ކޮވިޑް-19 ޖެހިގެން އެންމެ ބޮޑަށް ހާލުބޮޑުވާ މީހުންނަށް ފަރުވާދޭން ދަރުމަވަންތަ ހޮސްޕިޓަލުގައި ހާއްސަ ކޮށްފައިވާ އައިސީޔޫ (ޑީއެޗް-11) ފުރިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.
05 މެއި 2021
ކޮވިޑް-19 ޖެހިގެން އެންމެ ބޮޑަށް ހާލުބޮޑުވާ މީހުންނަށް ފަރުވާދޭން ދަރުމަވަންތަ ހޮސްޕިޓަލުގައި ހާއްސަ ކޮށްފައިވާ އައިސީޔޫ (ޑީއެޗް-11) ފުރިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.
އެ އިދާރާގެ މީޑިއާ ބްރީފިންގައި، އައިޖީއެމްއެޗުގެ އެތެރެހަށީގެ ހާއްސަ ޑރ. މުހައްމަދު އަލީ ވިދާޅުވީ ރާއްޖެ އަށް މިހާރު މި އުޅެނީ ކޮވިޑްގެ އާ ސާޖެއް އައިސްގެން ކަމަށާއި އެހެންވެ، އެ ބަލީގައި ނާޒުކް ހާލަތަކަށް ދާ މީހުންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ހަދާފައިވާ އައިސީޔޫގައި މިހާރު ވެސް ކޮވިޑް ބަލީގެ ނުވަ މީހަކު އެޑްމިޓްކޮށްފައިވާއިރު، އޭގެ ތެރެއިން ހަ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. ވެންޓިލޭޓަރަަށް ނުލާ އޮތް ތިން މީހުންގެ ތެރެެއިން އެކަކީ ޑޮކްޓަރު ވިދާޅުވިގޮތުގައި މާބަނޑު މީހެކެވެ.
"އެހެންވީމާ އެެއީ މިހާތަނަށް އަދި އަޅުގަނޑުމެނަށް ފެނިފައި ނުވާ ވަރަށް ހާލަތު ސީރިއަސް ވެފައިވާ މީހެއް،" އޭނާ ވިދާޅުވި އެވެ. ޑރ. މުހައްމަދު އަލީ ވިދާޅުވިގޮތުގައި، ކޮވިޑްގައި ހާލު ބޮޑުވެ، ވެންޓިލޭޓަރަށްލާ މީހުން ވެންޓިލޭޓަރުގައި ބާއްވަން ޖެހޭނީ ކިހާ ދުވަހަކަށް ކަން ލަފާކުރަން ނޭނގޭ ކަމަށާއި ކުރީގެ ތަޖުރިބާ އިން އެނގިފައި ވަނީ ވަރަށް ގިނަ ދުވަހު ބާއްވަން ޖެހޭކަން ކަމަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިން ގައި ޑރ. މުހައްމަދު އަލީ ވާހަކަދައްްކަވަނީ. .-- ފޮޓޯ: އެޗްއީއޯސީ
"ގިނަ ބަލި މީހުންތަކެއް މިހާ ހަމައަށް ގޮސްފި ކަމުގައި ވާ ނަމަ އަޅުގަނޑުމެންގެ ކެޕޭސިޓީ އެކްސީޑްވެގެން ހިނގައިދާނެ،" ކަންބޮޑުވުމާއެކު، ޑޮކްޓަރު ވިދާޅުވި އެވެ.
ކޮވިޑް ޖެހި ހާލުބޮޑުވެގެން ވެންޓިލޭޓަރަށްލާ މީހުން ބަލަހައްޓަން އެހެން ބަލިތަކުގެ މީހުންނަށް ވުރެ ތިން ގުނަ ހަތަރު ގުނަ އިތުރަށް ނަރުހުން ބޭނުންވާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. ގިނަ އަދަދެއްގެ ބަލި މީހުން އެގޮތަށް ބަލަަހައްޓަން ޖެހިއްޖެ ނަމަ ވަސީލަތްތަތައް ހުސްވާނެ ކަމަށާއި އިންޑިއާ އިން އެ ފެނުނީ އޭގެ މިސާލެއް ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އާ ފިޔަވަޅުތަކެއް މިއަދުން ފެށިގެން އަޅާނެ އެވެ. އެގޮތުން މިހާރު އިލާނުކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރުން ވެސް ފިޔަވަޅުތައް ތައާރަފު ކުރުމާ މެދު މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.
މިދިޔަ ދެހަފްތާ ތެރޭގައި ރާއްޖޭގައި ކޮވިޑް ކޭޭސްތައް ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެ، އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 6،000 އަށް ވުރެ ގިނަވެފަ އެވެ. އެއާ އެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު މިހާރު ވަނީ 200 އާ ކައިރިވެފަ އެވެ.
ކޮވިޑްގައި ދަނގެތިން މީހަކު ނިޔާވެއްޖެ
ކޮވިޑް ދެވަނަ ފަހަރަށް ޖެހެނީ 9 މަސް ފަހުން
ކޮވިޑްގެ އިތުރު 1،559 ކޭހެއް
ޝައްކު ކުރެވުނު މީހާގެ ފަރާތުން ބްލެކް ފަންގަސް ނުފެނޭ
ކޮވިޑްގައި ނިޔާވި ގިނަ މީހުންގެ ބޮޑެތިބަލިތައް ހުރި
ކޮވިޑް: ހަތަރު އަތޮޅެއްގައި ޕީސީއާރު މެޝިން ބަހައްޓަނީ
500 މީހުންގެ ސާމްޕަލަށް ފަހު ސިޑިމައްޗަށް ދެމުނީ!
ބައެއް ގައުމުތަކުން މީހުން އައުން ހުއްޓުވުން ރަނގަޅު
ވެކްސިން ހުއްޓައިލީ އެ ލިބުން ދަތިވެގެން
މާލެ ސަރަހައްދުގައި ސަރުކާރުގެ އޮފީސްތައް ބަންދު