މި ސަރުކާރު އައި ފަހުން ސިއްހީ ނިޒާމުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވަމުން ދާކަމުގެ ޝަކުވާ، ޑޮކްޓަރުންގެ ބަޔަކު ވެސް ހިމެނޭ ގޮތަށް، ފަސް ބޭފުޅަކު އެކުވެގެން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީ އަށް މިއަދު ހުށައަޅުއްވައިފި އެވެ.
08 އޯގަސްޓް 2020
މި ސަރުކާރު އައި ފަހުން ސިއްހީ ނިޒާމުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވަމުން ދާކަމުގެ ޝަކުވާ، ޑޮކްޓަރުންގެ ބަޔަކު ވެސް ހިމެނޭ ގޮތަށް، ފަސް ބޭފުޅަކު އެކުވެގެން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީ އަށް މިއަދު ހުށައަޅުއްވައިފި އެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑރ. އިސްހާގް ޝަފީގް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާގައި ކަންބޮޑުވާން ޖެހޭ ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. މި ސަރުކާރުން އެ މައްސަލަތައް ހައްލުކޮށް ސިއްހީ ނިޒާމު ހަރުދަނާ ކުރާނެ ކަމުގެ އުއްމީދު ކުރިން އޮތް ނަމަވެސް، ދުވަހެއް ދުވަހަކަށް ހާލަތު ދަށަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް މައްސަލަތަކުގެ ތަފްސީލްތައް ހިއްސާކުރައްވަމުން، ކުރީގެ ހެލްތު ވޯކަރެއް ކަމަށް ވާ އަދި ސިއްހީ ދާއިރާގައި ދިގު މުއްދަތެއްގައި މަސައްކަތްކުރެއްވި ހަފީޒާ އަލީ ވިދާޅުވީ ހެލްތު މިނިސްޓްރީގައި އިސްކޮށް ހަރަކާތްތެރިވާން ޖެހޭ ގިނަ މަގާމުތަކެއް އަދިވެސް ހުރީ ހުހަށް ކަމަށެވެ.
ހެލްތު މިނިސްޓްރިގެ ކުރީގެ ޕާމަނަންޓް ސެކްޓަރީ ހަދީޖާ އަބްދުއްސަމަދު ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާއަކީ ވަރަށް ޓެކްނިކަލް ދާއިރާއެއް ނަމަވެސް މިހާރު އެ ދާއިރާގެ މައި ހިންގުންތަކުގައި ވަރަށް ބޮޑެތި އުނި ކަންކަން އެބަ ހުއްޓެވެ.
އޭނާ ވިދާޅުވީ ޓެކްނިކަލް މުހިންމު މަގާމުތަކެއް ހުސްކޮށް ހުރުމާއި، ޕްލޭންތަކެއް ހަދާފައި އެއަށް އަމަލު ނުކުުމަކީ ވެސް ބޮޑެތި މައްސަލަތަކެއް ކަމަށެވެ.
"ޓެކްނިކަލް ޑިސިޝަން މޭކިންގައި އެއްވެސް ކަހަލަ ޓްރާންސްޕޭރެންސީއެއް ނުފެނޭ. ވަރަށް ސިންގަލް ޑިސިޝަން މޭކިންއެއް ކަހަލަ ގޮތަކަށް ދަނީ،" މި އަހަރުގެ ފެބްރުއަރީ މަހު މަގާމުން ވަކިކުރި ހަދީޖާ ވިދާޅުވި އެވެ.
"ސަރުކާރުގެ ފަސް އަހަރުގެ ޕްލޭނެއް އެބަ އޮތް. އެކަމަކު އަޅުގަނޑަކަށް ނުފެނޭ ވަރަށް ސްޓްރޯންގް ލީޑާޝިޕަކާ ނުލާ ކުރިއަށް އޮތް ތިން އަހަރު ކިހިނެއް ކަމެއް މި ގެންދާނީ."
އޭނާ ވިދާޅުވި ގޮތުގައި ކުރިން ވެސް ހެލްތުގެ ދާއިރާގައި ހުރި ގިނަ ބޮޑެތި މައްސަލަތައް މިދިއަ ދޮޅު އަހަރު ތެރޭގައި ވަނީ އޭރަށް ވުރެ ވެސް ބޮޑުވެފަ އެވެ.
