ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޖަޕާނުން، އުދުހޭ ކާރެއް ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފި އެވެ.
31 އޯގަސްޓް 2020
ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޖަޕާނުން، އުދުހޭ ކާރެއް ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފި އެވެ.
މި މަސައްކަތުގެ ފަހަތުގައި އޮތީ ސްކައި ޑްރައިވް އިންކެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ޓޮޔޮޓާ ޓެސްޓް ފީލްޑްގައި، އުދުހޭ ކާރު ޓެސްޓްކުރީ މި މަހުގެ 25 ގައި ކަމަށެވެ. މިއީ އުދުހޭ ކާރެއް މީހަކާ އެކު ޖަޕާނުގައި ޓެސްޓްކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.
【世界初披露「有人機 SD-03」飛行動画 Full Version公開!】
— SkyDrive Inc. (@Skydrive_jp) August 29, 2020
8月初旬に行われた有人飛行試験の映像、フルバーションを公開します!
今回、世界初披露となる機体「有人機SD-03」の離陸から着陸まで、じっくりお楽しみ下さい。https://t.co/S7G9L06crP
"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. އަދި މިއީ ދެ އަހަރު ދުވަހުގެ މަސައްކަތުގެ ނަތީޖާ،" ސްކައި ޑްރައިވްގެ ސީއީއޯ ޓޮމޮހީރޯ ފުކްޒާވާ ވިދާޅުވި އެވެ. "އަހަރެމެންގެ ވިސްނުން ހުރީ އުދުހޭ ކާރު ވިޔަފާރި އަށް ނެރުން. މިހާތަނަށް ކުރެވުނު މަސައްކަތުން މިކަން ކާމިޔާބުވާނެކަމުގެ އުންމީދު އާވެއްޖެ."
އޭނާ ވިދާޅުވި ގޮތުގައި އުދުހޭ ކާރަކީ އެއްގަމުދަތުރުފަތުރަށް ކުރިއަށް އޮތް ތަނުގައި ބޭނުންކުރެވޭނެ އެންމެ ފަސޭހަ، ރައްކާތެރި އަދި ހަރަދު ވެސް ކުޑަ ގޮތަށް ވާނެ އެވެ.
ސްކައި ޑްރައިވުން ބުނިގޮތުގައި އެ ކުންފުނީގެ ކުޑަ SD-03 އިލެކްޓްރި ކާރަކީ ދަތުރުތަކަށް އެންމެ ރައްކާތެރި ގޮތްތައް ބަލައިގެން ފަރުމާކޮށްފައިވާ އެއްޗެކެވެ. އަދި މިއީ ޕާކްކުރުން ފަދަ ކަންކަމަށް ވެސް ބޮޑު ލުއިކަމެއް ގެނެސްދޭނެ އެއްޗެއް ކަމަށް ބުންޏެވެ. އެކެއްގެ ޖާގަ ހުންނަ ގޮތަށް އެ ފަރުމާކޮށްފައި ވަނީ އިމަޖެންސީ ހާލަތްތަކަށް ވެސް އެންމެ އެކަށޭނެ ގޮތަށެވެ.
"މިއީ ދަތުރުފަތުރަށް އާ އިންގިލާބެއް ގެނެސްދޭނެ އުފެއްދުމެއް،" ސްކައި ޑްރައިވްގެ ޑިޒައިން ޑިރެކްޓަރު ޓަކޫމީ ޔަމަމާޓޯ ވިދާޅުވި އެވެ.
ސްކައި ޑްރައިވުން ބުނިގޮތުގައި ރަސްމީކޮށް އުދުހޭ ކާރު 2023 ގައި ނެރުމުގެ ކުރިން އެ އިތުރަށް ވަރުގަދަކުރުމަށްޓަކައި އިތުރު ޓެކްނޮލޮޖީތައް ބޭނުންކޮށް، ރައްކާތެރިކަން ކަށަވަރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ. އުދުހޭ ކާރު ވިއްކާނެ އަގެއް އަދި ހާމައެއްނުކުރެ އެވެ.
ފޯމިއުލާ 1 ގެ އުދުހޭ ކާރެއް ދައްކާލައިފި
އީވީ އުފެއްދުމުގައި ޓެސްލާ ވައްޓާލަން ޖެނެރެލް މޮޓޯސް
ސޮނީން މި އަހަރު އިލެކްޓްރިކް ކާރު ނެރޭނެ
ޓޮޔޮޓާގެ އީވީ އަށް 35 ބިލިއަންގެ އިންވެސްޓްމަންޓެއް
ރޯލްސް-ރޯއިސްގެ އިލެކްޓްރިކް ކާރު 2023 ގައި
އައުޑީން 2025 ގައި އިލެކްޓްރިކް ކާރު އުފައްދާނެ
އެޕަލްގެ ކާރަށް ބެޓެރި ހޯދަން ޗައިނާ އަށް
ޓެސްލާގެ އިންޑިއާގެ ހެޑްކުއާޓަރު މުމްބާއީގައި
އެޕަލްގެ ކާރު ޕްރޮޖެކްޓަކާ ގުޅުމެއް ނެތް: ނީސާން
ޖެނެރަލް މޮޓޯސްގެ ލޯގޯ އަށް ބޮޑު ބަދަލެއް