ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާ އެކު، ހާލަތު އިތުރަށް ގޯސްވެ، "ނުރައްކަލުގެ ރަނގަބީލު" ގެ އަޑުގަދަވަމުންދާ ކަމުގެ އިންޒާރު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ދެއްވައިފި އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާ އެކު، ހާލަތު އިތުރަށް ގޯސްވެ، "ނުރައްކަލުގެ ރަނގަބީލު" ގެ އަޑުގަދަވަމުންދާ ކަމުގެ އިންޒާރު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ދެއްވައިފި އެވެ.
މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވިއިރު، މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ދިން ބޮޑު ލުއިގެ ނަތީޖާ އަކީ އާދަޔާ ޚިލާފަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ، އެ ބައްޔަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު މައްޗަށް ދިއުމެވެ.
އާއްމު ހާލަތަކަށް އެދޭ ނަމަ މާސްކް އެޅުމާއި އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރުމާއި ބައްދަލުވުންތައް މަދުކުކޮށް، ކޮންމެހެން ނުކުންނަން ޖެހޭ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އަމީން މިރޭ އިލްތިމާސް ކުރެއްވި އެވެ.
އާއްމުޙާލަތަށް އެދޭނަމަ، މާސްކު އަޅުއްވާ، އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރައްވާ، ބައްދަލުވާ އަދަދު މަދުކުރައްވާ، ކޮންމެހެން ނުކުންނަންޖެހޭ ހާލަތުގައި މެނުވީ ނުކުމެވަޑައި ނުގަންނަވާ.
— Abdulla Ameen (@ameenex) July 28, 2020
ނުރައްކަލުގެ ރަގަބީލުގެ އަޑު އެބަގަދަވޭ !
މިނިސްޓަރު އަމީންގެ ޓުވީޓް
ހެލްތު މިނިސްޓަރުގެ ނުރައްކަލުގެ ރަނގަބީލުގެ އިންޒާރު ދިން އިރު މިއަދު ރާއްޖެ އިން ވަނީ ފަހަކަށް އައިސް ރެކޯޑް އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވެފަ އެވެ. އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އާ ހަމައަށް 137 މީހަކަށް އަލަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 92 އެވެ. ދެން އުޅެނީ ބަންގްލަދޭޝްގެ 31 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ސްރީ ލަންކާގެ ހަތަރެއް އަދި ފިލިޕިންސްގެ އެކެކެވެ.
ރާއްޖެ އިން ކޮވިޑް-19 މިދިޔަ މާޗް 7 ގައި ފެނުނު ފަހުން އަދި އޭޕްރީލް 15 ގައި މާލެ އަށް އެ ބަލި ފެތުރުނު ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އެޕްރީލް 30 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ 178 މީހުން ޕޮޒިޓިވްވެފަ އެވެ.
ރާއްޖެ އިން މިހާތަނަށް ވަނީ 3,506 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ 15 މީހުން ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 2,547 މީހުންނެވެ. އަދި ފަރުވާ ދޭ މީހުންގެ އަދަދު ވަނީ 929 އަށް އިތުރުވެފަ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި
10 އަހަރު ނާންނަވަރުގެ ކުރިއެރުން ހޯދޭނެ: އަމީން
މިހާރަށް ބޭނުންވާ ވަރަށް ވަސީލަތް އެބަހުރި: އަމީން
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފި
ލުއިތައް އަނބުރާ ގެންދަން ޖެހިދާނެ ކަމުގެ އިޝާރާތެއް
މާސްކު މަޖުބޫރު ނުކުރަންވީ ސަބަބެއް ނެތް: އަމީން
ޔުނިވާސަލް އިން ޕީސީއާރް ދެ މެޝިން ހަދިޔާކޮށްފި
އީދަކީ މިފަހަރު ޗުއްޓީއެއް ކަމަށް ނުނަންގަވާ: އަމީން
އަނެއްކާވެސް ޔުނިސެފްގެ ބޮޑު އެހީއެއް
ގަމާއި ވިލިނގިލީގެ ކޮވިޑް ފެސިލިޓީ ހުޅުވައިފި