ސެކިއޯ ބޭގް ކުންފުނީގެ ގުދަންތަކުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި 11 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާއިރު، ރޭގެ ހާދިސާއާ އެކު ވެސް އެ ގުދަނުގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ގެއްލުންވެއްޖެ އެވެ.
08 ޖުލައި 2020
ސެކިއޯ ބޭގް ކުންފުނީގެ ގުދަންތަކުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި 11 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާއިރު، ރޭގެ ހާދިސާއާ އެކު ވެސް އެ ގުދަނުގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ގެއްލުންވެއްޖެ އެވެ.
ރޭ 8:30 ވާން އުޅެނިކޮށް ރޯވި އަލިފާންގަނޑު އެއްކޮށް ކޮޓްރޯލް ކުރެވުނީ ދަންވަރު 12 ޖަހާކަންހާއިރު ކަމަށް ވިޔަސް ދޭތެރެދޭތެއިން ހުޅު ހިފާތީ މިއަދު މެންދުރާ ހަމައަށް ވެސް ސިފައިންގެ ފަޔާ ޓީމުން އަންނަނީ ފެން ޖަހަމުންނެވެ. އަނދާފައިވާ ބައެއް ތަކެތީގެ އަޑީގައި އަދިވެސް ހުޅު ހިފާތީ ފަޔާމަނުން އެ ތަން ދޫކޮށްފައެއް ނުދެ އެވެ.
މި އަލިފާނުގައި ލިބުނު ގެއްލުންތަކުގެ ސީދާ އަދަދެއް އަދި ނޭނގުނު ނަމަވެސް ފެންނަން ހުރި ފޮޓޯތަކަށް ބަލާއިރު ގެއްލުން ކުޑަވާނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ. އެ ތަނުގައި ހުރި އެއްވެސް އެއްޗެއް ބޭނުން ކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.
ސެކިއޯ ބޭގް އަކީ ދަގަނޑުގެ ބާވަތްތައް ގަނެ، އެކްސްޕޯޓުކުރާ ބައެކެވެ.
ސެކިއޯ ބޭގްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވީ، އަލިފާންގަނޑު އެއްކޮށް އަދިވެސް ނިއްވައި ނުލެވޭތީ، އިތުރު ކަންކަން ސާފުނުވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގުދަން ކައިރީގައި އަދިވެސް ހަރަކާތްތެރިވަނީ ސިފައިންނެވެ. އަލިފާން އެއްކޮށް ނިއްވައި ނުލެވޭތީ ގުދަނާ ކައިރިވުމުގެ ހުއްދަ އަދި ނެތް ކަމަށް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ 21،000 އަކަފޫޓުގެ ގުދަނުގައި ހުންނާނީ މައިގަނޑު ގޮތެއްގައި ބާ ދަގަނޑާއި ދަގަނޑު ހޮޅި އާއި ބާ ޓަޔަރާއި ކަރުދާހާއި ލަކުޑި އެވެ.
އޭނާ ބޮޑަށް ލަފާކުރައްވަނީ ގުދަނުގައި ރޯވީ ޓަޔަރުތައް ބަހައްޓާފައި ހުރި ތަނާ ކައިރިން ކަމަށެވެ
ސެކިއުއާ ބޭގްގެ ސައިޓުން މިއަދު ހެނދުނު ދުން އަރަނީ.---ފޮޓޯ: އެމްއެންޑީއެފް
ޝަރީފު ވިދާޅުވީ، ސެކިއޯ ބޭގްގެ ގުދަނެއްގައި ފުރަތަމަ ރޯވީ 2008 ވަނަ އަހަރު މާލޭގެ ކުނި ގޮނޑުގައި ހިނގި އަލިފާނުގެ ހާދިސާގައި ކަމަށާއި އެ ފަހަރު ހަތް މިލިއަން ރުފިޔާގެ ގެއްލުންވ ވެއެވެ.
އޭގެ ފަހުން، ތިލަފުއްޓަށް ގުދަން ބަދަލުކޮށްފައި ވަނިކޮށް 2010 ގެ ފަހުކޮޅު ހިނގި ހާދިސާއެއްގައި ހަތަރު މިލިއަންގެ ގެއްލުން ވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 8:24 ހާއިރު އެވެ. އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ފުލުހުންނާ އެކު ފަޔާ އެންޑް ރެސްކިއުގެ ބެކަޕްޓީމެއް ވަނީ ހަރަކާތްތެރިވެފަ އެވެ.
އެމްއެންޑީއެފުން މިއަދު ހެނދުނު ބުނީ ރެއިން ފެށިގެން ފަޔާ އެންޑް ރެސްކިއު ޓީމުން އަދިވެސް ފެންޖަހަމުން އަންނަ ކަމަށެވެ. ފަހުން ފެން ޖަހަނީ ހޫނުގެ ސަބަބުން އަދިވެސް ހުޅުގެ އަސަރު ކޮންމެސް ވަރަކަށް ހުރުމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
ޑީޕް ޓްރެކާއަކާއި ޑްރޯންއެއް ސްޓެލްކޯއިން ހަދިޔާކޮށްފި
ކަމެއް ވީހެން ވެސް ހީނުވޭ، މާލޭ ފުރެންދެން ކެމިކަލް!
އަލިފާނުގެ ހާދިސާގައި 30 މިލިއަން ރުފިޔާގެ ގެއްލުން!
ތިލަފުށީގައި ހުރި ވޯކްޝޮޕެއްގައި ރޯވެ އަނދަނީ
މާލޭގެ ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފި
ކައުންސިލަރު ތުހުމަތު ކުރަނީ ބަޔަކު ރޯކޮށްލީ ކަމަށް!
ހުޅުުދޫގައި އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލެއް ނުވޭ
ރައީސް، ޔަގީންކަން ދެއްވިޔަސް މާލޭގައި ކެމިކަލްގުދަން!
ކުދިކުދި ގޮޅިތަކުގައި 28 ގޭސްފުޅި ހުރި!