13 ޖުލައި 2020
އިންޑިއާގެ ލޮކްޑައުންއާ އެކު ޝޫޓިން ހުއްޓުމަކަށް އައި އަކްޝޭ ކުމާރުގެ ތާރީހީ ބޮޑު ފިލްމު "ޕްރިތުވީރާޖް" ގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ނުވަތަ ނޮވެމްބަރު މަހުގެ ކުރީކޮޅު ފަށާ ގޮތަށް ނިންމައިފި އެވެ.
އިންޑިއާގެ ލޮކްޑައުންއާ އެކު ޝޫޓިން ހުއްޓުމަކަށް އައި އަކްޝޭ ކުމާރުގެ ތާރީހީ ބޮޑު ފިލްމު "ޕްރިތުވީރާޖް" ގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ނުވަތަ ނޮވެމްބަރު މަހުގެ ކުރީކޮޅު ފަށާ ގޮތަށް ނިންމައިފި އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ މި ފިލްމަކީ ކުރިން މި އަހަރުގެ ނޮވެމްބަރު މަހުގެ 13 ގައި ސިނަމާތަކަށް ގެންނަން ރޭވި ފިލްމެކެވެ. އެކަމަކު ޝޫޓިން ހުއްޓި، ފިލްމުގެ މަސައްކަތް ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާތީ މި އަހަރު "ޕްރިތުވީރާޖް" ސިނަމާތަކަށް އައުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މެދު ތެރޭގައި ޝޫޓިން ފެށި ފިލްމުގެ މަސައްކަތް އަލުން ފެށުމުގެ ތައްޔާރީތައްވަމުން އަންނަ އިރު، "ޕްރިތުވީރާޖް" ގެ ކުރިން އަކްޝޭ "ބެލް ބޮޓަމް" ގެ މަސައްކަތް ނިންމާނެ އެވެ. އެ ފިލްމުގެ ޝޫޓިން އަށް ކާސްޓާއި ކްރޫ އަންނަ މަހުގެ ތެރޭގައި އިނގިރޭސިވިލާތަށް ދާން މިހާރު ވަނީ ނިންމައިފަ އެވެ. ރަންޖީތު ތިވާރީ ޑައިރެކްޓްކުރާ ސްޕައި ތުރިލާ އަކީ އަންނަ އަހަރުގެ އެޕްރީލް 2 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
Feeling blessed ???#Prithviraj puja #Diwali2020 @akshaykumar #DrChandraprakashDwivedi @yrf @PrithvirajMovie pic.twitter.com/hXkaSiNuB5
— Manushi Chhillar (@ManushiChhillar) November 15, 2019
"ޕްރިތުވީރާޖް" ގެ ޝޫޓިން ހުއްޓުމަކަށް އައި އިރު، އެ ފިލްމުގެ 40 ޕަސެންޓް ޝޫޓިން ބާކީ އެބައޮތެވެ. އެގޮތުން ގުޖުރާތުގައި ނަގަން ޖެހޭ މަންޒަރުތަކެއް ވެސް ހިމެނެ އެވެ. ކުރިން ވެސް ބޮޑެތި ސެޓްތަކެއް ހަދައިގެން ފިލްމުގެ މަންޒަރުތައް ޝޫޓްކުރާ އިރު، ބާކީ ހުރި މަންޒަރުތައް ގުޖްރާތު ސިފަކޮށްދޭ ސެޓްތަކެއް ވައިއާރްއެފް ސްޓޫޑިއޯގައި ހަދަން ވަނީ ނިންމައިފަ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "ޕްރިތުވީރާޖް" އަކީ ބޮޑު ބަޖެޓަކުން ހަދާ، ބިޔަ ފިލްމަކަށްވާތީ މީގެ މަސައްކަތް ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ އާއި ޑައިރެކްޓަރު ޗަންދުރަޕްރަކާޝް ދިވެދީގެ އިތުރުން އަކްޝޭ ވެސް ނިންމަން ބޭނުން ވަނީ ވަގުތު ނަގައިގެން ވަރަށް ހަމަޖެހިގެންނެވެ. އެހެންވެ އަވަސް އަރުވާލައިގެން ފިލްމުގެ މަސައްކަތް ނިންމުމުގެ ވިސްނުމެއް ނެތް ކަމަށް ބުންޏެވެ.
"ޕްރިތުވީރާޖް" ހާއްސަވާ އެއް ސަބަބަކީ މި ފިލްމުން 2017 ގެ މިސް ވޯލްޑްގެ ތާޖު ހާސިލުކުރި މަނޫޝީ ޗިލާރް ބޮލީވުޑަށް ތައާރަފުވާ ފިލްމަށްވުމެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތު، ސޯނޫ ސޫދު، އަޝުތޯޝް ރާނާ، މާނަވް ވިޖް، ޓީވީ ބަތަލާ ސާކްޝީ ތަންވަރު އަދި ލަލިތު ތިވާރީ ފަދަ ތަރިން ހިމެނެ އެވެ.
އަކްޝޭގެ ދެ ފިލްމެއް މިހާރު ވެސް އޮތީ ރިލީޒްކުރުމުގެ މަރުހަލާގަ އެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ނޮވެމްބަރު މަހުގެ ތެރޭގައި ސިނަމާތަކުގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ "ސޫރިޔާވަންޝީ" އާއި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ "ލަކްޝްމީ ބޮމް" އެވެ.
"ޕްރިތުވީރާޖް" އަކީ އިންޑިއާގެ ކުރީގެ ރަސްކަލެއް ކަމަށްވާ ޕްރިތުވީރާޖް ޗޯހަންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
މިސް ވޯލްޑް ތައާރަފުކުރާ ފިލްމު ވެސް ފަސްކޮށްފި
މިސް ވޯލްޑް މަނޫޝީގެ ފުރަތަމަ ފިލްމުގެ ޓީޒާއެއް
ވިކީ އާއި މަނޫޝީގެ ފިލްމަށް ނަމެއް
އަކްޝޭއާ އެކު ރީތީގެ ރާނީ މަސައްކަތްކުރަނީ އުފަލުން
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
މިސް ވޯލްޑް މަނޫޝީ އަށް ތިން ވަނަ ފިލްމެއް
އަކްޝޭގެ "ޕްރިތުވީރާޖް" ގެ ނަން ބަދަލުކުރަން ގޮވާލައިފި