26 އޮކްޓޯބަރ 2016
ހދ. ކުޅުދުއްފުށީގައި ސަރުކާރުން އަޅާ އެއާޕޯޓްގެ މަސައްކަތް ލަސްވެފައިވަނީ އެ ރަށުގެ ކައުންސިލުން އެއްބާރުލުން ނުދީގެން ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅު އެ ކައުންސިލުން ދޮގުކޮށްފި އެވެ.
ހދ. ކުޅުދުއްފުށީގައި ސަރުކާރުން އަޅާ އެއާޕޯޓްގެ މަސައްކަތް ލަސްވެފައިވަނީ އެ ރަށުގެ ކައުންސިލުން އެއްބާރުލުން ނުދީގެން ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅު އެ ކައުންސިލުން ދޮގުކޮށްފި އެވެ.
ހދ. ހިރިމަރަދޫ ބަނދަރު ހުޅުވައިދެއްވުމަށް ފަހު ރައީސް އިއްޔެ ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓު ހަދަން އެންމެ ފުރަތަމަ އުޅުނު އިރު ކައުންސިލްގެ ފަރާތުން ތަރުހީބެއް ނުލިބުނު ކަމަށާއި އެއްބާރުލުން ލިބުނު ނަމަ އެއާޕޯޓުގެ މަސައްކަތް މިހާރު އޮތީހީ ނިމިފައި ކަމަށެވެ.
އެކަމަކު، ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހަދައި ނިންމަން އެ މަނިކުފާނު ވައުދުވެ ވަޑައިގެން އެ އެއާޕޯޓާ ގުޅޭގޮތުން ކުޅުދުއްފުށީ ކައުންސިލުން ބުނީ ސަރުކާރުން ދޭން ބުނި ހުރިހާ އެއްބާރުލުމެއް އެ ކައުންސިލުން ދީފައިވާނެ ކަމަށެވެ.
ށ. ކަނޑިތީމުގައި ނަރުދަމާ ނިޒާމު އިފްތިތާހު ކޮށްދެއްވުމަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމިން ވާހަކަ ދައްކަވަނީ: ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމާ ގުޅޭގޮތުން އެ ރަށު ކައުންސިލަށް ފާޑުވިދާޅުވި
"މި ސަރުކާރުން ވެރިކަމަށް އައި ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އޮތީ އެހެން ކައުންސިލެއް. އެކަމަކު އެ ކައުންސިލުން ވެސް އެއާޕޯޓު އެޅުމަކަށް ދެކޮޅެއް ނުހަދާ،" އޭރު ހދ. އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި މިހާރު ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވި އެވެ.
"އެކަމާ ގުޅޭގޮތުން ރައީސް ހެއްދެވީ ސީދާ އިތުރުފުޅެއް."
އޭނާ ވިދާޅުވީ އެއާޕޯޓު އެޅުމުގެ އެކި މަސައްކަތާއި ދިރާސާތަކަށް ސަރުކާރުގެ ވަފުދުތައް މިވީ ދުވަސްތަކުގެ ތެރޭގައި އެކި ފަހަރު މަތިން އެ ރަށަށް ދިޔަ ކަމަށާއި އެ ޓީމުތައް އެދޭ ހުރިހާ ކަމެއް ކައުންސިލުން ކޮށްދީފައިވާނެ ކަމަށެވެ.
އެގޮތުން އެއާޕޯޓު އަޅާނެ ބިން ކަނޑައަޅައި، އެ ސަރަހައްދުގެ ފުޅާމިނާއި ދިގުމިން ބަލައި، އީއައިއޭ ހެދުމަށް އެއާޕޯޓު އަޅާ ސަރަހައްދުގައި އޮންނަ ކުޅިން ކިސަޑާއި ވެލި ނެގުުގެ އިތުރުން ގޭބިސީތަކުގެ ރުއްގަހުގެ ތަފުސީލުތައް ހޯދައިގެން، ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކުޅި: އެއާޕޯޓު ހެދުމަށް ސާމްޕަލް އެތަނުން ވަނީ ނަގާފައި
"މިއީ ހަމަ ސަރުކާރުން އަންގައިގެން ކުރި ކަންތައްތައް. އެހެންވީމަ، އެއްބާރުލުން ނުދިނޭ ވިދާޅުވީމަ އަޅުގަނޑުމެން ކުޅުދުއްފުށީ ރައްޔިތުންނަށް މި ތިބީ ވަރަށް ބޮޑަށް އޮޅިފައި. އެއްބާރުލުން ނުދިން ގޮތް ސާފުކޮށްދެއްވި ނަމަ ވަރަށް ރަނގަޅުވީސް،" އިދިކޮޅު ޕާޓީތަކުގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އަލީ ވިދާޅުވި ގޮތުގައި ރައީސްގެ ވާހަކަފުޅު ހުރީ ކުޅުދުއްފުށީ ރައްޔިތުންގެ މެދުގައި ކައުންސިލްގެ މައްޗަށް ޝައްކު އުފެދޭ ގޮތަށެވެ. އަދި އެއީ އެ މަނިކުފާނުގެ ވާހަކަފުޅުގެ ރަހަމީރުކޮށްލެއްވުމަށް ދެއްކެވި ވާހަކަފުޅެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދެން ރައީސްގެ އެވާހަކަފުޅު އަނބުރާ ގެންދެވުމަށް. އެ ވާހަކައިގެ އެއްވެސް ހަގީގަތެއް ނެތް،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރު އެއާޕޯޓުގެ މަސައްކަތް ނިންމާނެ ކަމަށް ރައީސް އަނެއްކާ ވެސް ވައުދުވެ ވަޑައިގަތް ނަމަވެސް، މިހާތަނަށް އައިއިރު އެއާޕޯޓުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައި ނުވާ ކަމަށެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ ޗެކިން ޖޯކަކަށް!
ކުޅުދުއްފުށީ އެއާޕޯޓް ޓާމިނަލް މިއަހަރު ނިމޭނެ:ރައީސް
ވާރޭގައި ރައްޔިތުންނަށް ރައީސް އާދޭސް ދަންނަވައިފި
ދޫނި ޖައްސަމުން އައި ތަނަށް މިހާރު ފްލައިޓް!
އެއާޕޯޓް އަޅަން 16 ގެއަކަށް ބަދަލުދީ ނިންމައިފި
މިއީ ސިޔާސީ ނުވެ ގައުމު ބިނާކުރަންވީ ވަގުތު: ޝަހީމް
އިންތިހާބުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓު ނިންމަނީ
އެއާޕޯޓް އަޅަން 12 ގެއެއް ހުސްކުރަން އެއްބަސްވެއްޖެ
18 ގެއެއްގެ ބަދަލުގެ މައްސަލަ: އެއާޕޯޓަށް ހުރަހެއް!
ކުޅުދުއްފުށީ ކުޅިން ހިއްކި ބިމަށް އިތުރަށް ފަސް އަޅަނީ