04 ޖުލައި 2020
އުމުރުން 14 އަހަރުގެ ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލައިގެ ތުހުމަތަށް އެ ކުއްޖާގެ ޅިޔަނަކު ހައްޔަރުކޮށް ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އެބަދެ އެވެ.
އުމުރުން 14 އަހަރުގެ ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލައިގެ ތުހުމަތަށް އެ ކުއްޖާގެ ޅިޔަނަކު ހައްޔަރުކޮށް ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އެބަދެ އެވެ.
މެދު ރާއްޖެތެރޭގެ ރަށަށް ނިސްބަތްވާ އެ ކުއްޖާ ބަނޑުބޮޑުކަން އެނގުނީ މައްސަރު ކަންތައް ނުޖެހި 3-4 މަސް ވުމުން ޑޮކްޓަރަށް ދެއްކުމުންނެވެ. އާއިލާގެ އެދުމުގެ މަތިން މިދިޔަ އަންގާރަދުވަހު ޓެސްޓް ހަދައި ބެލިއިރު އެ ކުއްޖާގެ ބަނޑަށް ތިން މަހެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ކަށަވަރުކޮށްދެއްވި ގޮތުގައި އެ މައްސަލައިގައި 37 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ، "މިހާރު"އަށް ކަށަވަރުވެފައިވާ ގޮތުގައި އެ ކުއްޖާގެ އެއްބަނޑު އެއްބަފާ ދައްތަގެ ފިރިމީހާ އެވެ.
އެ އާއިލާއިން "މިހާރު" އަށް މިއަދު ވާހަކަދެއްކި މީހަކު ބުނީ، އެ ކުއްޖާއަކީ އޯޓިޒަމްގެ މައްސަލަތައް ވަރަށް ބޮޑަށް ހުންނަ ކުއްޖެއް ކަމަށެވެ. ވާހަކަ ދެއްކުމުގައި ވެސް ވަރަށް އުނދަގޫ ގޮތެއް ހުންނަ ކަމަށާއި ބައެއް އަކުރުތައް ވެސް ރަނގަޅަށް ނުކިޔޭނެ ކަމަށް ބުންޏެވެ.
ގްރޭޑު ހަތެއްގައި ކިޔަވަމުން އަންނަ ކުއްޖާ، 2018 ވަނަ އަހަރު ނަފްސާނީ ބަލީގެ ޑޮކްޓަރަށް ދެއްކުމުން އޭރު އެނގުނު ގޮތުގައި ވާހަކަ ދެއްކުމުގައި އޭނާގެ ހުންނަނީ 10 އަހަރުގެ ކުއްޖެއްގެ ގާބިލްކަމެވެ. ކަންކަން ކުރުމުގެ ގާބިލްކަން ހުންނަނީ ދެ އަހަރާއި ދެ އަހަރާ ބައިގެ ކުދިންގެ ސިކުނޑިއެއް ކަމަށް، އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
ސްކޫލުގައި ވެސް އޭނާ ކިޔަވަނީ، އެހެން ކުދިންނާ އެއް ކްލާހެއްގަ އެވެ. ބައެއް ހަރަކާތްތަކަށް ކްލާހުން ބޭރަށް ނުކުތް ކަމުގައި ވިއަސް އެކަނި ހުރެގެން ރޯނެ ކަމަށް އާއިލާއިން ބުންޏެވެ.
"މާގިނަ މީހުންނާ އެގޮތަށް އެއްގޮތަކަށް ވެސް ވާހަކައެއް ނުދައްކާނެ. ކްލާސް ކުދިން ވެސް ސުވާލު ކުރާނެ ކިހިނެއްވެގެން ހެއްޔޭ ތިގޮތަށް ތި ހުންނަނީ. ބޮލަށް ނޫނީ ގަޔަށް ތަދުވިއަސް އިޝާރާތުން ދައްކާލާނީ،" އޭނާ ބުންޏެވެ.
[ކުއްޖާ] ކައިރި އަހާ އިރަށް ބުނަނީ ހަމަ މި މީހާ ވާހަކަ އެކަނި.
ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ވެސް އުޅުނީ، އެ އަންހެން ކުއްޖައާ އެއް ގެއެއްގަ އެވެ. އެ ފިރިހެން މީހައާއެކު ބޭރަށް ވެސް ނުކުމެލާނެ ކަމަށާއި އެކަމަކު ޖިންސީ ގޯނާގެ ޝައްކެއް އޭރު އެއް ވެސް ގޮތަކަށް ނުކުރެވޭ ކަމަށް ބުންޏެވެ.