ޑިރެކްޓަރު ޖެނެރަލް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީ
ޑިރެކްޓަރު ޖެނެރަލް އޮފް ނެޝެނަލް ބްލަޑް ސާވިސަސް
ހިމަޓޮލިޖިސްޓް (ލޭ އެޅުމާ ތެލެސީމިއާގެ ކަންކަން ބަލަހައްޓަން)
ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް
ހަފީޒާ ވިދާޅުވީ މީގެ ތެރެއިން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމަކީ ގާނޫނު ލާޒިމްކުރާ މަގާމެއް ކަމަށެވެ. އެއީ ސިވިލް ސާވިސްގެ މަގާމެއް ނޫން ނަމަވެސް މިއަދާ ހަމައަށް ވެސް އެ މަގާމަށް މީހަކު އައްޔަންކޮށްފައި ނުވާ ކަމަަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ހުރިހާ ކަމެއްގެ ކޮލިޓީ ޔަގީންކުރާ މީހާ އަށް ވުމުން އެއީ މިނިވަން މަގާމެއްގެ ގޮތުގައި އޮންނަނީ އެހެންވެ އެވެ. ނަމަވެސް އެއީ ވެސް ސިވިލް ސާވިސްގެ މަގާމަކަށް ހަދައި އިއުލާންކޮށްފައިވާ ކަމަށާއި އެގޮތަށް އެ މަގާމުގައި ހުންނަ މީހަކަށް މިނިވަންކަމާ އެކު ޒިންމާ އަދާނުކުރެވޭނެ ކަމަށް ހަފީޒާ ވިދާޅުވި އެވެ.
މީގެ ތެރެއިން ބައެއް މަގާމުތަކަށް މީހަކު އައްޔަން ނުކުރިއަސް ޒިންމާތައް އެހެން މީހުންނާ ހަވާލުކޮށްގެން ކުރިން ކުރިއަށް ގެންގޮސްފައި ވިޔަސް، ހަފީޒާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން އެގޮތަށް ވެސް އެކަމެއް ނުކުރެ އެވެ.
ހަފީޒާ ވިދާޅުވީ ސިއްހީ ދާއިރާގެ ކޮންމެ ކަމެއް ވެސް ކުރިއަށް ގެންދަނީ ވަކި އުސޫލަކާއި ގައިޑްލައިނެއް ހަދައިގެން ކަމަށް ވިޔަސް އެ އުސޫލުތަކާ އެއްގޮތަށް މިހާރު އަމަލުނުކުރާ ކަމަށެވެ.
"ޕޮލިސީތަކެއް ހުރޭ. އެކަމަކު މިހާރު އެ ވީ ތަނެއް އެނގޭ މީހަކު ހުރިހެނެއް ހިއެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
"ތަކެތި ހޯދުމުގެ ޓްރާސްޕޭރެންސީ ވެސް ނެތް. އަޅުގަނޑު އެއްޗެއް ބޭނުންވީމަ ކޮންމެވެސް ރައްޓެއްސެއް، ގާތް މީހަކަށް ގުޅައިގެން ހޯދަންވީ. ޓެންޑާ ކުރުމެއް، އިއުލާންކުރުމެއް މިކަހަލަ އެއްވެސް ކަމެއް ނޯވޭ."
ފަސް ބޭފުޅުންގެ ޓީމު އިޖުތިމާއީ ކޮމިޓީއަށް ހާޒިރުވުމުގެ ކުރިން، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލުކުރި އެވެ.
ސިއްހީ ދާއިރާ އަންނަނީ ކުރިއަރަމުން: ހެލްތު
ހެލްތު މިނިސްޓްރީ ދިފާއުވުން ވެސް ނަޝީދަށް ގޯސް
ފަރުވާއަށް ބޭރަށް ނުދެވޭ މައްސަލަ މަޖިލީހަށް
ނުތަކާ ވަރަށް ފަރުވާދޭން ޖެހިދާނެތީ ބިރުއެބައޮތް: މޫސަ
މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަނީ
ސަރުކާރުން ހައްލެއް ހޯދައި ނުދެވުމުން މަޖިލީހަށް!
ތިނަދު އަށް ފޮނުވާ ޑޮކްޓަރުން ފިލާ މައްސަލަ ބޮޑުވެއްޖެ
ސިއްހީ ހިދުމަތުގެ ފެންވަރު ދަނީ ދަށަށް: މެމްބަރުން
އާސަންދައިން ބަޔަކު ނާޖާއިޒު ފައިދާ އެބަހޯދާ
މިހާރަށް ބޭނުންވާ ވަރަށް ވަސީލަތް އެބަހުރި: އަމީން