ގއ. ވިލިނގިލީގައި ހަދާފައިވާ ކޮވިޑް ފެސިލިޓީ އަށް ގދ. ތިނަދޫން އިއްޔެ ގެންދިޔަ ބަލި މީހަކަށް ފަރުވާދޭން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ ވިލިނގިލީ ރައްޔިތުން ބަދުނާމު ކުރަނީ ހަގީގަތާ ޚިލާފަށް ކަމަށާއި މައްސަލަ ދިމާވީ ފަރުވާ އަށް ރަނގަޅަށް ތައްޔާރު ނުވެ ތިބުމުން ކަމަށް އެ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
01 ސެޕްޓެމްބަރ 2020
ގއ. ވިލިނގިލީގައި ހަދާފައިވާ ކޮވިޑް ފެސިލިޓީ އަށް ގދ. ތިނަދޫން އިއްޔެ ގެންދިޔަ ބަލި މީހަކަށް ފަރުވާދޭން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ ވިލިނގިލީ ރައްޔިތުން ބަދުނާމު ކުރަނީ ހަގީގަތާ ޚިލާފަށް ކަމަށާއި މައްސަލަ ދިމާވީ ފަރުވާ އަށް ރަނގަޅަށް ތައްޔާރު ނުވެ ތިބުމުން ކަމަށް އެ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
ތިނަދޫން ޕޮޒިޓިވްވި 68 އަހަރުގެ ފިރިހެން މީހާ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރީ ހައި ރިސްކް މީހަކަށް ވާތީ އެވެ. ގއ. އަތޮޅާއި ގދ. އަތޮޅަށް ޚާއްސަކުރި 23 އެނދުގެ ފެސިލިޓީގައި އޭނާ އަށް ފަރުވާދޭން އެ ރަށުގެ ބަޔަކު ދެކޮޅު ހެދުމުން ސަރުކާރަށް ޖެހުނީ އެއާޓެކްސީއެއް ފޮނުވައިގެން އޭނާ މާލެ ގެންނާށެވެ. އޭނާ އަށް މިހާރު ފަރުވާދެނީ ހުޅުމާލެ ފެސިލިޓީގަ އެވެ.
މާލެ އާއި ހުވަދު އަތޮޅާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކަށް އުޅޭ އޭނާއާ ގާތުން ބައްދަލުވި 40 އަށް ވުރެން މީހުން ކަރަންޓީންކޮށްފައިވާ އިރު އިއްޔެ ވަނީ އެ ރަށުން ބިދޭސީއަކު ވެސް ޕޮޒިޓިވްވެފަ އެވެ.
ފަރުވާ އަށް ގެންދިޔަ މީހަކު ވިލިނގިއްޔަށް ނާރުވައި ފަޅު ތެރޭގައި އޮތް ލޯންޗުގައި ހަތަރުގަޑިއެއްހާ އިރު ބޭންދުމަކީ އިންސާނިއްޔަތާ ޚިލާފު އަމަލެއް ކަމުގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.
ވިލިނގިއްޔަށް އަމާޒުވެފައިވާ މި ފާޑުކިއުންތައް ދިފާއުކުރައްވައި މެމްބަރު ސައުދު ވިދާޅުވީ އެ ރަށު ރައްޔިތުންނަކީ އެއްވެސް ރަށެއްގެ ރައްޔިތަކާ މެދު ތަފާތުކުރާނެ ބައެއް ނޫން ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މުޅި ރަށް ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކީ ކަން ހިނގި ގޮތް ނުބަލައި ކަމުގެ ތުހުމަތު ސައުދު ކުރެއްވި އެވެ.
Villingili rayyithun evves rashehge rayyaithakaai medhu thafātheh nukurāne! Abadhuves kiyaany, maruhabā, Kan dhimaavi goi ragalhah saafu kurumah Media thakai Dr.Nazla ah govālan HPA aai Ga.atholhu hospital Manager & Ga.Atoll council ge raess ge ihumaalah fiyavalhu alhan jehey. https://t.co/L0SULqEy5e
— Saud Hussain MP (@SaudVillingili) September 1, 2020
ސައުދުގެ ޓުވީޓް.
އޭނާ ވިދާޅުވީ ތިން ބުރީގެ ވިލިނގިލީ ހޮސްޕިޓަލްގެ އެއް ފްލޯ، ހަތަރު މިލިއަން ރުފިޔާ ހޭދަކޮށްގެން ކޮވިޑް ފެސިލިޓީއަށް ހަދާފައި ވިޔަސް އެތަނުގައި ފަރުވާ ދެވޭނެ އެކަށީގެންވާ އިންތިޒާމްތަކަކާއި ވަސީލްތަތަކެއް ވެސް ނެތެވެ. މާބަނޑު މީހުންނާއި އެހެން ބަލިތަކުގެ މީހުން ވެސް އެ އިމާރާތުގައި ފަރުވާ ހޯދަން ޖެހިފައި ވުމަކީ އޭނާގެ ކަންބޮޑުވުމެކެވެ.
