Roadha Mihaaru
ރެސިޑެންޓް ވިސާގެ އިސްލާހު ތަސްދީގު ކުރައްވައިފި

ރެސިޑެންޓް ވިސާގެ އިސްލާހު ތަސްދީގު ކުރައްވައިފި

25 ނޮވެމްބަރ 2020

ރާއްޖޭގައި ވަކި މިންވަރަކަށް ވުރެ ބޮޑެތި އިންވެސްޓްކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހަައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ވަކި މިންވަރަކަށް ވުރެ ބޮޑެތި އިންވެސްޓްކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހަައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިިން ރާއްޖޭގައި 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) އަށް ވުރެ ބޮޑެތި އިންވެސްޓްކުރާ ބިދޭސީންނަށް ރާއްޖޭގައި ތިބުމަށް ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މިމަހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓްތަކުގެ ހިއްސާދާރުންނާއި ޑިރެކްޓަރުންނާއި އިސްވެރިންނަށް ވެސް ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެވޭ ގޮތަށް އެ ބިލުގައި ހިމަނާފައިވެ އެވެ.

އެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވުމާ އެކު، މިއަދުން ފެށިގެން ގާނޫނަކަށް ވެ ވަނީ އަމަލު ކުރަން ފަށައިފަ އެވެ.

އެ ބިލްގައިވާ ގޮތުން އިންވެސްޓް ކުރުމުގެ އިތުރުން 250،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ރާއްޖޭގެ ބޭންކް އެކައުންޓެއްގައި ފިކްސްޑް ޑިޕޮސިޓެއްގެ ގޮތުގައި ބަހައްޓާ ބިދޭސީންނަށް ވެސް ކޯޕަރޭޓް ރެސިޑެންޓް ދެވިދާނެ އެވެ. އެ ވިސާ ދެވޭނީ ގިނަވެގެން ފަސް އަހަރަށް ކަމަށާއި އަދި ޝަރުތު ހަމަވާ ނަމަ އެ ވިސާ އާ ކުރެވޭނެ ކަމަށް އެ ބިލުގައިވެ އެވެ. އަދި މިހާރު ވެސް އޮންނަ ގޮތަށް، ދިވެހިންނާ ކައިވެނި ކޮށްގެން އުޅޭ ނުވަތަ ދިވެއްސަކާ ކުރި ކައިވެންޏަކަށް ދަރިން ލިބިފައިވާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް އެ ބިލުގައި ހިމަނާފައިވެ އެވެ.

ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެވޭ އުސޫލަށް ބަދަލު ގެނެސް، މަޖިލީހުން ބިލް ފާސް ކުރުމުން އިިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ. އެކަމަކު ސަރުކާރުން ބުނެފައިވަނީ ކޯޕަރޭޓް ރެސިިޑެންޓް ވިސާ ދިނުމުގެ އުސޫލަށް ބޮޑެތި ލުއިތަކެއް ދިނީ ކުރީގެ ސަރުކާރުން ކަމަށާއި އެފަދަ ލުއިތަކެއް މި ސަރުކާރުން ނުދޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.