Roadha Mihaaru
ސިއްހީ އިމަޖެންސީގެ ބަދަލު ރަނގަޅު: ޑރ. އަޒީ

ހެލްތު އިމަޖެންސީ ގަރާރު މަޖިލީހަށް ހުށަހަޅަން ޖެހުން ގޯހެއް ނޫން: ޑރ. އަޒީ

20 ޖުލައި 2020

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުުކުރާ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުން ގޯސް ނޫން ކަމަށް ތަޖުރިބާކާރު ޑޮކްޓަަރެއް ކަމަށްވާ ޑރ. އަބްދުލް އަޒީޒް ޔޫސުފް ރޭ ވިދާޅުވެެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުުކުރާ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުން ގޯސް ނޫން ކަމަށް ތަޖުރިބާކާރު ޑޮކްޓަަރެއް ކަމަށްވާ ޑރ. އަބްދުލް އަޒީޒް ޔޫސުފް ރޭ ވިދާޅުވެެއްޖެ އެވެ.

އާއްމު ސިއްހަތު ރައްްކާތެރިކުރުމުގެ ގާނޫނަށް ފުވައްމުލަކު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު ރަަޝީދު ހުށަހަޅުއްވާފައިވާ އިސްލާހާ މެދު ސިއްހީ މާހިރުންނާއި އާއްމުންގެ ހިޔާލު ހޯދަން މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑރ. އަޒީ ވިދާޅުވީ އެ އިސްލާހުން ކުރަން އުޅޭ ކަމަކީ އެ ގާނޫނުގައި ބުނާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ގާނޫނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތާ އެއްގޮތް ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ މެދު މަޖިލީހުން ގޮތެއް ނިންމާ ގޮތަށް ގާނޫނަށް ބަދަލު ގެނަޔަސް ސިއްހީ މާހިރުންގެ ބަހެއް އެކަމުގައި އޮންނާނެ ކަމަށާއި ދެފަރާތުން ވެސް ރަނގަޅަށް މަސައްކަތްކުރާ ނަމަަ އެކަން ރަނގަަޅަށް ކުރެވޭނެ ކަމަށެެވެ.

"[މެމްބަރުން] އެކި ފަހަރު މަތިން ރިޕީޓްުކުރައްވައިފި މި ކުރައްވަން އުޅުއްވާ ކަމަކީ ހާމަނައިޒްކުރުމޭ. ގާނޫނު އަސާސީއާ ހާމަނައިޒް ކުރުމޭ. އެހެންވީމާ އާ ކަމެއް މީގެ ތެރެއަށް ވަންނަނީ އެއް ނޫންކަން އެއީ އަޅުގަނޑަށް މި އަންޑަސްޓޭންޑްވި އެއްޗަކީ. އެހެންވީމާ އެއަށް ކޮންމެހެން އިތުރު އެއްޗެެއް ލާކަށް ނުޖެހޭ ކަންނޭނގެ ޑޮކްޓަރު އަލީ ނިޔާފް އެ ވިދާޅުވި ގޮތަށް: ޑރ. އަޒީ

ރޭގެ ފޯރަމްގައި އަޒީ ބައިވެރިވެވަޑައިގެންނެވީ ބިލާ ބެހޭ ގޮތުން މަޖިލީހުގެ ފަރާތުން މައުލޫމާތު ދެއްވާ ޕެނަލިސްޓެއްގެ ގޮތުގަ އެވެ.

އަޒީ ވިދާޅުވީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާ މެދު ނުތަނަވަސްކަމެއް އުފެދިގެން އުޅެނީ މުޅި ބިލު އެކުގައި ނުބައްލަވާތީ ކަމަށް ވެދާނެ ކަމަށެވެ. ސިއްހީ ކަމަކާ ގުޅޭ ބިލެއް ފާސްކުރާ އިރު އަބަދުވެސް ސިއްހީ މާހިރުންގެ ލަފާ މަޖިލީހުން ހޯދާ ކަމަށާއި ރައްޔިތުންނަށް ގެއްލުންވަ ގޮތަަށް މަޖިލީހުން ބަދަލެއް ގެންނާނެ ކަމށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުން ރޭ ބޭއްވި ފޯރަމްގައި ޑރ.ނިޔާފް ވާހަކަ ދައްކަވަނީ.

މަޖިލީހުން ރޭ ބޭއްވި ފޯރަމްގައި ޑރ.ނިޔާފް ވާހަކަ ދައްކަވަނީ.

