ނަގާފައިވާ ލޯނު ނުދެއްކިއްޖެ ނަމަ ކ. އެރިޔަދޫ އައިލެންޑް ރިސޯޓާއި އިތުރު ތަނެއް ވިއްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދީ، ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
31 ޖެނުއަރީ 2017
ނަގާފައިވާ ލޯނު ނުދެއްކިއްޖެ ނަމަ ކ. އެރިޔަދޫ އައިލެންޑް ރިސޯޓާއި އިތުރު ތަނެއް ވިއްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދީ، ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ހަތަރު ތަރީގެ ރިސޯޓެއް ކަމަށްވާ އެރިޔަދޫ އައިލެންޑާއި މާފުށި ޕިކްނިކް އައިލެންޑް ވިއްކާލުމުގެ ހުއްދަ އެސްބީއައި އަށް ދީ، ކޮށްފައިވާ ހުކުމް ހައި ކޯޓުން ދެމެހެއްޓިއިރު އެރިޔަދޫ ހިންގުން ބޭރު ކުންފުންޏަކާ ހަވާލުކުރަން އޮތީ ނިންމައިފަ އެވެ. ޕްލެޓިނަމް ކެޕިޓަލް ހޯޑިންސްއަށް ސަރުކާރުން ދޫކޮށްފައިވާ އެ ރިސޯޓް ހިންގަން ހަވާލުކުރަން ނިންމާފައި އޮތީ ދުނިޔޭގެ މަޝްހޫރު ޓުއާ އޮޕަރޭޓަރެއް ކަމަށްވާ އިނގިރޭސިވިލާތުގެ ތޯމަސް ކުކްއާ އެވެ.
އެރިޔަދު އާއި މާފުށި ޕިކްނިކް އައިލެންޑް ވިއްކާލަން އޮކްޓޫބަރު، 2015 ގައި ސިވިލް ކޯޓުން އެސްބީއައި އަށް ހުއްދަ ދިނީ އެ ރަށްތައް ރަހުނުކޮށް، ކްރިސްޓަލް ލެގޫން ކުންފުނިން ނެގި ލޯނަކަށް ނުދައްކާ އޮތް ދެ މިލިއަން ޑޮލަރު (43 މިލިއަން ރުފިޔާ) އާއި އިތުރު 20 މިލިއަން ރުފިޔާ ނުދެއްކި މައްސަލައެއްގަ އެވެ. ސިވިލް ކޯޓުން ނިންމާފައިވަނީ އަށް މަސް ތެރޭގައި ފައިސާ ނުދައްކައިފި ނަމަ އެތަންތަން ވިއްކާލުމުގެ ބާރު އެސްބީއައި އަށް ލިބިގެންވާ ކަމަށެވެ.
އެ ހުކުމަށް ހައި ކޯޓުން ތާއީދުކުރީ އެ ލޯނަށް ގެރެންޓީ ދިން އެއް ފަރާތް ކަމަށްވާ ވީބީ ބްރަދާސް އިން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ. އެ ލޯނަށް ގެރެންޓީ ދިން ކުންފުނިތަކުގެ ތެރޭގައި އެރިޔަދޫ ހިންގާ ޕްލެޓިނަމް ކުންފުނި ވެސް ހިމެނެ އެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ ކަން ދެ ފަރާތުގެ ބަހުން ސާފުކޮށް އެނގޭ ކަމަށެވެ. އަދި ލޯނު އެއްބަސްވުމުގައި، ލޯނު ނުދެއްކިއްޖެ ނަމަ ގއ. ކޮނޮއްޓާ ރިސޯޓް ވިއްކާލުމުގެ ބާރު އެސްބީއައި އަށް އޮންނާނެ ކަމަށް ބުނެފައި އޮއްވާ ކޮނޮއްޓާ އެހެން ބަޔަކަށް ވިއްކާލާފައިވާތީ ސިވިލް ކޯޓުގެ ހުކުމުގައި ކޮނޮއްޓާ ވިއްކާލުމުގެ ހުއްދަ ދީފައި ނެތް ކަމަށް ހުކުމުގައިވެ އެވެ.
ފަނޑިޔާރު އަލީ ސަމީރާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިއްތިފާގުން ނިންމެވީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އަލީ ޒާހިރު ދެ މިލިއަން ބޭންކަށް ދައްކަން ޖެހޭނެ
އެކައުންޓުގައި ހުރި ވަރަށްވުރެ އިތުރަށް ދިނުމަކީ ދަރަނި
އެރިޔަދޫ ވިއްކާލުން މަޑުޖައްސާލަން އެންގީ ރަނގަޅަށް
ހެވީލޯޑް ރަށްތައް ވިއްކުން މަޑުޖައްސާލަން އަންގައިފި
ބީއެމްއެލްއިން ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ޓޫރިޒަމަށް ދޫކުރި ލޯނުގެ އަދަދު 12 ބިލިއަނަށް!
ދިއްފުށީފަޅުގެ މަސައްކަތް މަޑުޖެއްސުމުގެ އަމުރެއް ނުދިން
ދެ މިލިއަންގެ މައްސަލާގައި އަލީ ޒާހިރު ސުޕްރީމް ކޯޓަށް
ޔޮޓް ޓުއާސުން 3.6 މިލިއަން ޑޮލަރު ދޭންޖެހޭ:ހައިކޯޓް
ޔޮޓް ޓުއާސް 29 މިލިއަން ޑޮލަރުން ސަލާމަތެއް ނުވި