13 އޯގަސްޓް 2020
ކޮލަމްބޯ (އޮގަސްޓް 13) - ސްރީ ލަންކާގައި މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި އާއްމު އިންތިޚާބުން ވެރިކަންކުރާ ޕާޓީ ހޯދި ބޮޑު ކާމިޔާބީއާ އެކު ސަރުކާރުގެ ތެރޭގައި އާއިލީ ބާރުވަރުގަދަކޮށް ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ތިން މިނިސްޓްރީއަކާ ހަވާލުވެއްޖެ އެވެ.
ކޮލަމްބޯ (އޮގަސްޓް 13) - ސްރީ ލަންކާގައި މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި އާއްމު އިންތިޚާބުން ވެރިކަންކުރާ ޕާޓީ ހޯދި ބޮޑު ކާމިޔާބީއާ އެކު ސަރުކާރުގެ ތެރޭގައި އާއިލީ ބާރުވަރުގަދަކޮށް ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ތިން މިނިސްޓްރީއަކާ ހަވާލުވެއްޖެ އެވެ.
ސަރުކާރުގެ ހިންގުމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން ހުންނެވި ރާޖަޕަކްސާ، 74، ވަނީ ފިނޭންސް މިނިސްޓްރީގެ އިތުރުން ކަލްޗާ އަދި ހައުސިން މިނިސްޓަރުކަމާ ވެސް ހަވާލުވެވަޑައިގެންފަ އެވެ.
ކެބިނެޓް އެކުލަވާލާފައި ވަނީ ރައީސް ގޯޓާބޭ ރާޖަޕަކްސާ، 71، އާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާގެ އާއިލާ ބާރުވަރުގަދަވާ ގޮތަށެވެ. ސައްބީސް މެންބަރުން ހިމެނޭ ކެބިނެޓުގައި ޑިފެންސް މިނިސްޓަރަކީ ރައީސް ގޯޓާބޭ އެވެ. އެ އާއިލާގެ އެންމެ ދޮށީ ޗަމަލް ރާޖަޕަކްސާ އަށް އިރިގޭޝަން މިނިސްޓަރިކަން ދިން އިރު ސްޕޯޓްސް މިނިސްޓަރަކީ ރާޖަޕަކްސާގެ ދަރިކަލުން ނާމަލް ރާޖަޕަކްސާ އެވެ. މިއީ އޭނާ ކެބިނެޓަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ޗަމަލް އަށް ވަނީ ދީފަ އެވެ. ޗަމަލްގެ ދޮށީ ދަރިކަލުން ޝަޝީންދުރަ ރާޖަޕަކްސާ ހަމަޖައްސާފައި ވަނީ އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
ސްޕޯޓްސް މިނިސްޓަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު ނާމަލް ރާޖަޕަކްސާ (ވ) ލިޔުމާ ހަވާލުވެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
ލަންކާގެ ރައީސްގެ މަގާމަށް ގޯޓާބޭ ވަޑައިގެންނެވީ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. ބޮޑުވަޒީރުކަމުގެ އާ ދައުރުގެ ހުވާ މަހިންދާ ކުރެއްވީ އާދިއްތަ ދުވަހު އެވެ.
ޕާލަމެންޓުގައި ލިބުނު ސުޕަ މެޖޯރިޓީއާ އެކު އާ ސަރުކާރުން ވަނީ ގާނޫނު އަސާސީ އަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެފަ އެވެ.
ލަންކާގެ ކެބިނެޓް އިސްތިއުފާ ދީފި
ލަންކާގެ ކެބިނެޓުގައި ރާޖަޕަކްސާ އާއިލާގެ ތިން ބެއިން
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ލަންކާ ރައްޔިތުން ރަނިލް ވެސް ބޭނުމެއް ނޫން
ގޮތަބަޔާ ރާއްޖޭގައި މަޑެއް ނުކުރާނެ: ބޭރުގެ މީޑިއާ
ލަންކާގެ އާ ކެބިނެޓަށް ހަތަރު މިނިސްޓަރުން
ލަންކާގެ ބޮޑުވަޒީރުކަމަށް އަނެއްކާވެސް ރަނިލް