Roadha Mihaaru
ރެސިޑެންސް ވިސާއާ ގުޅޭ ކުއްލި މައްސަލަ ބަލައެއް ނުގަތް

ރެސިޑެންސް ވިސާއާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

20 ޖުލައި 2020

ބިދޭސީންނަށް ފަސޭހަ އިން ރެސިޑެންސް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އަލުން ވިސްނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވީ އަވައްޓެރި ގައުމަކަށް ފައިދާއެއް ހޯދައި ދިނުމަށް ކަމަށް ވިދާޅުވެ މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައި ނުގަންނަން ފާސްކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބިދޭސީންނަށް ފަސޭހަ އިން ރެސިޑެންސް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އަލުން ވިސްނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވީ އަވައްޓެރި ގައުމަކަށް ފައިދާއެއް ހޯދައި ދިނުމަށް ކަމަށް ވިދާޅުވެ މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައި ނުގަންނަން ފާސްކޮށްފި އެވެ.

"އިމިގްރޭޝަންގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ފޮރުވިފައިވާ ކަންކަން" ނަމުގައި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަން ކަމަށް ވޯޓް ދެއްވީ 16 މެމްބަރުންނެވެ. އެ މައްސަލަ ބަލައި ނުގަންނަން 19 މެމްބަރު ވޯޓް ދެއްވުމުން އެ މައްސަލައާ ގުޅޭ ގޮތުން ބަހުސް ނުކުރަން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ނިންމައިފަ އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ނަޝީދު ވިދާޅުވީ އެ އިސްލާހުގެ ހަގީގީ ބޭނުމަކީ މިވަގުތު ރާއްޖޭގައި ދިރިއުޅެމުން ދާ ބިދޭސީންގެ ތެރެއިން ބާރުގަދަ އަވަށްޓެރި ގައުމަކަށް ނިސްބަތްވާ 25،000 ބިދޭސީންނަށް ރާއްޖޭގައި ދާއިމީ ގޮތެއްގައި އުޅެވޭނެ ގޮތްތަކެއް މަގުފަހި ކުރުން ކަމަށެވެ. އެކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކުން އޭނާ އަށް އެކަން ހިއްސާ ކުރައްވާފައިވާ ކަމަށް މެމްބަރު ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

Residence visa massalaigai Nasheed amalu kurevvee gavaaidhaa hilaafu kamah bune hiyhama nujehun!

Residence visa massalaigai Nasheed amalu kurevvee gavaaidhaa hilaafu kamah bune hiyhama nujehun!

The most trusted news source in the Maldives

Mihaaru

ރެސިޑެންސް ވިސާ ކަންތަކުގައި ނަޝީދު އަމަލު ކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް މެމްބަރުން ތުހުމަތު ކުރެއްވުން

"މިކަމުގެ ތަރުތީބު ކުރެވިގެން ދަނީ ވަކި ހިސާބަކުން އެމީހުން ދިވެހިރާއްޖޭގެ ރައްޔިތުކަން ދިނުން ކަމަށްވޭ. އޭގެ ކުރިން ދާއިމަށް ތިބެން ފެށުމާއެކު ރާއްޖޭގެ އެއްބައިވަންތަކަން ގެއްލޭނެ ފަދަ ކަންތައްތައް ކުރުމަށް ރާވާފައިވާ ކަމުގެ މައުލޫމާތު ލިބޭ،" މެމްބަރު ނަޝީދު ވިދާޅުވި އެވެ.

"މިގޮތުން އެ މީހުން ބޭނުންވާ ދީނަކަށް އުޅުމަށް ފައްޅި އެޅުމާއި އެމީހުންގެ ދަރިން ސްކޫލަށް ދާއިރު އެ މީހުންގެ ދީނީ ތައުލީމް ލިބޭނެ ގޮތް ފަހިކުރުމަށް ވަކާލާތު ކުރާނެ ކަމަށް ވޭ. އަދި މިކަންކަން ކުރުމަށް ހަމަޖެހިފައިވަނީ އިންސާނީ ހައްގުތަކުގެ ނަމުގައި ކަމަށްވޭ."