"އެފުރުސަަތު [ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ މެދު މަޖިލީހުން ނިންމާ ނިންމުމުގައި ސިއްހީ މާހިރުންގެ ބަހެއް ހިމެނުމުގެ ފުރުސަތު] އަޅުގަނޑަށް ހީވަނީ ރަނގަޅަށް ބޭނުންް ކުރައްވައިފިއްޔާ އޮންނާނެ ހެން. ދެފަރާތުން ވެސް ރަނގަޅަށް މަސައްކަތް ކުރައްވައިފިއްޔާ އެކަންތައް ރަނގަޅަށް ކުރެވޭނެހެން. ތަންތަންކޮޅު ކިޔާލީމާ ކުއްލިއަކަށް އަޅައި ގަންނަނީ މިހެން އިނގޭތޯ،" އަޒީ ވިދާޅުވި އެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ފަރާތުންް ރޭގެ ޕަނަލްްގައި ބައިވެރިވެވަޑައިގެންނެވި އޭޑީގެ ނިއުރޮލޮޖިސްޓް ޑރ. އަލީ ނިޔާފު ވިދާޅުވީ ސިއްހީ ބޮޑު ބަލިމަޑުކަމެއް ފެތުރިގެންދާ ހާލަތެއްގައި ގޮތްް ނިންމާއިރު ސިއްހީ މާހިރުންގެ ބަހެއް ނޯންނާނެ ފަދަ ނުކުތާތަކެއް ބިލުގައި އެބަހުރި ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެކަމުގައި މަޖިލީހުން ނިންމާ ނިންމުމުގައި ސިއްހީ މާހިރުންގެ ބަހެއް އޮންނަން ޖެހޭ ގޮތަށް ބިލު އިސްލާހުކޮށްދޭން އޭނާ އެދިވަޑައިގެންނެވި އެެވެ.

"އަޅުގަނޑުމެން ނިންމާ ނިންމުންތަކަކާ ދޭތެރޭގައި، ސިއްހީ ޑޮކްޓަރުންތަކެއް އެއްތަނަކަށް އެއްވެ ތިބެގެން ނިންމާ ނިންމުމަކާ ދޭތެރޭގައި ތިޔަ ބޭފުޅުން ގޮތެއް ކިޔައި އޭތި ބާތިލުކުރުމާ ދޭތެރޭގައި ވިސްނާ ވަޑައިގަންނަވާންވީ ސަބަބެއް އަޅުގަނޑަކަށް ހަަމަ އެއްވެސް ގޮތަކަށް ނުވިސްނޭތީ، އެ ޕޮއިންޓްގައި އިތުރުކޮށްލައިދޭން އަޅުގަނޑު މި އެދެނީ. ވަރަށް ބޮޑަށް މި އެދެނީ ތިޔަ ބޭފުޅުން އަރިހުން، ސިއްހީ މާހިރުންގެ ލަފަޔާ އެކު [މިތަންކޮޅު] އިތުރުކޮށްލައިދެއްވައިފިއްޔާ އަޅުގަނޑަށް ހަމަ ވަރަށް ފުރިހަަމަ ވާނެ އިނގޭތޯ ބިލް،" ނިޔާފް ވިދާޅުވި އެވެ.

އަޒީ ވިދާޅުވީ ނިޔާފް ވިދާޅުވި ފަދަ ބައެއް ބިލަށް އިތުރުކުރުމުގެ ބޭނުމެއް ނެތް ކަަމަށާއި ގާނޫނަށް ބަދަލު ގެންނަނީ ގާނޫނު އަސާސީގައި އޮތް ގޮތާ އެއްގޮތް ކުރަން ކަމަށެވެ. އެއީ ސިއްހީ ގިނަ ބޭފުޅުންނަށް ހީވެފައިވާ ގޮތަަށް މަޖިލީހަށް ބާރުތަކެއް ނެގުން ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"[މެމްބަރުން] އެކި ފަހަރު މަތިން ރިޕީޓްުކުރައްވައިފި މި ކުރައްވަން އުޅުއްވާ ކަމަކީ ހާމަނައިޒްކުރުމޭ. ގާނޫނު އަސާސީއާ ހާމަނައިޒް ކުރުމޭ. އެހެންވީމާ އާ ކަމެއް މީގެ ތެރެއަށް ވަންނަނީ އެއް ނޫންކަން އެއީ އަޅުގަނޑަށް މި އަންޑަސްޓޭންޑްވި އެއްޗަކީ. އެހެންވީމާ އެއަށް ކޮންމެހެން އިތުރު އެއްޗެެއް ލާކަށް ނުޖެހޭ ކަންނޭނގެ ޑޮކްޓަރު އަލީ ނިޔާފް އެ ވިދާޅުވި ގޮތަށް،" އަޒީ ވިދާޅުވި އެވެ.

ނިޔާފް އެ ފާހަގަ ކުރެއްވި ނުކުތާގައި މަޖިލީހުގެ މެމްބަރުން ވިދާޅުވީ މަޖިލީހުން ކޮންމެ ދާއިރާއެއްގެ ކަމެއްގައި ގޮތެއް ނިންމިޔަސް އެކަމެއްގެ މާހިރުންގެ ލަފާ އަބަދުވެސް ހޯދާ ކަަމަށެވެ.