Roadha Mihaaru
ލޭ އަޅައިގެން އިންޑިއާގައި 2،234 މީހުންނަށް އެޗްއައިވީ ޖެހިއްޖެ

ލޭ އަޅައިގެން އިންޑިއާގައި 2،234 މީހުންނަށް އެޗްއައިވީ ޖެހިއްޖެ

01 ޖޫން 2016

ނިއު ދިއްލީ (ޖޫން 1) - ވޭތުވެދިޔަ 17 މަސް ދުވަސް ތެރޭ އެކަނިވެސް އިންޑިއާގެ ހޮސްޕިޓަލްތަކުން އެޅި ލޭގެ ސަބަބުން 2،234 މީހުންނަށް އެޗްއައިވީ ޖެހިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ޖޫން 1) - ވޭތުވެދިޔަ 17 މަސް ދުވަސް ތެރޭ އެކަނިވެސް އިންޑިއާގެ ހޮސްޕިޓަލްތަކުން އެޅި ލޭގެ ސަބަބުން 2،234 މީހުންނަށް އެޗްއައިވީ ޖެހިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ނޭޝަނަލް އޭޑްސް ކޮންޓްރޯލް އޮގަނައިޒޭޝަން (ނާކޯ) އިން މި މައުލޫމާތު ހާމަކޮށްފައި ވަނީ އިންފޮމޭޝަން އެކްޓިވިސްޓެއް ކަމަށްވާ ޗެޓަން ކޮތާރީ ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. ކޮތާރީ ބުނީ މި މައުލޫމާތާ ގުޅިގެން އޭނާ އަށް ބޮޑު ޝޮކެއް ލިބުނު ކަމަށެވެ.

އިންޑިއާގައި ވަނީ ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް އެޗްއައިވީ/އޭޑްސް ޖެހިފަ އެވެ.

ލޭ އަޅައިގެން އެންމެ ގިނަ މީހުންނަށް އެޗްއައިވީ ޖެހިފައި ވަނީ އުތުރުގެ އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ ހޮސްޕިޓަލްތަކުންނެވެ. އެ ސްޓޭޓުގެ ހޮސްޕިޓަލްތަކުން ލޭ އެޅުމުން 361 މީހަކަށް ވަނީ އެޗްއައިވީ ޖެހިފަ އެވެ. ހުޅަނގުގެ ސްޓޭޓް ގުޖުރާތުގެ ހޮސްޕިޓަލްތަކުން 292 މީހަކަށް އެޗްއައިވީ ޖެހިފައިވާ އިރު މަހާރާސްތުރާގެ ހޮސްޕިޓަލްތަކުން ވަނީ 276 މީހުންނަށް އެޗްއައިވީ ޖެހިފަ އެވެ. ދިއްލީގެ ހޮސްޕިޓަލްތަކުން ލޭ އެޅުމުން ވަނީ 264 މީހަކަށް އެޗްއައިވީ ޖެހިފަ އެވެ.

މިއިން ކޮންމެ ޓެސްޓަކަށް 1،200 ރުޕީސް (18 ޑޮލަރު) ހޭދަވޭ. ގިނަ ހޮސްޕިޓަލްތަކުން މި ޓެސްޓްތައް ހެދެން ވެސް ނުހުރޭ. ބޮޑެތި ސިޓީތައް ކަމަށްވާ މުމްބާއީގައި ވެސް އެޗްއައިވީ ޓެސްޓް ހެދޭ ތިން ޕްރައިވެޓް ހޮސްޕިޓަލް ހުންނަނީ. ސަރުކާރުގެ ބޮޑެތި ހޮސްޕިޓަލްތަކުން ވެސް އެޗްއައިވީ އަށް ސްކްރީން ކުރެވޭކަށް ނުހުރޭ. މިއީ ވަރަށް ސީރިއަސް މައްސަލައެއް،" އިންޑިއާގެ އެކްޓިވިސްޓެއް

ކޮތާރީ ބުނީ މިއީ ސަރުކާރުގެ ރަސްމީ އިދާރާއަކުން ހާމަކުރި މައުލޫމާތު ކަމަށާއި އެހެންވެ އަސްލު އަދަދުތައް ތިން ގުނަ އަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިންޑިއާގެ ހޮސްޕިޓަލްތަކުން ލޭ އަޅާ އިރު ލޭ ދޭ މީހާ އެޗްއައިވީ، ހެޕަޓައިޓިސް ބީ އަދި ސީ އާއި މެލޭރިއާ އާއި އެހެންވެސް ބަލިތަކަށް ސްކްރީން ކުރުމަކީ ގާނޫނަކުން މަޖްބޫރު ކަމެކެވެ.

"މިއިން ކޮންމެ ޓެސްޓަކަށް 1،200 ރުޕީސް (18 ޑޮލަރު) ހޭދަވޭ. ގިނަ ހޮސްޕިޓަލްތަކުން މި ޓެސްޓްތައް ހެދެން ވެސް ނުހުރޭ. ބޮޑެތި ސިޓީތައް ކަމަށްވާ މުމްބާއީގައި ވެސް އެޗްއައިވީ ޓެސްޓް ހެދޭ ތިން ޕްރައިވެޓް ހޮސްޕިޓަލް ހުންނަނީ. ސަރުކާރުގެ ބޮޑެތި ހޮސްޕިޓަލްތަކުން ވެސް އެޗްއައިވީ އަށް ސްކްރީން ކުރެވޭކަށް ނުހުރޭ،" ކޮތާރީ ބުންޏެވެ. "މިއީ ވަރަށް ސީރިއަސް މައްސަލައެއް. އަދި މިއީ އަވަސް ފިޔަވަޅު އަޅަން ވެސް ޖެހޭ މައްސަލައެއް."