Roadha Mihaaru
ސްކޫލުގެ ތެރެއިން ކޮވިޑް-19 އެއް ނުފެތުރޭ: އެޗްޕީއޭ

ސްކޫލުގެ ތެރެއިން ކޮވިޑް-19 އެއް ނުފެތުރޭ: އެޗްޕީއޭ

23 ޖުލައި 2020

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ކުޑަ ކުދިން އިތުރުވި ނަމަވެސް އެ ބަލި އެ ކުދިންނަށް ޖެހެނީ ސްކޫލްގެ ތެރެއިން ނޫން ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ކުޑަ ކުދިން އިތުރުވި ނަމަވެސް އެ ބަލި އެ ކުދިންނަށް ޖެހެނީ ސްކޫލްގެ ތެރެއިން ނޫން ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އިއްޔެ އާއި މިއަދު ވެސް ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަ ކުދިންނާއި ސްކޫލްތަކުގެ ބައެއް މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ސްކޫލަށް ދާ ކުއްޖަކު ނުހިމެނޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

"ސްޓާފުންގެ ތެރޭގައި ވެސް ޕޮޒިޓިވްވި މީހުންގެ ތެރެއިން ކޮންޓެކްޓުންގެ ގޮތުގައި އިތުރު ސްޓާފުން ތިބީ ސްކޫލުން ބޭރުގައި، އެ މީހުން އެއްކޮށް މާސްކް ނާޅައި ކައިރީގައި ގިނަ ވަގުތު ހޭދަ ކޮށްފައި ތިބީމައި. އަދިވެސް ސްކޫލް މާހައުލުގެ ތެރޭގައި މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަމެއް ދީގެން ރަނގަޅަށް އެކަންކަން ބެލެހެއްޓޭތީ ސްކޫލް މާހައުލުގައި ކޮންޓެކްޓުން ގާތްގަނޑަކަށް އެއްވެސް ގޮތަކަށް ނުފެނޭ، ކޭސް އެއް ފެނުނު ކަމުގައި ވިޔަސް،" ނަޒްލާ ވިދާޅުވި އެވެ.

"މި ކޭސްތައް ވެސް ފެނިފައި ވަނީ އެހެން ކޭސްތަކާ ގުޅިގެން. ސްކޫލް ތެރެއިންނެއް ނޫން އެކްސްޕޯޝާ އައިސްސައި މިއޮތީކީ."

ނަޒްލާ ވިދާޅުވީ މިހާރު ސްކޫލްތަކުގައި ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށާއި އެހެން ކަމުން ސްކޫލްތަކުން ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. މި މަހުން ފެށިގެން ސްކޫލްތައް ހުޅުވިއިރު މިހާތަނަށް ސްކޫލް ތެރެއިން ބަލި ފެތުރިފައި ނުވާ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ.

"ޕޮޒިޓިވް ކޭސްތައް ފެންނާނެ ދެއްތޯ ކޮމިއުނިޓީ ތެރޭގައި ބަލި އުޅޭ ކަމަށް ވަންޏާ. އެހެން ނަމަވެސް އެހާ ރަނގަޅަށް ސްކޫލް މާހައުލުގައި ފިޔަވަޅުތައް އެޅިފައި ހުރީމައި ކޮންޓެކްޓުން ސްކޫލް ތެރެއިން ނަގަން ޖެހޭ މީހުން ވަރަށް މަދު. އޭގެ މާނައަކީ ސްކޫލްތެރޭގައި އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑައޭ،" ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭން ވެސް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަ ކުދިން ގިނަ ކަމަށެވެ. ނަމަވެސް އެ ކުދިންނަށް އެ ބަލި ޖެހިފައިވަނީ ސްކޫލަށް ގޮސްގެން ނޫން ކަމަށް ވިދާޅުވި އެވެ.

"އެ ކުދިންނަށް ބަލި މިޖެހެނީ ގޭތެރެއިން. އޭގެ މާނައަކީ ގޭތެރެއަށް ބަލި އަންނަނީއޭ. ކުދިން ހަމައެކަނި ވަކި ތާކަށް ގޮސްގެން ނޫން ކުދިންނަށް ބަލި މި ޖެހެނީއެއް،" ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ލޮކްޑައުންގެ ހާލަތަށް ގެނައި ލުޔާ އެކު، މާލޭ ސަރަހައްދުގެ ސްކޫލްތައް ހުޅުވި ނަމަވެސް، އެ ފިޔަވަޅު ކާމިޔާބުނުވެ، ދަރިވަރުންގެ އެޓެންޑެންސް ވަރަށް ބޮޑަށް ދަށްވާން ވަނީ ފަށައިފަ އެވެ.

