Roadha Mihaaru
އެކްޓަރު ސަމީރު ޝަރުމާ މަރުވެއްޖެ

އެކްޓަރު ސަމީރު ޝަރުމާ މަރުވެއްޖެ

06 އޯގަސްޓް 2020

ސްޓާ ޕްލަސް އިން މިހާރު ގެނެސްދޭ ސިލްސިލާ "ޔޭ ރިޝްތޭ ހޭ ޕިޔާރު" ގެ ރޯލެއް ކުޅެމުން ދިޔަ އެކްޓަރު ސަމީރު ޝަރުމާ މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސް އިން މިހާރު ގެނެސްދޭ ސިލްސިލާ "ޔޭ ރިޝްތޭ ހޭ ޕިޔާރު" ގެ ރޯލެއް ކުޅެމުން ދިޔަ އެކްޓަރު ސަމީރު ޝަރުމާ މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އެ ސިލްސިލާގައި ޝޯރިއާ މަހޭޝްވަރީގެ ކެރެކްޓާ ކުޅެމުން ދިޔަ 44 އަހަރުގެ އެކްޓަރު މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފެނުނީ އޭނާ މުމްބާއީގެ މަލާޑްގައި ދިރިއުޅޭ އެޕާޓްމަންޓްގެ ބަދިގެ ތެރޭގައި ދަންޖެހިފައި ހުއްޓައި ކަމަށެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ސަމީރު ދަންޖެހިފައިވާތާ ދެ ދުވަސްވަރު ވެދާނެ ކަމަށްވެއެވެ.

ނަމަވެސް މި މަރާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ދި ކަމާ ބެހޭ ފަރާތްތަކުން ހާމައެއްނުކުރެ އެވެ.

ސަމީރު އާންމުންގެ ތަރުހީބު ލިބުނު ވަރަށް ގިނަ ސިލްސިލާތަކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ކަހާނީ ގަރް ގަރް ކީ" އާއި "ކިޔުނީ ސާސް ބީ ކަބީ ބަހޫ ތީ" އާއި "ވޯ ރެހެނޭ ވާލީ މެހެލޯން ކީ" އަދި "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ" ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ.

ސަމީރު ވަނީ ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި 2017 ގައި ރިލީޒްކުރި ސިދާތު މަލްއުތުރާ އާއި ސޮނާކްޝީ ސިންހާގެ "އިއްތިފާގް" އާއި 2014 ގެ ސިދާތު އާއި ޕަރިނީތީ ޗޯޕްޅާގެ "ހަސީ ތޯ ޕަސީ" ހިމެނެ އެވެ.