Roadha Mihaaru
އިންޑިއާގައި ދެ މަރަކަށް ފިލްމު ހެދުމުގެ ފޯރިއެއް

އިންޑިއާގައި ދެ މަރަކަށް ފިލްމު ހަދަން ނަން ރަޖިސްޓްރީކުރުމުގެ ފޯރިއެއް

15 ސެޕްޓެމްބަރ 2020

ދާދި ފަހުން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތާއި އިންޑިއާގެ ފުލުހުންގެ ހަމަލާއެއްގައި މަރުވި ސިޔާސީ ކުށްވެރިއެއް ކަމަށްވާ ވިކާސްގެ ޑޫބޭ އަށް ބިނާކޮށް ފިލްމުތައް ހަދަން އަރާފައިވާ ފޯރީގެ ތެރެއިން ގިނަ ނަންތަކެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ރަޖިސްޓްރީކުރަމުން އަންނަ ކަމަށް އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާޒް އެސޯސިއޭޝަން (އައިއެމްޕީޕީއޭ) އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖޫން މަހުގެ 14 ގައި ދަންޖެހިގެން މަރުވި ސުޝާންތުގެ މަރަށް ބިނާކޮށް މިހާރު ވެސް ދެ ފިލްމެއްގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެއީ "ސުއިސައިޑް އޯ މާޑާ" އާއި "ޝަޝަންކް" އެވެ. އޭނާ އަށް ބިނާކޮށް ފިލްމު ހަދަން ރަޖިސްޓްރީކޮށްފައިވާ ނަންތަކުގެ ތެރޭގައި "ސުޝާންތު ސިންގް ރާޖްޕޫތު ބައޮގްރަފީ" އާއި "ސުޝާންތު ރާޖްޕޫތު: ޓުރުތު ވިންސް" އާއި "ދި އަންސޯލްވްޑް މިސްޓްރީ" އަދި "އަންޔޭ: ދަ ޖަސްޓިސް" ހިމެނެ އެވެ.

ވިކާސްގެ ވާހަކަ ކިޔައިދޭ ވެބް ސީރީޒެއް ހަދަން މިދިޔަ މަހުގެ ތެރޭގައި ޑައިރެކްޓަރު ހެންސެލް މެހެތާ އިއުލާންކޮށްފައިވާ އިރު، އައިއެމްޕީޕީއޭ އިން ބުނިގޮތުގައި ވިކާސް އަށް ބިނާކޮށް ހަދަން ނިންމައި ރަޖިސްޓަރީކޮށްފައިވާ ނަންތަކުގެ ތެރޭގައި "ކާންޕޫރް ކާ ވިކާސް ދުވެތު" އާއި "މާރާ ގަޔާ ވިކާސް ޑޫބޭ" އާއި "މޭ ހޫ ވިކާސް ޑޫބޭ ކާންޕޫރްވާލާ" އާއި "މޯސްޓް ވޯންޓެޑް ވިކާސް ޑޫބޭ" އާއި "ވިކާސް ޑޫބޭ" އަދި "ބާހްބަލީ ވިކާސް ޑޫބޭ" ހިމެނެ އެވެ.