School hulhuvun kaamiyaabeh nuvi, attendance dhah

School hulhuvun kaamiyaabeh nuvi, attendance dhah

The most trusted news source in the Maldives

Mihaaru

ކުދިންގެ އެޓެންޑެންސް ދަށްވާން ފެށުން

ނަޒްލާ ވިދާޅުވީ ބައެއް އޮފީސްތަކުގެ މުވައްޒަފުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އެންޓިބޮޑީ ޓެސްޓް ކުރުމަށް އެދޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. ވަކިވަކި މީހުންގެ ބަލި ހުރިތޯ ބެލުމަށް މި ވަގުތު އެންޓިބޮޑީ ޓެސްޓް ކުރުން އިތުރު ކުރުން ރަނގަޅު ނޫން ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

"މިއަދު ހަދާ އެންޓިބޮޑީ ޓެސްޓަކުން ނޭނގި ދާނެ ނެގެޓިވް ވިޔަސް، ޕޮޒިޓިވް ވިޔަސް އޭނާގެ ބަލީގެ ހާލަތު އެހުރީ ކިހިނެއް ކަމެއް. އަޅުގަނޑުމެން އެންޓިބޮޑީ ޓެސްޓް ބޮޑަށް މި ބޭނުން ކުރަނީ ޕޮޕިއުލޭޝަން ލެވަލްއެއްގައި، ނޫނީ މުޅި މުޖުތަމައުގައި ބަލި ޖެހިފައި ހުރީ ކިތައް ޕަސެންޓް މީހުންނަށްތޯ ކިހާ ވަރަކަށްތޯ ބަލި ފެތުރުފައި ހުރީ، އެ މިންވަރު ދެނެގަތުމަށް ޓަކައި،" ނަޒްލާ ވިދާޅުވި އެވެ.

އޮފީސް މާހައުލުގައި ކުރަންވީ ކަމަކީ މި ވަގުތު ޕޮޒިޓިވްތޯ ނުވަތަ ނޫންތޯ ބެލުން ނޫން ކަމަށާއި އިސްކަން ދޭންވީ އަލާމާތެއް ހުރެއްޖެ ނަމަ އޮފީހަށް ނުދިއުން ކަމަށް ނަޒްލާ ވިދާޅުވި އެވެ. އަދި އަލާމާތްތައް ނުފެންނަ މީހުން ވެސް އޮފީހުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމަށާއި މާސްކް އެޅައިގެން އުޅުމަށް ނަޒްލާ އިލްތިމާސް ކުރެއްވި އެވެ.

"ބަލި ކޮންޓްރޯލެއް ނުކުރެވޭނެ ހަމައެކަނި ޓެސްޓް ހަދައިގެނެއް. ހާއްސަކޮށް އެންޓިބޮޑީ ޓެސްޓް ކަހަލަ އެއްޗެހި ހަދައިގެންނެއް. އެއީ މި ވަގުތަށް އެހާ ފައިދާ ހުރިކަމެއް ނޫން،" ނަޒްލާ ވިދާޅުވި އެވެ.

Antibody test muhinmee mihaalathun araigathumah fahu: Af'aal

Antibody test muhinmee mihaalathun araigathumah fahu: Af'aal

The most trusted news source in the Maldives

Mihaaru

އެންޓިބޮޑީ ޓެސްޓް މިހާލަތުގައި މުހިންމު ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވުން

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުން ލަސްވެފައިވާ ކަމަށް ބުނެ ކުރަމުން އަންނަ ޝަކުވާތަކަށް ޖަވާބު ދެއްވަމުން ނަޒްލާ ވިދާޅުވީ މި ވަގުތު ގިނައިން ނުގެންދެވި ތިބީ އިއްޔެ އާއި މިއަދު ޕޮޒިޓިވްވި މީހުން ކަމަށެވެ. އަދި މާދަމާ އިން ފެށިގެން ކަރަންޓީން ފެސިލިޓީތަކަށް މީހުން ގެންދިއުން އަވަސް ވާނެ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވެސް ވަނީ އެޗްޕީއޭގެ ގައިޑްލައިންތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތުގެ ތަފްސީލް ދެއްވައިފަ އެވެ. ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަރީފް ވިދާޅުވީ މި މަހުގެ މިހާތަނަށް މަނާ ގަޑީގައި ވިޔަފާރިކޮށްގެން 101 ތަނަކަށް ނަސޭހަތް ދީ 23 ތަނެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން ގަވައިދާ ހިލާފުވި 110 ވިޔަފާރިއަކަށް ނަސޭހަތްދީ 14 ތަނެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ރޭގަނޑު 11 ގެ ފަހުން މަގުމަތީގައި އުޅެގެން 2،075 މީހަކަށް ނަސޭހަތް ދީ އޭގެ ތެރެއިން 40 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިހާރުގެ ވިސްނުމަކީ ހައްޔަރުނުކޮށް މީގެ ތެރެއިން ގިނަ ބަޔަކު އަޅުގަނޑުމެންނަށް އެއްބާރުލުން ދެމުންދާތީ އެކަންކަން ކުރިއަށް ގެންދިއުން،" ޝަރީފް ވިދާޅުވި އެވެ.