އެޕަލްގެ ފުރަތަމަ ފްލޯޓިން ފިހާރަ ސިންގަޕޫރުގައި ތަރައްގީކޮށް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
26 އޯގަސްޓް 2020
އެޕަލްގެ ފުރަތަމަ ފްލޯޓިން ފިހާރަ ސިންގަޕޫރުގައި ތަރައްގީކޮށް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
"އެޕަލް މެރީނާ ބޭ ސޭންޑްސް" ގެ ނަން ދީފައިވާ މި ފްލޯޓިން ރިޓެއިލް ފިހާރަ ތަރައްގީކޮށްފައި ވަނީ ސިންގަޕޫރުގެ ވިޔަފާރީގެ މައި ސަރަހައްދު ކަމަށްވާ ޑައުންޓައުން ކޯ ގަ އެވެ. އެ ދިމާލުގައި ތަރައްގީކޮށްފައިވާ ފްލޯޓިން ފިހާރަ ފެންނަނީ ފެންގަނޑެއްގެ ތެރޭގައި ބާއްވާފައި އޮތް ބިޔަ ބޯޅައެއްގެ ގޮތުގަ އެވެ. އޭގެ ޗާލުކަން ފެންނަނީ ރޭގަނޑު ދިއްލައިލުމުންނެވެ.
އެޕަލްގެ ލޯގޯ ވެސް އޭގެ ބޭރުގައި އިނދެ އެވެ. މި ފްލޯޓިން ފިހާރައިގެ ސަބަބުން ސިންގަޕޫރްގެ ވޯޓަ ފްރޮންޓް ޑައުންޓައުން ލޯ އަށް މިހާރު އިތުރު ފުރިހަމަކަމެއް ވެސް ގެނެސްދެ އެވެ.
The rumours are indeed true! Apple Marina Bay Sands, the first Apple store in the world that floats on the water, is opening soon in Singapore.#AppleMarinaBaySands #Singapore #SingapoRediscovers #cityscape #architecture @Apple @marinabaysands @AP_Magazine @GettyImages pic.twitter.com/Awbgzo2qtO
— Javan Ng (@javanng) August 24, 2020
ސިންގަޕޫރުގައި ހުޅުވާ އެޕަލްގެ ފްލޯޓިން ފިހާރަ އަކީ އެ ކުންފުނިން ސިންގަޕޫރްގައި ހުޅުވާ ތިން ވަނަ އައުޓްލެޓެވެ. ދެހާސް ސަތާރައިގައި އޮޗާޑް ރޯޑްގައި ހުޅުވި ފިހާރައިގެ އިތުރުން ޗަންގީ އެއާޕޯޓްގައި ވެސް ފިހާރައެއް ހުޅުވާފައިވެ އެވެ.
ފްލޯޓިން ފިހާރައާ ބެހޭ ގޮތުން އެޕަލް އިން އަދި އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހިއްސާއެއް ނުކުރެ އެވެ. ނަމަވެސް މިތަން ހުޅުވަން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ. މީޑިއާތަކުން ބުނީ ފްލޯޓިން ފިހާރަވެގެން ދާނީ ޒަމާނީ ފާޑުވެރިކަން އޭގެ އެތެރިން ވަރަށް ބޮޑަށް ފެނިގެންދާނެ ތަނެއް ކަމަށެވެ.
މިއީ އެޕަލް އިން ހުޅުވާ 512 ވަނަ އައުޓްލެޓެވެ.
އެޕަލް އިން އުފައްދާ މާސްކަކީ "އައިޝީލްޑް"
ފޯން ވިޔަފާރީގެ ރަސްކަން އަލުން އެޕަލް އަށް
އެޕަލް އިން މެޓަވާސް އަށް ނުކުތުމުގެ ފުރުސަތު ކުޑަ
ފުރަތަމަ އައިފޯނު ހަނދާން އެބަހުރިތަ؟
އެޕަލްގެ އަގު ތިން ޓްރިލިއަނަށް އަރައިފި
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
އެޕް ސްޓޯރް އިންޑިއާގައި ވެސް މައްސަލައަކަށް
އެޕަލްގެ އަގު 3 ޓްރިލިއަނާ ދިމާއަށް
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ
އެެޕަލްގެ ކާރު ޑިވިޝަނަށް އާ ވެރިއެއް