Roadha Mihaaru
ސުޝާންތުގެ އާއިލާ އިން ރިއާ އަށް ތުހުމަތުކޮށް ޕޮލިހަށް

މަރުގެ މައްސަލާގައި ސުޝާންތުގެ އާއިލާ އިން ރިއާ ގޮވައިގެން ޕޮލިހަށް

29 ޖުލައި 2020

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވި އިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ރިއާ ޗަކްރަބަތީގެ މައްޗަށް ތުހުމަތުތަކެއްކޮށް، އޭނާގެ މައްސަލަ ބަލައިދޭން އެދި ސުޝާންތުގެ އާއިލާ އިން ބިހާރުގެ ޕަޓްނާގެ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވި އިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ރިއާ ޗަކްރަބަތީގެ މައްޗަށް ތުހުމަތުތަކެއްކޮށް، އޭނާގެ މައްސަލަ ބަލައިދޭން އެދި ސުޝާންތުގެ އާއިލާ އިން ބިހާރުގެ ޕަޓްނާގެ ފުލުހުންނަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ 34 އަހަރުގެ އެކްޓަރު ނިސްބަތްވާ ޕަޓްނާގެ ފުލުހުންނަށް ރިއާގެ މައްސަލަ ތަހުގީގުކޮށް ދޭން އެދި ހުށަހެޅީ ސުޝާންތުގެ ބައްޕަ އެވެ. އޭނާ ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ސުޝާންތު ފުރާނަ ދުއްވައިލުމުގައި ރިއާގެ ދައުރެއް އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން އޭނާ އަށް މާލީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް ޕްރެޝަރުތަކެއް ކުރިމަތި ކުރުވާފައިވާ ކަމަށް ބުނެފައިވެ އެވެ. އާއިލާ އިން ތުހުމަތުކުރާ ގޮތުގައި ރިއާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސުޝާންތުގެ ކޭޝް ކާޑު ބޭނުންކޮށްގެން ގިނަ މުއާމަލާތްތަކެއް ހިންގައި، މާލީ ގޮތުން ދަތިތަކެއް ކުރިމަތިކުރުވައިފަ އެވެ. މިއީ ސުޝާންތު މަރުވި ފަހުން އޭނާގެ އާއިލާ އިން މަރާ މެދު ސުވާލުތަކެއް އުފައްދައި، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.

ސުޝާންތުގެ އާއިލާ އިން ރިއާގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އޭނާއާ ސުވާލުކުރަން ޕަޓްނާގެ ފުލުހުންގެ ޓީމެއް، ރިއާ ދިރިއުޅޭ މުމްބާއީ އަށް ދާން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ދަންޖެހިގެން ސުޝާންތު މިދިޔަ މަހުގެ 14 ވަނަ ދުވަހު މުމްބާއީގައި މަރުވުމާ އެކު ވަރަށް ގިނަ ބަޔަކު ރިއާ އަށް ތުހުމަތުގެ އިނގިލި ދިއްކޮށްފައިވެ އެވެ. އެގޮތުން ކުރިން ވެސް އޭނާގެ މައްޗަށް ދައުވާކޮށްދޭން މީހަކު ބިހާރުގެ ކޯޓަކަށް ހުށަހަޅާފައިވެ އެވެ. އަދި އެ މަރާ ގުޅިގެން މުމްބާއީގެ ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ސުވާލުކުރި މީހުންގެ ތެރޭގައި ވެސް ރިއާ ހިމެނެ އެވެ.

މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން ރިއާ ވަނީ ބަޔަކު އޭނާގެ މައްޗަށް ދޮގު ތުހުމަތުކޮށް ރޭޕްކޮށްލާނެ ކަމަށާއި މަރާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރުދެމުންދާ ކަމަށް ބުނެ ސައިބަކްރައިމް ޑިޕާޓްމަންޓަށް ވެސް ހުށަހަޅައިފަ އެވެ. އަދި ސުޝާންތުގެ މަރުހެ ތަހުގީގުކޮށް ދޭން ސެންޓްރަލް ބިއުރޯ ފޯ އިންވެސްޓިގޭޝަން (ސީބީއައި) އަށް ވެސް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ރިއާ، 28، މި ފަހަކަށް އައިސް އަންނަނީ ސުޝާންތާ ބެހޭ ގޮތުން ވަރަށް ޖަޒުބާތީ ވާހަކަތައް އިންސްޓަގްރާމްގައި ފޮޓޯއާ އެކު ހިއްސާ ވެސް ކުރަމުންނެވެ.