މެމްބަރު ނަޝީދު ވިދާޅުވީ ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލައަށް އޮތް ހައްލަކީ އެ މީހުންނަށް ރާއްޖޭގެ ރައްޔިތުކަން ދިނުން ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައިވުމަކީ އެ ތުހުމަތުތަކަށް ބާރު ލިބިދޭ އިތުރު ހެއްކެއް ކަމަށެވެ.

"ފަންސަވީސް ހާސް މީހުންނަށް ރާއްޖޭގައި ދާއިމަށް ތިބެވޭނެ ގޮތް ހަދައި ވަކި ހިސާބަކުން ރައްޔިތުކަން ދީފި ނަމަ ރާއްޖޭގައި ކުރިއަށް ބާއްވާ އިންތިޚާބުތަކަށް ވަރަށް ބޮޑަށް އެހެން ގައުމުތަކަށް ނުފޫޒު ފޯރުވޭނެ. މި އަދަދު ބޭނުންކޮށްގެން ރާއްޖޭގެ މަދު ބައެއްގެ ވޯޓް ކޮޅަކާއެކު އިންތިޚާބެއް ކާމިޔާބު ކުރެވޭނެ،" މެމްބަރު ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަވައްޓެރި ގައުމެއްގެ ޖާސޫސީ އިދާރާގެ ބަޔަކު ރާއްޖޭގެ އެންމެ ދެކުނާއި ލ. އަތޮޅާއި މާލޭގައި މިހާރު ވެސް ހަތިޔާރާއެކު އުޅެމުން ދިއުން އެކަށީގެންވާ ކަމަށެވެ. އަދި އެ ގައުމުގެ އެމްބަސީން ރާއްޖޭގެ މީޑިއާތަކަށް ހަރަދުކޮށް، އެ ގައުމާ ދެކޮޅަށް މީޑިއާ އިން ނުލިޔާނެ ކަމުގެ ޔަގީންކަން ހޯދާފައިވާ ކަމަށް ވެސް މެމްބަރު ނަޝީދު ތުހުމަތުކުރެއްވި އެވެ.

"ރާއްޖޭގެ ވަރަށް ގިނަ މުއައްސަސާތަކުގައި ކޮންސަލްޓެންޓުންގެ ގޮތުގައި މިދެންނެވި ގައުމުގެ ޖާސޫސުން ހަރަކާތްތެރިވަމުން ދޭ. ސަރުކާރުގެ ބައެއް އިދާރާތަކުގެ އިތުރުން މުއާސަލާތީ ހިދުމަތްދޭ ދިރާގާއި އުރީދޫގައި ވެސް މިދެންނެވި ޖާސޫސުން ތިބޭ،" މެމްބަރު ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަންކަމަކީ ރާއްޖޭގެ ގައުމީ ސަލާމާތަށް ނުރައްކާވާ ކަންކަން ކަމަށެވެ.

އިމިގްރޭޝަން ގާނޫނަށް ގެންނަ އިސްލާހުތަކާ މެދު ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މަޝްވަރާކޮށް، ރައްޔިތުންގެ މަޖިލީިހުން ގޮތެއް ނިންމައި ދިނުމަށް މަޖިލީހުގެ ރައީސް ނަޝީދަށް މިދިޔަ ހަފުތާގައި ކޮމިޓީގެ ރިޕޯޓު ފޮނުވި ނަމަވެސް އެ މަނިކުފާނު ވަނީ ރެސިޑެންސް ވިސާ ލިބޭނެ ލުއި ގޮތްތަކެއް އިސްލާހުތަކުގެ ތެރޭގައި ހިމަނައި ދިނުމަށް އެދިވަޑައިގެން އެ ރިޕޯޓު އަނބުރާ ފޮނުވާލައިފަ އެވެ.

ކޮމިޓީގެ މަސައްކަތް ނިންމާފައި ވަނިކޮށް، ނަޝީދު އެދިވަޑައިގަތީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި ރާއްޖޭގައި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓެއް ކުރާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެނައުމާ މެދު ކޮމިޓީން އަލުން ވިސްނުމަށެވެ. މި ގޮތަށް ވިސާ ދިނުމަކީ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންގެ ވެސް ނުރުހުން އޮތް ކަމެކެވެ. މިކަމާ ފާޅުގައި ބައެއް މެމްބަރުން ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.