެވެ.
އެނގިފައިވާ ގޮތުގައި އެއީ އަންހެން މީހާގެ ކުރީގެ ފިރިމީހާ އެވެ. އެ ދެ މީހުންގެ ދަރިއަކު ވެސް ހުރެ އެވެ. އަނގަޔަށް ލައްފިލުވާ އެޅިޔަސް އޭނާގެ ހަށިގަނޑުގެ އެތެރެއަށް ލައްފިލުވާ ގޮސްފައިނުވާ ކަމަށް ވެ އެވެ.
މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ އަންހެން މީހާ ހެލްތު ސެންޓަރަށް ގެންގޮސްފަ އެވެ. މިހާރު އޭނާ އޮތީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގަ އެވެ. އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް، ފުލުހުން ބުންޏެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ސިހުރު މައްސަލާގައި ދެ ރަށުން 12 ގެ ފާސްކޮށްފި
ސިހުރުގެ ތުހުމަތުގައި އަލިފުށި، މީދޫ ބަލައި ފާސްކުރަނީ
އަލިފުށީގައި ފީނަން ފޭބި މީހަކު މަރުވެއްޖެ
ވަރިހަމަކޮށްލައިގެން ތިއްބައި ހައްދުފަހަނާޅައިދަނީ!
ކުރީގެ އަނބިމީހާއަށް އަނިޔާކުރި ފުލުހަކު ޖަލަށް
މޫނު އަޅައިގެން ހުރި މީހަކާ މަގުމަތިން ފޮށިއްޖެ
އަންހެނަކު ގަދަކަމުން ގޯޅިގަނޑަކަށް ވެއްދި މީހާ ޖަލަށް
އާދޭހުގައި 13އަހަރު: މި މަންމަގެ ހައްގެއް ނުލިބުނު!
ގެވެށި އަނިޔާގެ މައްސަލަ ތަހުގީގެއް ނުކުރެވުނު
ފިރިމީހާ، އަނބިމީހާ އަށް ހަމަލާދީ ޒަހަމްކޮށްލައިފި