"ބޮޑު ހޭދައެއްކޮށްގެން އިމާރާތުގެ އެތެރެ ރީތިކޮށް، އެނދުތަކެއް އަތުރާފައިވިޔަސް އެކަށީގެންވާ ވަސީލަތްތަކެއް ނެތް. ފަރުވާ ދޭން ހުރީ 65 އަހަރުން މަތީގެ އެންމެ ފިޒިޝަނެއް. ފުއްމާޕޭގެ ޑޮކްޓަރެއް ނެތް، ކޮވިޑް ޓެސްޓެއް ނުކުރެވޭ. ކްރިޓިކަލް ކެއާއަށް ތައްޔާރުކުރީއޭ ބުންޏަސް އެ ފަރުވާއެއް ނުދެވޭ،" ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވި ގޮތުގައި ތިނަދޫން ބަލި މީހާ ފޮނުވާލީ އެ ރަށުގައި މާ ރަނގަޅަށް ފަރުވާ ދެވެން އޮއްވަ އެވެ. ކޮވިޑް ޓެސްޓް ކުރެވޭނެ ގޮތާއި ހާލު ގޯސްވެއްޖެ ނަމަ ފަރުވާ ދެވޭނެ ގޮތް ވެސް ތިނަދޫގައި ހަމަޖައްސާފައިވާ ކަަމަށް ވިދާޅުވި އެވެ.
"ދިމާވި މައްސަލައަކީ ބަލި މީހާ، އެހީތެރިއަކާ ނުލައި ފެސިލިޓީއަށް ދާން ދެކޮޅު ހެދީ. އެޗްޕީއޭ އިން ހުއްދަ ދީފައި އޮތީ ބަލި މީހާ އެކަނި އެތަނަށް ދާން. އޭނާ ބަލައި އެމްބިއުލާންސް ދިއުން ވެސް ލަސްވީ. މުއައްސަސާތަކުގެ ކޯޑިނޭޝަނެއް ނެތް، އެންމެ ފަހުން އެތައް ގަޑިއިރަކު އެތަނުގައި އޭނަ އިންނަން ވެސް ޖެހުނު،" ސައުދު ވިދާޅުވި އެވެ.
ބަލިމީހާ ނާރުވަން ބަނދަރުމަތީގައި މުޒާހަރާކުރި މީހުންނަށް ވުރެން ސައުދަށް ގޯސްވީ އަތޮޅު ހޮސްޕިޓަލާއި އަތޮޅު ކައުންސިލެވެ. ނުރުހުންފާޅުކުރި 10 މީހަކަށް ބަލި މީހަކު ރަށަށް ނާރުވައި ހިފެހެއްޓިދާނެތޯ ސައުދު ސުވާލު އުފެއްދެވި އެވެ.
ސައުދު ވިދާޅުވީ ކޮވިޑް ފެސިލިޓީ ވިލިނގިލީގައި ހަދައި ބަލި މީހުން ގެންނަ ނަމަ، އެކަށީގެންވާ ފަރުވާ ދެވޭނެ އިންތިޒާމް ވެސް އެތަނުގައި ހަމަޖައްސަން ޖެހޭ ކަމަށެވެ އަދި ގިނަ އަދަދެއްގެ ބަލި މީހުން ފެސިލިޓީ އަށް ގެންދާ ހިސާބުން އެ ތަނުގެ އަނެއް ދެ ފްލޯގައި ފަރުވާ ދިނުމާއި ރަށް ލޮކްޑައުންކުރާނެތޯ އާއި އެ ނޫން ވެސް ރައްޔިތުންނަށް އެނގެން ޖެހޭ ގިނަ ކަންކަން އޮޅުންފިލުވައިދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ވިލިނގިލީގެ ކޮވިޑް ފެސިލިޓީގައި ވަސީލަތްތައް ނެތް ކަަމަށް ސައުދު ވިދާޅުވި ނަމަވެސް ގއ. ވިލިނގިލީ ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހްމަދު ވިދާޅުވީ ފަރުވާ އަށް އެތަން ހުރީ ފުރިހަމަ އަށް ތައްޔާރުކޮށްފައި ކަމަށެވެ. ރިސްކު ބޮޑު ބަލި މީހުންނަށް ވެސް ފަރުވާދެވޭނެ ވަސީލަތްތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ، ރިސްކު ބޮޑު ބަލި މީހުންނަށް ފަރުވާދޭ ފެސިލިޓީކަން އެންމެންނަށް އެނގޭނެ. އެކަން ހުއްޓުވީ ސިޔާސީ ގޮތުން ވަކި ބަޔަކު،" އޭނާ ވިދާޅުވި އެވެ.
ދާންދޫން ކޮވިޑަށް ޕޮޒިޓިވްވި ދެ މީހުން ވިލިނގިއްޔަށް
މައްސަލަ ހައްލުކުރަން ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް
ފަރުވާ އަށް ނޭރުވުން: އިންސާނިއްޔަތުކަމެއް ނެތް!
ބަލިމީހުން ތަފާތުކުރުމަކީ ކޮވިޑަށްވުރެ ސީރިއަސް ބައްޔެއް
ވިލިނގިލިން އިތުރު މީހަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް
ވެކްސިން ފުރިހަމަ ކުރިޔަސް 29 ރަށަކަށް ދިއުން މަނާ!
ތިނަދޫގައި ބޭރަށް ދެވޭނީ ކޮންމެ ގެއަކުން އެކަކަށް
ކޮވިޑު މެނޭޖުކުރުމުގައި ސަރުކާރު ފެއިލްވެއްޖެ: ކޯލިޝަން
ކޮވިޑް-19: ތިނަދު އާއި ނިލަންދޫގައި ކާފިއު ހިންގަނީ
މާލެ ސަރަހައްދުގައި ސަރުކާރުގެ އޮފީސްތައް ބަންދު