Roadha Mihaaru
މުސައްލަ އިސްތިހާރުކުރެވުނު ގޮތުން މާފަށް އެދެފި

ގެފުޅު ކުރަހާފައި ހުރި މުސައްލަ ފައިފުހީގެ ގޮތުގައި ވިއްކުމަށް ފަހު މާފަށް އެދިއްޖެ

09 ޖުލައި 2020

ހަރަމްފުޅުގެ މަންޒަރުތައް ސިފަކޮށްދޭ ގޮތަށް ހަދާފައިވާ ހުންނަ މުސައްލަ، ކާޕެޓާއި ފައިފުހީގެ ގޮތުގައި އިސްތިހާރުކުރުމުން އަމާޒުވި ފާޑުކިޔުންތަކާ ހެދި ރިޓެއިލް ކުންފުނި ޝީން އިން މާފަށް އެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަރަމްފުޅުގެ މަންޒަރުތައް ސިފަކޮށްދޭ ގޮތަށް ހަދާފައިވާ ހުންނަ މުސައްލަ، ކާޕެޓާއި ފައިފުހީގެ ގޮތުގައި އިސްތިހާރުކުރުމުން އަމާޒުވި ފާޑުކިޔުންތަކާ ހެދި ރިޓެއިލް ކުންފުނި ޝީން އިން މާފަށް އެދިއްޖެ އެވެ.

ފެޝަން އާއި ގޭތެރެ އަށް ބޭނުންވާ ސާމާނު ވިއްކާ ކުންފުނީގެ ވެބްސައިޓްގައި، މުސްލިމުން ނަމާދުކުރާ އިރު ބޭންކުރާ މުސައްލަ ސިފަކޮށްފައި ވަނީ ގްރީސްގެ ފައި ފުހި އަދި ޒީނަތްތެރިކުރަން ބޭނުންކުރާ ކާޕެޓްގެ ގޮތުގަ އެވެ. އެ މުސައްލަތައް 14 ޕައުންޑަށް ވިއްކަން ހުރީ ގްރީސްގެ "ފްރިންޖް ޓްރިމް" އަދި "ޓެސެލް ޓްރިމް" ގެ ގޮތުގަ އެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ޝީން އަށް ސޯޝަލް މީޑިއާގައި ފާޑުކިޔަން ފެށުމުން މާފަށް އެދި އިންސްޓަގްރާމްގައި އާންމުކުރި ބަޔާނުގައި ބުނީ އެ ތަކެތި ފައިފުއްސާއި ޒީނަތްތެރިކުރަން ބޭނުންކުރާ ކާޕެޓްގެ ގޮތުގައި އިޝްތިހާރު ކުރެވުނީ އޮޅުމަކުން ކަމަށެވެ. އަދި އެކަން އެނގުމާ އެކު އެ ތަކެތި ވެބްސައިޓުން ނަގާފައިވާ ކަމަށް ބުންޏެވެ.

View this post on Instagram

To our community? We’re sorry.

A post shared by SHEIN.COM (@sheinofficial) on

ޝީން ބުނީ "މުސައްލަ" އަށް ކުޑައިމީސްކުރެވުނު މައްސަލަ ބަލަން މިހާރު ރިވިއު ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ބެލުމަށް ފަހު، އެފަދަ ކަމެއް ދެން ތަކުރާރުނުވާނެ ގޮތަކަށް ކަންކަން ބައްޓަންކުރާނެ ކަމަށް ބުންޏެވެ.

"މި މައްސަލާގައި ކަންބޑުވުން ފާޅުކުރި އެންމެހާ ފަރާތްތަކުގެ ކިބައިން މާފަށް އެދެން. އަދި މާފުކުރާނެ ކަމަށް އުންމީދު ކުރަން،" ޝީން އިން ބުންޏެވެ.