Roadha Mihaaru
ބްލެކްބެރީ ކީ2: ކިތައް މީހުން އަތުގައި؟

ބްލެކްބެރީ ކީ2: ކިތައް މީހުން އަތުގައި؟

06 ސެޕްޓެމްބަރ 2018

ސެމްސަންގް، ވާވޭ އަދި ވަންޕްލަސްއާ އަޅާކިޔާ ނަމަ، ބްލެކްބެރީ އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންގެ އަދަދު ރާއްޖޭގައި މަދުވެދާނެ އެވެ. މިހެން މި ބުނީ ބްލެކްބެރީ އެންޑްރޮއިޑް ފޯނެއް ގެންގުޅެނިކޮށް ނުފެންނާތީ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސެމްސަންގް، ވާވޭ އަދި ވަންޕްލަސްއާ އަޅާކިޔާ ނަމަ، ބްލެކްބެރީ އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންގެ އަދަދު ރާއްޖޭގައި މަދުވެދާނެ އެވެ. މިހެން މި ބުނީ ބްލެކްބެރީ އެންޑްރޮއިޑް ފޯނެއް ގެންގުޅެނިކޮށް ނުފެންނާތީ އެވެ.

ބްލެކްބެރީ ފޯނުތައް ގެންގުޅޭ މީހުން އެއާ މެދު ވަރަށް ފަޚުރުވެރިވެ އެވެ. ބްލެކްބެރީ އަކީ ޝަރަފުވެރި މާޒީއެއް އޮތް ކުންފުންޏަކަށް ވެފައި، ބާރުގަދަ ސޮފްޓްވެއާގެ އަހުލުވެރިންނަށް ވުމަކީ ވެސް މިކަން މި ގޮތަށް ވުމަށް އޮތް ސަބަބެކެވެ. މި ވާހަކަތައް އެހާ ދިގުކޮށް މިހާރު ދައްކާނެ ކަމެއް ނެތެވެ. މި ފަހަރު ދަސްކުރާނީ ބްލެކްބެރީ ކީ2ގެ ވޯލްޕޭޕާ ބަދަލުކުރާނެ ގޮތެވެ. އެކި ފަހަރު އެކި މަންޒަރު ފެންނަ ގޮތަށެވެ.

ބްލެކްބެރީ ކީ2ގެ ވޯލްޕޭޕާ ބަދަލުކޮށް، ފޯނުގެ ސްކްރީން ދިއްލާލާ ކޮންމެ ފަހަރަކު ތަފާތު މަންޒަރެއް ފެންނަ ގޮތަށް ހެދުމަކީ ތިޔަ ބުނާހާ އުނދަގޫ ކަމެއް ނޫނެވެ. އެކަމަކުވެސް، މިކަން ކުރާނެ ގޮތް ބުނެދިނުމެ ގޮތުން ބްލެކްބެރީން ވަނީ ރަސްމީ ވީޑިއޯއެއް އާންމުކޮށްފަ އެވެ. ސަބަބެއް ނޭނގުނެވެ.

"ބްލެކްބެރީ ކީ ޓޫ" ބަލާލަން ވަރަށް ރީއްޗެވެ. އެންޑްރޮއިޑް ފޯނެއް ނަމަވެސް، ޑިޒައިންކުރުމުގައި އެ ކުންފުނިން ގެންގުޅޭ ތާރީޚީ ސިފަ ގެއްލުވާލާފައި ނުވެ އެވެ. ފުރަތަމަ ނަޒަރުން ވެސް ބްލެކްބެރީ ފޯނެއްކަން ކަށަވަރުވެ އެވެ. ބްލެކްބެރީ އަށް ދެވިފައި އޮންނަ އިތުބާރު އާލާވާ ގޮތް ވެ އެވެ. މި ފޯނަށް "ބްލެކްބެރީ އެތީނާ" އޭ ވެސް ކިޔަ އެވެ.

ސްކްރީން ޑިޒައިންކުރުމުގައި "ކީ ޓޫ" އަށް ދީފައި ވަނީ 4.5 އިންޗި ޑިސްޕްލޭއެކެވެ. ފޯނުގެ ރޭމް 6ޖީބީ އެވެ. ބެޓެރީ 3500އެމްއޭއެޗް އަދި 12 މެގަ ޕިކްސެކް ކެމެރާއެކެވެ. އިންޓާނަ ސްޓޯރޭޖް 64ޖީބީ އެވެ. ބައެއް މޮޑެލްތަކުގައި 128ޖީބީ ވެސް އިނދެ އެވެ،

މަޝްހޫރު ފޯނުތަކުން އެފްއެމް ރޭޑިއޯ މިހާރު އުނިކުރި ނަމަވެސް، މި ފޯނުގައި އެފްއެމް ރޭޑިއޯއެއް އިނދެ އެވެ. ޔޫއެސްބީ 3.0 ޓައިޕްސީ ކަނެކްޓަރާއާ އެކު ފާސްޓް ޗާޖިން ވެސް ސަޕޯޓްކުރެ އެވެ.