"އެކަހަލަ އެއްވެސް ޝައްކެއް ނުކުރެވޭ. ކުއްޖާއަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް. އެ ފިރިހެން މީހާއެކީ ވެސް ބޭރަށް ނުކުމެލާނެ. އެ މީހާގެ ވެސް ފިރިހެން ކުއްޖެއް ހުންނާނެ. އެ ކުއްޖާއެކީ ގައި ވެސް ކުޅެން ކޮޓަރީގައި ހުންނާނެ،" އާއިލާއިން ބުންޏެވެ.
"މާ ބޮޑަކަށް އިހުސާސެއް ނުކުރެވޭނެތާ އެކަހަލަ ކަމެއް ހިންގަފާނެ ކަމަކަށް ދައްތައަކު އިނދެގެން އުޅޭ މީހަކު."
ހޮސްޕިޓަލުން އެ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުމުން، ފުލުހުންނަށް އެކަން ރިޕޯޓުކުރީ އެ މިނިސްޓްރީންނެވެ. އާއިލާ އިން ބުނިގޮތުގައި އެ މައްސަލައާ ގުޅިގެން ފުލުހުން ސުވާލުކުރުމުން ވެސް ދިނީ ހަމަ އެއް ޖަވާބެކެވެ.
"[ކުއްޖާ] ކައިރި އަހާ އިރަށް ބުނަނީ ހަމަ މި މީހާ ވާހަކަ އެކަނި،" އާއިލާ އިން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
އަންހެން ކުއްޖާގެ މަންމަ އަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އެހެންވެ އޭނާގެ ކަންތައްތައް ބަލަހައްޓަމުން އައީ، ރޭޕްގެ ތުހުމަތުކުރާ މީހާގެ އަންހެނުންނެވެ. ޑޮކްޓަރަށް ދެއްކުމާއި ސްކޫލުގެ ކަންތައްތައް ވެސް ބެލެހެއްޓީ އޭނަ އެވެ. އެކަމަކު ކުއްޖާއަށް ގިނަ ފަހަރަށް ކާން ދެނީ އަދި ނިދަނީ ވެސް މަންމައާ އެކުގަ އެވެ.
"ޖޫސް ތައްޓެއް ދިނަސް އެއަށް ބަލަހައްޓައިގެން ވެސް ދެ ގަޑިއިރު އިނދެދާނެ. ވާހަކަދެއްކިއަސް ޖަވާބު ދޭނީ އޭނާ ބޭނުންވެއްޖިއްޔާ. ބޭރުން މީހުން ދާއިރު ވެސް އެ މީހުންނާ ދިމާލަށް ބަލަހައްޓައިގެން ހުރެދާނެ. އެކަމަކު ވަރަށް ބޭރަށް ނުދާނެ. ގިނައިން ހަމަ ގޭގައި އުޅޭނީ. އެކަހަލަ ހާލަތެއްގައި ހުރި ކުއްޖެއް އެއީ،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
މީހަކު ކަމެއް ކުރިއަސް ނުވަތަ އެއްޗެއް ދިނަސް ގޭ މީހުންނަށް އެކަން އަންގަން ކުއްޖާގެ ގާތުގައި ބުނެފައިވާނެ ކަމަށް އާއިލާއިން ބުނެ އެވެ. ހީނުކޮށް ތިއްބައި މި ދިމާވި ހާދިސާ އަކީ އާއިލާ އިން ބުނިގޮތުގައި، ލިބުނު ވަރަށް ބޮޑު ދެރައެކެވެ.
ކުއްޖާ އެބޯޓްކުރީ ޑޮކްޓަރުންގެ ލަފައާއެކު
ކައިވެނީގެ ނަމުގައި ރޭޕްކުރުމުން ހައްޔަރުކޮށްފި
ރޭޕްގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ގޯނާގެ މައްސަލައާއެކު ޝިދާތާ އިހުސާސްތައް ބޭރުކޮށްލައިފި
ޓެސްޓުތަކަށް ފަހު ކުޑަ ކުއްޖާ ދޫކޮށްލައިފި
ކުއްޖާ އަށް ކޮށްލާފައި އޮތްވަރުން ޑޮކްޓަރަށް ރޮވުނު!
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
ޖިންސީ ގޯނާގެ މައްސަލަތަކުގެ ކަންބޮޑުވުންތައް ރައީސަށް
ރޭޕްގެ މައްސަލާގައި ޅިޔަނު ޝަރީއަތް ނިމެންދެން ބަންދު