21 އޯގަސްޓް 2020
މި އަހަރުގެ އޮގަސްޓް މަހުން ފެށިގެން ބްލެކްބެރީ ފޯނުގެ ވިޔަފާރި ހުއްޓާލާނެ ކަމަށް ބުނެފައި ވަނިކޮށް 5ޖީ ނެޓްވޯކާ އެކު އަންނަ އަހަރު ބްލެކްބެރީ ފޯނު ނެރެން ނިންމައިފި އެވެ.
މި އަހަރުގެ އޮގަސްޓް މަހުން ފެށިގެން ބްލެކްބެރީ ފޯނުގެ ވިޔަފާރި ހުއްޓާލާނެ ކަމަށް ބުނެފައި ވަނިކޮށް 5ޖީ ނެޓްވޯކާ އެކު އަންނަ އަހަރު ބްލެކްބެރީ ފޯނު ނެރެން ނިންމައިފި އެވެ.
ބްލެކްބެރީ އަކީ މިހާރު ޓީސީއެލްގެ ދަށުގައި އޮތް ބްރޭންޑެކެވެ. ޓީސީއެލުން ބްލެކްބެރީ ގަތީ 2016 ގަ އެވެ. އެ ބްރޭންޑްގެ ފޯނު މި އަހަރުން ފެށިގެން ވިއްކުން ހުއްޓާލާނެ ކަމަށް އިއުލާންކޮށްފައި ވަނިކޮށް އަންނަ އަހަރުގެ ތެރޭގައި ނެރެން ނިންމާފައިވާ އެންޑްރޮއިޑް ސަޕޯޓްކުރާ ފޯނު އަންނާނީ އޭގެ އައިކޮނިކް ކީޕެޑާ ވެސް އެކުގައި ކަމަށް މީޑިއާތަކުން ބުންޏެވެ.
އެމެރިކާގެ ޓެކްސަސްގެ ސްޓާޓްއަޕެއް ކަމަށްވާ އޮންވާޑް މޯބިލިޓީއާ ގުޅިގެން ނެރޭ ބްލެކްބެރީގެ އާ ފޯނަކީ ވިޔަފާރި އާއި ސަރުކާރުތަކުގެ ވިއުގަތަކަށް ހާއްސަ އެއްޗަކަށްވާނެ އެވެ.
Check out our CEO @TechGuyPeter talking about our agreements with #BlackBerry and #FIHMobile to deliver a new #5G BlackBerry #Android #smartphone with a #keyboard https://t.co/VU18sTofTx pic.twitter.com/MB1r2zXZkb
— OnwardMobility (@_OnwardMobility) August 19, 2020
އޮންވާޑް މޯބިލިޓީގެ ސީއީއޯ ޕީޓާ ފްރޭންކްލިން ވިދާޅުވީ ބްލެކްބެރީގެ އާ ފޯނު ނެރޭނީ އާ ޑިޒައިނާ އެކުގައި ކަމަށާއި ކުރީގެ ޑިޒައިންތައް ބޭނުން ނުކުރާނެ ކަމަށެވެ. އެކަމަކު ކުރީގެ މޮޑެލްތަކުގެ ކީބޯޑާއި އާ ފޯނުގެ ކީ ބޯޑާ ވައްތަރު ގޮތްތަކެއް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
"The new BlackBerry fills a niche that isn't being served by any other manufacturer on US carrier shelves right now." @saschasegan @PCMag https://t.co/9CDIVUvp1z #BlackBerry #android #5G #PKB #FIHMobile #teamblackberry #smartphone
— OnwardMobility (@_OnwardMobility) August 19, 2020
"އަހަރެމެންގެ ޓާގެޓަކީ ބޭނުންކުރަން ހުރިހާ ގޮތަކުން ވެސް ރައްކާތެރި އަދި ބޭނުން ކުރަން ވެސް ފަސޭހަ ފޯނެއް ނެރުން،" ފްރޭންކްލިން ވިދާޅުވި އެވެ. "އޭގެ މާނަ އަކީ ކެމެރާ އާއި އެ ނޫން ވެސް ވަރަށް ފީޗާތައް ވަރަށް ފަސޭހައިން ބޭނުންކޮށްލެވޭ ގޮތަށް ބްލެކްބެރީގެ އާ ފޯނު އަންނާނީ."
Onward Mobility says these new phones will be “highly secure” and will offer a “suite of end-to-end security solutions.” - @HadleeSimons @AndroidAuth https://t.co/vIHlYl29aw #android #5G #smartphone #keyboard #FIHMobile #teamblackberry
— OnwardMobility (@_OnwardMobility) August 19, 2020
ބްލެކްބެރީގެ ސީއީއޯ ޖޯން ޗެން ވިދާޅުވީ އޮންވާޑާ ގުޅިގެން 5ޖީ ފޯނެއް ނެރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނާ ވިދާޅުވީ ބްލެކްބެރީ ސްމާޓްފޯނުވެގެން ދާނީ ކަސްޓަމަރުން އިތުބާރުކުރާ ގަޔާވާނެ އެއްޗަކަށް ކަމަށެވެ.
ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ބްލެކްބެރީ ފޯނުގެ މާކެޓް ގެއްލުނީ އެޕަލް އާއި ގޫގުލް ފަދަ ކުންފުނިތަކުގެ ވާދަވެރިކަން ބޮޑުވާން ފެށުމާ އެކީގަ އެވެ. ސްމާޓްފޯނު އުފެއްދުމުގެ ވިޔަފާރީގައި މިހާރު އެންމެ ވާދަވެރިކަން ބޮޑީ އެޕަލް އާއި ދެކުނު ކޮރެއާގެ ސެމްސަންގާ ދެމެދު އެވެ.
ބްލެކްބެރީގެ އާ ފޯނު އަންނަ އަހަރު އެންމެ ފުރަތަމަ ނެރެން ނިންމާފައި ވަނީ އުތުރު އެމެރިކާ އާއި ޔޫރަޕްގެ މާކެޓަށެވެ. އެކަމަކު ސީދާ ތާރީހަކާއި އަގު އަދި އިއުލާނެއްނުކުރެ އެވެ. އެކަމަކު އަހަރު ދެބައިވުމުގެ ކުރިން ނެރޭނެ ކަމަށް އޮންވާޑުން ބުނެ އެވެ.
ބްލެކްބެރީ ފޯނު މި މަހު "މަރުވާނެ"
ބްލެކްބެރީ ކީ2: ކިތައް މީހުން އަތުގައި؟
ވާވޭގެ އާ ފޯނު ދައްކާލައިފި، އަގަކީ 2،800 ޑޮލަރު
ދިރާގުގެ އިންޓަނެޓްގެ ހިދުމަތަށް މައްސަލަތަކެއް
ސެމްސަންގުގެ އާ ފޯނުގައި ކޯލްތައް ތަރުޖަމާކުރަން އޭއައި
ގާޒާގެ މުވާސަލާތީ ގުޅުން އަލުން ހިދުމަތަށް
ޗައިނާގެ އާ ސްމާޓް ފޯނުގެ ހަގީގަތް އެމެރިކާ ހޯދަނީ
ޗައިނާގައި ކުދިންގެ ސްކްރީން ވަގުތު މަދުކުރަނީ
ނެދަލޭންޑްގެ ސްކޫލްތަކުގައި މޮބައިލް ފޯނު މަނާކުރަނީ
ސެމްސަންގް އެސް21 ސީރީޒްގެ އާ ފޯނެއް