ކޮވިޑް-19 ފެތުރުން ކުރިއަށް ވުރެ އިތުރުވެފައި ވާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަނެއްކާވެސް އޮންލައިންކޮށް ބާއްވަން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވައިލައްވައިފި އެވެ.
03 އޯގަސްޓް 2020
ކޮވިޑް-19 ފެތުރުން ކުރިއަށް ވުރެ އިތުރުވެފައި ވާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަނެއްކާވެސް އޮންލައިންކޮށް ބާއްވަން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވައިލައްވައިފި އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ވަރު ފާއިތުވި ދެ ދުވަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އިއްޔެއާއި އޭގެ ކުރީ ދުވަހު ވެސް އެބަލި އަލަށް ޖެހުނު މީހުންގެ އަދަދު ހުރީ 100 އަށް ވުރެ މަތީގަ އެވެ. އަދި މިދިޔަ 24 ގަޑި އިރުުގެ ތެރޭގައި އެބަލީގައި ދެމީހަކު މަރުވި އެވެ.
އެކަމަށް އިޝާރާތްކުރައްވައި އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި މުޅި ރާއްޖެއަށް ފެތުރެމުންދާއިރު މި ދުވަސްވަރު މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްްވަން ގޮވާލާ ކަަމަށެވެ.
Covid-19 control nukurevi, mulhi Raajje ah fethuremundhaairu, midhuvasvaru Majlis ge jalsaathah online koh beyvvumah govaalan.
— Adam Shareef Umar (@Adamshareefz) August 3, 2020
އާދަމް ޝަރީފްގެ ޓްވީޓް
ކޮވިޑް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަަޅުތަކަަށް ސަމާލުކަން ދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މިއަދު ގޮވައިލެއްވި އެވެ. އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި އެދިވަޑައިގެންނެވީ ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ގޮތަށް، ބޭރުގައި އުޅޭ އިރު މާސްކުއަޅަން ސަމާލުކަން ދިނުުމަށެވެ. އިރުޝާދުތަކަށް އަމަލުކުުރުމުގައި އެންމެންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގައި ފިޔަވަޅުތައް ފުރަތަމަ އަޅަން ފެށި އިރު މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އައީ އޮންލައިންކޮށެވެ. އެކަމަކު ތަޅުމުގައި އަލުން ޖަލްސާތައް ބާއްވަން ފެށީ މާލެ ސަރަހައްދު ލޮކްޑައުންކޮށް، އޭގެ ފަހުން ލުއިތައް ދިނުމުގެ ވެސް ކުރިންނެވެ. ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާއަކީ ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރަން ޖެހޭތީ ގާނޫނު އަސާސީއަށް ގެނައި ބަދަލު ފާސްކުރަން ބޭއްވި ޖަލްސާ އެވެ.
އެޗްޕީއޭ އަށް ސަރުކާރުން ނުފޫޒު އެބަ ފޯރުވާ: އިދިކޮޅު
އޯޑިއޯ ލީކުވި މައްސަލަ ބަލައެއް ނުގަތް
މިޝްކާގެ މަރު:ފަރުވާ ލަސްވި މައްސަލަ ބަލަން މަޖިލީހަށް
ކޮވިޑާ ގުޅޭ ބަހުސްކޮށްލަން ވެސް މެމްބަރުން ބޭނުން ނުވި
ޅ. އަތޮޅަށް ކޮވިޑް ފެތުރުނީ އިހުމާލުން: ޝިޔާމް
ޓެގް ޓީމުން ވަނީ އެޗްޕީއޭ ހިސޯރުކޮށްފައި: ބޮންޑޭ
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
އިންކަމް ސަޕޯޓް އެލަވަންސް މި އަހަރުގެ ނިޔަލަށް ދޭނެ
އެޗްޕީއޭގެ އެންގުމާ ޚިލާފުވުމުން ޝުޖާއު ޖޫރިމަނާކޮށްފި
އިދިކޮޅުގެ އެއްވުމާ ގުޅިގެން ޝުޖާއު ފުލުސް އޮފީހަށް