Roadha Mihaaru
ލުއިތައް އަނބުރާ ގެންދަން ޖެހިދާނެ ކަމުގެ އިޝާރާތެއް

ލުއިތައް އަނބުރާ ގެންދަން ޖެހިދާނެ ކަމުގެ އިޝާރާތެއް މިނިސްޓަރު އަމީން ދެއްވައިފި

31 ޖުލައި 2020

ކޮވިޑް-19އާ ގުޅިގެން އިއުލާން ކޮށްފައިވާ ލޮކްޑައުންއަށް ދީފައިވާ ލުއިތައް އަނބުރާ ގެންދަން ޖެހިދާނެ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ދެއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19އާ ގުޅިގެން އިއުލާން ކޮށްފައިވާ ލޮކްޑައުންއަށް ދީފައިވާ ލުއިތައް އަނބުރާ ގެންދަން ޖެހިދާނެ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ދެއްވައިފި އެވެ.

ބަލިން ރައްކާތެރިވުމަށް އަޅަން ފެށި ފިޔަވަޅުތަކާ އެކު އިއުލާންކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން މާލެ ސަރަހައްދު ލޮކްޑައުންކޮށް ދެ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ބޭއްވުމަށް ފަހު ލުއި ދިނީ މިދިޔަ މަހުގެ ފަހުކޮޅެވެ. އޭގެ ފަހުން މަހެއްހާ ދުވަސްވި އިރު ރާއްޖޭގައި ބަލި ފެތުރުން ބާރުވެ، ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ރާއްޖޭގެ ފަހުގެ ޕްރޮޖެކްޝަންސުން ދައްކާ ގޮތުގައި، ކުރިއަށް އޮތް މަހުގައި ދުވާލަކު އެވްރެޖްކޮށް 170 މީހުން ބައްޔަށް ޕޮޒިޓިވްވެ އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މިންވަރު ވަރަށް ބޮޑުތަން އިތުރުވެދާނެ އެވެ. އަދި ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވަމުން ދިއުމަކީ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެދާނެ ކަމަކަށް ވާތީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އަމީން މިރޭ ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލުން، ލޮކްޑައުންއަކަށް ނުގޮސް އާންމު ދިރިއުޅުމަށް ފުރުސަތު ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު ހާލަތަށް އަންނަ ބަދަލާ ގުޅިގެން އިތުރު ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށާއި އެހެންވެ، މިހާރު ދީފައި ހުރި ބައެއް ލުއިތައް އަނބުރާ ގެނެސް، ފިހާރަތަކާއި ކެފޭތައް ބަންދު ކުރަންޖެހޭ ހާލަތެއް އަތުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިން ލުއިތަކުގެ ތެރެއިން ބައެއް ލުއި ގެންދަން ނުޖެހޭނެއޭ ދަންނަވާކަށް ނުކެރޭނެ. ބައެއް ލުއިތައް ގެންދަން ޖެހިދާނެ ހާލަތު ގޯސްވަމުންދާ ކަމަށްވާ ނަމަ. އެހެން ނަމަވެސް މަސައްކަތް ކުރަމުން މިދަނީ މިހާރު އަޅުގަނޑުމެން ދީފައިވާ ލުއިތަކުގެ ތެރޭގައި ކުރިއަށް ދެވޭނެ މަގެއް ފެނޭތޯ،" އަމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިން ލުއިތަކުގެ ތެރެއިން ބައެއް ލުއި ގެންދަން ނުޖެހޭނެއޭ ދަންނަވާކަށް ނުކެރޭނެ. ބައެއް ލުއިތައް ގެންދަން ޖެހިދާނެ ހާލަތު ގޯސްވަމުންދާ ކަމަށްވާ ނަމަ. އެހެން ނަމަވެސް މަސައްކަތް ކުރަމުން މިދަނީ މިހާރު އަޅުގަނޑުމެން ދީފައިވާ ލުއިތަކުގެ ތެރޭގައި ކުރިއަށް ދެވޭނެ މަގެއް ފެނޭތޯ،"--- އަމީން

