ގދ. ހޯޑެއްދު އާއި މަޑަވެލި ގުޅުވާލަން ކުރީގެ ސަަރުކާރުން އެޅި ކޯޒްވޭ އަކީ ކޮށްފައިވާ ބޮޑު އިސްރާފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ރިޕޯޓެއްގައި ބުނެފި އެވެ.
21 ޖުލައި 2020
ގދ. ހޯޑެއްދު އާއި މަޑަވެލި ގުޅުވާލަން ކުރީގެ ސަަރުކާރުން އެޅި ކޯޒްވޭ އަކީ ކޮށްފައިވާ ބޮޑު އިސްރާފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ރިޕޯޓެއްގައި ބުނެފި އެވެ.
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ހަދާފައިވާ ގޮތުގެ ސަބަބުން އެ ދެރަށަށް ލިބެމުންދާ ގެއްލުންތަކުގެ މައްސަލަ ދިރާސާކުރުމަށް އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އެންވަޔަރްމެންޓް އެސެސްމެންޓް ރިޕޯޓަށް ބެލުމެއް ނެތި އެ މަސައްކަތް ކުރަމުން ދާތީ އޭރު ވެސް ރައްޔިތުން ޝަކުވާ ކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ ޝަކުވާތަކަށް ބެލުމެއް ނެތި އެ މަސަައްކަތް ކުރަނިކޮށް އޭރު ވެސް އުދަ އަރައި ގެއްލުންތައް ލިބުނުކަން ކޮމިޓީން ހޯދި މައުލޫމާތުން އެނގޭ ކަމަށް ސަލީމް ވިދާޅުވި އެވެ. ކޯޒްވޭގެ މަސައްކަތް ފެށުމުގެ ކުރިން ވެސް އެ ސަރަހައްދަކީ ރާޅު އަޅާ ސަރަހައްދެއް ކަަމަށާއި އައީއައިއޭ ކޮންސަލްޓެންޓަށް ރަށުގެ ދުވަސްވީ މީހުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ރިޕޯޓް ހުށަހަޅުއްވަމުން ސަލީމް ވިދާޅުވި އެވެ.
ރިޕޯޓްގައި ބުނެފައި އޮތީ ކޯޒްވޭ ހަދާއިރު ވަކި ކަންތައްތަކެއް ނުކޮށް ކުރިއަށް ގެންގޮސްފި ނަމަ ދެރަށަށް ތިމާވެށީގެ ގޮތުން ބޮޑެތި ގެއްލުންތައް ވާނެ ކަަމަށް އީއައިއޭ ކޮންސަލްޓެންޓް އޭރުގެ ހައުސިން މިނިސްޓްރީ އަށް މައުލޫމާތު ދީފައިވާ ކަމަށެެވެ. ނަމަވެސް ރިޕޯޓްގައި ބުނެފައިވަނީ އެ ކަންތައްތަކަށް ބެލުމެއް ނެތި މަޝްރޫއު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
- މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އީޕީއޭގެ ރިކޮމެންޑޭޝަންތަކާ އެއްގޮަތަކަށް ނޫން.
- މަޝްރޫއުގެ ސަަބަބުން ދައުލަތުގެ ބަޖެޓަށާއި ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ވެފައިވޭ.
- މަޝްރޫއުގެ ސަބަބުން ލިބޭ ގެއްލުންތަކާ ހެދި ދެ ރަށުގެ ރައްޔިތުންނަށް ބިރުވެރިކަމެއް ކުރިމަތި ވެފައިވޭ
- މަޝްރޫއު ކުރިއަށް ގެންދިއުމުގައި ހައުސިން މިނިސްޓްރީން ބޮޑެތި އިހުމާލު ވެފައިވާ ކަން
- ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އީޕީއަށް މަަސައްކަތް ކުރެވިދާނެކަން
މަޑަވެލި-ހޯޑެއްދޫ މަޝްރޫއުގެ ސަބަބުން ލިބުނު ގެއްލުން އެ ކަމުގައި އިހުމާލުވި ފަރާތްތަކުން ހޯދަން ރިޕޯޓްގައި ސަރުކާރަށް ގޮވައިލާފައިވެ އެވެ. އެ މަސައްކަތް އަލުން ޑިޒައިންކޮށް އަވަހަށް ކުރިއަށް ގެންދަން ވެސް ރިޕޯޓުގައި ގޮވާލާފައިވެ އެވެ.
ރިޕޯޓް ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ ރައްޔިތުންނަށް ފަސޭހައެއް ހޯދައިދޭން ހަރަދުކޮށްފައިވާ 31 މިލިއަން ރުފިޔާ އިސްރާފުވެފައިވާ ކަމަށެވެ. އެކަމަކު އެ މަޝްރޫގެ އަސްލު އަގަކީ 28 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ މާނަ އަކީ މި ފައިސާ އަކީ ބޭކާރު ވެގެން ދިޔަ ފައިސާކަން. ދިވެހި ރައްޔިތުންތަކަށް ފަސޭހައެއް ހޯދައިދޭން، ރައްޔިތުންތަކެއްގެ ތަކުލީފުތަކަށް ލުޔެއް ހޯދައިދޭން ދައުލަތުން ހަރަދުކުރި 31.14 މިލިޔަން ރުފިޔާ މިދިޔައީ ހަަމަ ފެނަށް،" ސަލީމް ވިދާޅުވި އެވެ.
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ ބަަދަލު ހޯދަން އެދެވިދާނެ
ހޯޑެއްދޫ-މަޑަވެލި ހިމާޔަތްކުރަން އެދުނިން: މުއިއްޒު
މޫސުމީ ބަދަލުތަކަށް ހައްލު ނުލިބޭތީ މަޖިލިހަށް ގަރާރެއް
ކޯޒްވޭއާ ގުޅިގެން ދަނޑުތައް ހަލާކުވާނެކަން އެނގޭ!
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
އީޕީއޭއަށް އޮތީ މުޅިން ވެސް ހަނގުރާމަ" ކުރުން!
"ޖޫރިމަނާއެއް ނުލިބޭ، އީޕީއޭ އިންތިހާއަށް ފަރުވާކުޑަ"
ފަސް އަހަރުގެ މަސައްކަތާ މެދު ހިތްހަމަޖެހުމާއި ޝުކުރު!
ބިލަށް އަމަލުނުކުރާ ނަމަ އީސީގެ މެންބަރުން ވަކިކުރަނީ