Roadha Mihaaru
އިސްމާއިލް ޒަަކަރިއްޔާ ހާލު ބޮޑުވެ ވެންޓިލޭޓަރަށް ލައިފި

ރ. އަތޮޅުގެ ކުރީގެެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ ވެންޓިލޭޓަރުގައި

20 އޯގަސްޓް 2020

ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެމްބަރުކަން ކުރިން ކުރެއްވި އަދި ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލްގެ ބައްޕަ، އިސްމާއިލް ޒަކަރިއްޔާއަށް ކޮވިޑް-19 ޖެހި ހާލު ބޮޑުވެގެން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެމްބަރުކަން ކުރިން ކުރެއްވި އަދި ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލްގެ ބައްޕަ، އިސްމާއިލް ޒަކަރިއްޔާއަށް ކޮވިޑް-19 ޖެހި ހާލު ބޮޑުވެގެން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.

އިސްމާއީލް ޒަކަރިއްޔާގެ ދަރިކަލެއް ކަމަށްވާ އަދި އެމްއެންޑީއެފްގެ މޭޖާ އިބްރާހީމް އާޒިމް "މިހާރު"އަށް ވިދާޅުވީ މި މަހު 13 ގައި ކޮވިޑަށް ޕޮޒިޓިވް ވުމާ އެކު ފަރުވާދެމުން އައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަަމަށެވެ. އެކަމަކު އުމުރުން 79 އަހަރުގެ އިސްމާއިލް ޒަކަރިއްޔާ ހާލު ބޮޑުވުމުން ދަރުމަވަންތަ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފަ އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ވެސް އޭނާއަށް ފަރުވާދެމުން އައީ އައިސީޔޫގަ އެވެ.

އިސްމާއީލް ޒަކަރިއްޔާ އަކީ ސަރުކާރުގައި ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ބޭފުޅެކެވެ. އަދި 1990ގެ އަަހަރުތަކުގައި ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު މެމްބަރުކަން ވެސް ކުރެއްވި އެވެ. އާ ގާނޫނުއަސާސީގެ ދަށުން 2009 ގައި ބޭއްވި އާންމު އިންތިހާބުގައި ދުވާފަރު ދާއިރާއަށް ވާދަކުރައްވާ އޭނާއަށް ނާކާމިޔާބުވެވަޑައިގަތީ ވެސް ވަރަށް މަދު ވޯޓުކޮޅަކުންނެވެ.

ސަރުކާރުގެ ހިދުމަތްތަކުގެ ތެރެއިން އިސްމާއިލް ޒަކަރިއްޔާ އެންމެ ފަހުން މަސައްކަތްކުރެއްވީ ކުޅިވަރާ ބެހޭ މިނިސްޓްރީގަ އެވެ.

ކޮވިޑް ބަލިމީހުންގެ ތެރެއިން 152 މީހަކު މިހާރު ވަނީ އެޑްމިޓްކޮށްްފަ އެވެ. އައިސީޔޫގައި ބާއްވައިގެން ފަރުވާދެނީ އޭގެ ތެރެއިން އަށް މީހަކަށެވެ. ވެންޓިލޭޓަރުގައި ތިބީ ތިން މީހެކެވެ.