Roadha Mihaaru
ކޮވިޑް ފެސިލިޓީ ވިލިނގިލިން ބަދަލުކުރަން ގޮވާލައިފި

ގއ.ވިލިނގިލީގައި ހުރި ކޮވިޑް-19 ފެސިލިޓީ އެހެން ރަށަކަށް ބަދަލުކުރޭ: ބައެއް މެމްބަރުން

31 އޯގަސްޓް 2020

ގދ. ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހަކު ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ އަށް ގެންދިއުމުން އެ ރަށަށް އެރުވިޔަ ނުދީ ބަޔަކު ހުރަސް އެޅުމުން އެ ފެސިލިޓީ އެހެން ރަށަަކަށް ބަދަލުކުރަން ހުވަދުއަތޮޅުގެ ބައެއް މެންބަރުން މިއަދު ގޮވައިލައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގދ. ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހަކު ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ އަށް ގެންދިއުމުން އެ ރަށަށް އެރުވިޔަ ނުދީ ބަޔަކު ހުރަސް އެޅުމުން އެ ފެސިލިޓީ އެހެން ރަށަަކަށް ބަދަލުކުރަން ހުވަދުއަތޮޅުގެ ބައެއް މެންބަރުން މިއަދު ގޮވައިލައްވައިފި އެވެ.

ތިނަދޫން ވިލިނގިއްޔަށް ގެންދިޔަ ބަލިމީހާ މިހާރު ވަނީ އަނބުރާ ތިނަދު އަށް ގެންގޮސްފަ އެވެ. އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވައި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ ވިލިނގިލީގައި މިއަދު ހިނގީ ވަރަށް ދެރަކަމެއް ކަމަށެވެ. އެހެންވީމާ އެހެން ރަށެއްގައި އެ ފެސިލިޓީ ގާއިމް ކުރުމަށާއި މިއަދު ކަން ހިނގިގޮތް ތަހުގީގު ކުރަން އޭނާ ގޮވައިލެއްވި އެވެ. ނަމަވެސް ކޮވިޑްގެ ބަލިމީހާ ވިލިނގިއްޔަށް އެރިޔަ ނުދިނުމަކީ ޕީޕީއެމުން ރާވައިގެން ހިންގި ކަމެއް ކަމަށް ފިރުޝާން ތުހުމަތު ކުރެއްވި އެވެ.

"މުޅި ހުވަދުއަތޮޅުގެ ރައްޔިތުންގެ ނަމުގައި އަޅުގަނޑު މިއަދު ގޮވާލަން އެޗްޕީއޭއަށާއި ހެލްުތު މިނިސްޓްރީއަށާއި އަދި ނެޝަނަލް ޓާސްކްފޯހަށް ވިލިނގިލީގައި ގާއިމްކޮށްފައި ހުރި ކޮވިޑް ފެސިލިޓީ އެެހެން ރަށަކަށް ބަދަލުކުރަން،" ފިރުޝާން ވިދާޅުވި އެވެ.

އަޅުގަނޑު މިއަދު ކަންބޮޑުވޭ ތިނަދޫއިން ކޮވިޑަށް ޕޮޒިޓިވްވި ބަލިމީހަކު ތިނަދޫގައި މަތީފަންތީގައި ފަރުވާ ލިބެން އޮތް ރަށަކުން އެއްވެސް ފަރުވާއެއް ނެތް ތަނަކަށް ގެންދިޔައިމަ. [ހަމައެކަނި] ބެޑެއް ބަހައްޓާފައި ހުރި ތަަނަކަށް ގެނައިމާ ކްރިޓިކަލް ޕޭޝަންޓަކަށް ފަރުވާދޭނީ ކިހިނެތްތޯ؟--- ސައުދު ހުސައިން

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ، ސަރުކާރުގެ ބާރާއި ނުފޫޒު ނުފޯރާ ރަށެއްގައި ދައުލަތުގެ އެއްވެސް ތަނެއް ބަހައްޓައިގެން ނުވާނެ ކަމަށެވެ. ބަލިމީހާ ވިލިނގިލީ ފަޅުތެރޭގައި ހަތަރުގަޑިއިރު ބާއްވަން ޖެހުނު ކަމަށް ވިދާޅުވެ، ވިލިނގިލީގެ ރައްޔިތުންނަށް ސަނީފް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"މިހާރުން މިހާރަށް [ވިލިނގިލީ ކޮވިޑް ފެސިލިޓީ] ބަދަލުކޮށް އެހެން ތަނެއްގައި ހިދުމަތް ދޭން ފަށަން އަޅުގަނޑު އިލްތިމާސް ދަންނަވަން،" ސަނީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލިހަށް ހުވަދުއަތޮޅުން ގިނައިން ހޮވުނީ އެމްޑީޕީގެ މެމްބަރުން ކަަމަށް ވާއިރު، އެ އަތޮޅުގެ އާބާދީ އަށް "ގޮންޖަހައި" އަދި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ރުހުމަކާ ނުލައި ވިލިނގިލީގައި ކޮވިޑް ފެސިލިޓީއެއް ގާއިމްކުރި ސަބަބާ މެދު ސުވާލު އުފެދޭ ކަމަަށެވެ.

