ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޖޫލިއާ ރޮބަޓްސް އާއި ޑެންޒެލް ވޮޝިންޓަން ނެޓްފްލިކްސްގެ ފީޗާ ފިލްމަކަށް ސޮއިކޮށްފި އެވެ.
22 ޖުލައި 2020
ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޖޫލިއާ ރޮބަޓްސް އާއި ޑެންޒެލް ވޮޝިންޓަން ނެޓްފްލިކްސްގެ ފީޗާ ފިލްމަކަށް ސޮއިކޮށްފި އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެ ދެ ތަރިންގެ އާ ފިލްމަކީ "ލީވް ދަ ވޯލްޑް ބިހައިންޑް" އެވެ. މިއީ ލިޔުންތެރިޔާ ރުމާން އެލަން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ނެރެން ތައްޔާރުވަމުން އަންނަ ވާހަކަ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
ވާހަކައިގެ ރައިޓްސް ހޯދުމަށް ފަހު، "ލީވް ދަ ވޯލްޑް ބިހައިންޑް" ލިޔެ، ޑައިރެކްޓްކުރަނީ ސޭމް އެޒްމައިލެވެ. އޭނާ އަކީ ޖޫލިއާ މިދިޔަ އަހަރު ނެރުނު އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ހޯމްކަމިން" ވެސް ގެނެސްދިން ފަންނާނެވެ.
ސޭމް ޑައިރެކްޓްކޮށްފައިވާ ސިލްސިލާ "މިސްޓަ ރޮބަޓް" ވެސް އާންމުންގެ ތެރޭގައި މަގުބޫލު އެއްޗަކަށްވެފައިވާ އިރު، އޭނާ ގެނެސްދިން ފީޗާ ފިލްމުތަކުގެ ތެރޭގައި 2014 ގެ ރޮމޭންޓިކް ކޮމެޑީ-ޑްރާމާ "ކޮމެޓް" ހިމެނެ އެވެ.
ސޭމް އެޒްމައިލް.
"ލީވް ދަ ވޯލްޑް ބިހައިންޑް" އަކީ ދެ އާއިލާއެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. މީގައި ރޮބަޓްސް ފެނިގެންދާނީ ޑެންޒަލްގެ ގޭގައި ކުއްޔަށް އުޅެން ޖެހުމުން އެ ދެ މީހުންގެ އާއިލާގެ ތެރޭގައި ހިނގާ ހާދިސާތަކެކެވެ.
ރޮބަޓްސް، 52، އާއި ޑެންޒަލް، 65، އަކީ ކުރިން ވެސް އެކީގައި މަސައްކަތްކޮށްފައިވާ ދެ ތަރިންނެވެ. އެއީ 1993 ގެ ލީގަލް ތުރިލާ "ދަ ޕެލިކަން ބްރީފް" ގަ އެވެ.
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ
ލިއޮނާޑޯގެ "ޑޯންޓް ލުކް އަޕް" ގެ ޓްރެއިލާ
ޓްރެއިލާ އިން "ރެޑް ނޯޓިސް" ގެ ބާރު ދައްކާލައިފި
"ސްޓްރޭންޖަ ތިންގްސް 4" އަންނަ އަހަރަށް
ރޮކްގެ "ރެޑް ނޯޓިސް" ނެޓްފްލިކްސް އަށް
ކްރެއިގްގެ "ނައިވްސް އައުޓް" ފްރެންޗައިޒަކަށް
ޕަރިނީތީގެ ހޮލީވުޑް ރިމެކް ނެޓްފްލިކްސް އަށް
ދަނޫޝް އަށް ހޮލީވުޑްގެ ބޮޑު ފިލްމެއް
ލިއޮނާޑޯ އާއި ލޯރެންސްގެ ޖޯޑު "ޑޯންޓް ލުކް އަޕް" ގައި
ރަޔަން ނެޓްފްލިކްސްގެ ފިލްމެއް ލިޔެ، ކުޅެނީ