މާލެ ސަރައްދުގެ ސްކޫލްތަކުގެ އިތުރު ބައެއް ގްރޭޑްތަކުގެ ކިޔެވުން އަންނަ މަހު ފަށާނެ ކަމަށް އިއުލާން ކޮށްފައި ވިޔަސް، އަމީން ވިދާޅުވި ގޮތުގައި މިހާރު ހާލަތު އޮތްގޮތަށް ކުރިއަށް ދާ ނަމަ ސްކޫލްތައް ހުޅުވޭނެ ކަމަށް ގަބޫލު ނުކުރެއްވެ އެވެ. އެކަމަކު ސްކޫލްތައް ހުޅުވުމާ މެދު ގޮތެއް ނިންމާނީ އެއިރެއްގައި އޮންނަ ހާލަތަށް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް މިހާރު އަޅުގަނޑަށް އުނދަގޫ އޮގަސްޓް 15 ގައި ސްކޫލްތައް ހުޅުވޭނެއޭ ނުވަތަ ނުހުޅުވޭނެއޭ ބުނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ރާއްޖޭގައި ކޮޮވިޑް-19 ގެ ހާލަތު ރަނގަޅު ވުމާއި ގޯސްވުން އޮތީ އާންމުންގެ އަތްމަތީގައި ކަމަށާއި ރަނގަޅަށް އަމަލު ކުރެވޭ ނަމަ، ބަލި ފެތުރޭ ސްޕީޑް ކޮންޓްރޯލް ކުރެވި، ހާލަތު ރަނގަޅު ވަމުންދާނެ ކަމަށެވެ. އެހެންވެ، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކާއި އެ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތަކުން ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރަންޖެހޭ ކަަމަށް ވިދާޅުވި އެވެ. އެކަމަކު ލުއިތައް ދީގެން މިހާރު އެދެވޭ ނަތީޖާތަކެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.

"ފުރަތަމަ ކެފޭ ތަންތަނުން ވެސް އެހާ މީހުން ގިނަވެގެން އުޅޭ ތަނެއް ނުފެނޭ. އެހެން ނަމަވެސް މި ހިސާބަށް އައިއިރު ވަރަށް ގިނަ. އަޅުގަނޑަށް ހީވަނީ ކޮންމެވެސް ވަރަކަށް ހަނދާނުން ކައްސާލައިފިހެން އަޅުގަނޑުމެންގެ ތެރޭގައި ނުރައްކާތެރި ބައްޔެއް އޮތްކަން،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަޖުބޫރު ކޮށްގެން ކަންކަން ކުރުވުމުގެ ބަދަލުގައި އަބަދުވެސް އިސްކަން ދެނީ ބަލީގެ ނުރައްކާތެރިކަން އޮޮތް މިންވަރު ވިސްނައިި ދީގެން އާންމުން ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ކުރަން ބާރު އެޅުމަށެވެ. ކަމެއް މަޖުބޫރުވާ ގޮތަށް ނިންމުންތައް ނިންމާނީ ކަމާބެހޭ ފަރާތްތަކުގެ ލަފައާ އެކު، އެ ނޫން ގޮތެއް ނެތް ހާލަތެެއްގައި ކަމަށް އަމީން ވިދާޅުވި އެވެ.

"ފުރަތަމަ ކެފޭ ތަންތަނުން ވެސް އެހާ މީހުން ގިނަވެގެން އުޅޭ ތަނެއް ނުފެނޭ. އެހެން ނަމަވެސް މި ހިސާބަށް އައިއިރު ވަރަށް ގިނަ. އަޅުގަނޑަށް ހީވަނީ ކޮންމެވެސް ވަރަކަށް ހަނދާނުން ކައްސާލައިފިހެން އަޅުގަނޑުމެންގެ ތެރޭގައި ނުރައްކާތެރި ބައްޔެއް އޮތްކަން،" --- އަމީން

އޭނާ ވިދާޅުވީ ކެފޭ، ރެސްޓޯރެންޓްތަކާއި ފިހާރަތަކުން އުސޫލުތަކަށް ތަބާވާ މިންވަރު ބަލަން އިންސްޕެކްޝަން ހަދަމުން ދިޔަޔަސް، އާންމު ތަންތަނާއި އޮފީސްތައް އިންސްޕެކްޝަން ހެދުމަށް އަންނަ ހަފުތާގައި މަސައްކަތް ފަށާނެ ކަމަށެވެ. އޮފީސްތައް ބަންދު ނުކުރިޔަސް، ހާލަތަށް އަންނަ ބަދަލުން އެ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.

"މިވަގުތަށް އަޅާފައި މިހިރީ، މި ހަފުތާގައި އިއުލާން ކޮށްފައި ހުރި ފިޔަވަޅުތަކަށް އެންމެން ތަބާވެއްޖެ ކަމުގައިވާ ނަމަ އަޅުގަނޑުމެންނަށް މީގެ ރަނގަޅު ބަދަލުތަކެއް ފެންނާނެ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ގައި ރާއްޖެ އިން މަދުވި މީހުންގެ އަދަދު މަދަސް، އޭގެ ނުރައްކާތެރިކަން ކުޑަ ކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ބަލިތައް ހުންނަ މީހުންނަށް އޭގެ ނުރައްކާތެރިކަން އޮތުމުން އެއީ އޭގެ ނުރައްކާ އިތުރުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.