"މި ސުވާލަށް ޖަވާބު ވެސް ބޭނުން. މިއީ ކޮން ބަޔަކު، ކޮން ގޮތަކަށް، ކޮން ވިސްނުމެއްގައި ކުރި ކަމެއްތޯ ވެސް އަޅުގަނޑު ބަލަން ބޭނުން،" ސަނީފް ވިދާޅުވި އެވެ.

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވީ ކޮވިޑްގެ ބަލިމީހާ ވިލިނގިއްޔަށް ނޭރުވި ކަމަށް މީޑިއާގައި ފަތުރާފައިވާ ވާހަކައަކީ ދޮގެއް ކަމަށެވެ. ހުއްދަ ނުލިބުނީ އޭނާއާ އެކު ގޮސްހުރި އެހީތެރިޔާއަަށް ކަމަށާއި އެކަނި ފެސިލިޓީއަށް ދާން އެއްބަސްނުވީ ބަލިމީހާ ކަމަށް ވެސް ވިދާޅުވި އެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ސައުދު ވާހަކަ ދައްކަވަނީ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ސައުދު ވާހަކަ ދައްކަވަނީ.

އެނގިފައިވާ ގޮތުގައި ވިލިނގިއްޔަށް ގެންދިޔަ ބަލިމީހާއަކީ އެކަނި އުޅެން އުނދަގޫ ހާލަތުގައިވާ އުމުރުން ދުވަސްވީ މީހެކެވެ. އެކަމަކު އެޗްޕީއޭއިން އޭނާ ފެސިލިޓީއަށް ގެންދަން ނިންމީ އެކަންޏެވެ.

ސައުދު ވެސް ވިދާޅުވީ ބަލިމީހާގެ އެހީތެރިއާ ފެސިލިޓީއަށް ދާން އެޗްޕީއޭއިން ހުއްދަ ދީފައި ނުވާ ކަމަށެވެ. ބަނދަރުގައި ވަގުތުތަކެއް ހޭދަކުުރަން ޖެހުނީ އެހެންވެ ކަމަށާއި އެވަގުތު ބަޔަކު ސިޔާސީ ކުލަވަރު ޖެއްސީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ ސަރުކާރުގެ ބާރާއި ނުފޫޒު ނުފޯރާ ރަށެއްގައި ދައުލަތުގެ އެއްވެސް ތަނެއް ބަހައްޓައިގެން ނުވާނެ ކަމަށެވެ. ބަލިމީހާ ވިލިނގިލީ ފަޅުތެރޭގައި ހަތަރުގަޑިއިރު ބާއްވަން ޖެހުނުކަމަށް ވިދާޅުވެ، ވިލިނގިލީ ރައްޔިތުންނަށް ސަނީފް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ވިލިނިގިލީގައި ހުރި ފެސިލިޓީއަކީ ބަލިމީހަކަށް ފަރުވާދެވޭ ހާލަތެއްގައި ހުރި ތަނެއް ނޫން ކަމަށް ވިދާޅުވެ، ހެލްތު މިނިސްޓްރީއަށާއި އެޗްޕީއޭއަށް ސައުދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ކަންބޮޑުވޭ ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި ބަލިމީހަކު ތިނަދޫގައި މަތީފަންތީގައި ފަރުވާ ލިބެން އޮތް ރަށަކުން އެއްވެސް ފަރުވާއެއް ނެތް ތަނަކަށް ގެންދިޔައިމާ. [ހަމައެކަނި] ބެޑެއް ބަހައްޓާފައި ހުރި ތަަނަކަށް ގެނައިމާ ކްރިޓިކަލް ޕޭޝަންޓަކަށް ފަރުވާދޭނީ ކިހިނެތްތޯ؟" އޭނާ ވިދާޅުވި އެވެ.

އެކަން އެގޮތަށް ހަމަޖެއްސުމަކީ އެޗްޕިއޭ އިން ދެރަށެއްގެ މީހުން ޖައްސަން ކުރި ކަމެއް ކަމަށް ސިފަ ކުރަައްވައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިސްތިއުފާއަށް ވެސްް ސައުދު ގޮވައިލެއްވި އެވެ.