Roadha Mihaaru
ތިލަފުށީ ކައިރިން ފެނުނީ ބިދޭސީއެއްގެ ހަށިގަނޑު

އިއްޔެ ފެނުނީ ތިލަފުށީ ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީއެއްގެ ހަށިގަނޑު

01 ސެޕްޓެމްބަރ 2020

ތިލަފުށީ ކައިރިން އިއްޔެ ފެނުނީ، އެ ރަށުގެ ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީއެއްގެ ހަށިގަނޑު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތިލަފުށީ ކައިރިން އިއްޔެ ފެނުނީ، އެ ރަށުގެ ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީއެއްގެ ހަށިގަނޑު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ތިލަފުށީ ބޭރު ކަނޑުމަތިން، މަރުވެފައި އޮއްވާ ފެނުނީ އެ ރަށުގައި މަސައްކަތްކުރާ ނޭޕާލްގެ 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެކަމުގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ހުށަހެޅީ އިއްޔެ ހެނދުނު 8:30 ހާއިރެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައި ނުވާތީ، ބިދޭސީ މީހާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ކަމެއް ނުވަތަ ނޫންކަމެއް ވެސް ނޭނގެ އެވެ.

ސިނާއީ ކަންކަންކުރުމަށް ތިލަފުށީގައި އެކި ކުންފުނިތަކުން ބިން ކުއްޔަށް ނަގައިގެން މަސައްކަތް ކުރެ އެވެ. އެ ރަށުގައި ވަރަށް ގިނަ ބިދޭސީންގެ އެކޮމަޑޭޝަން ވެސް ހަމަޖައްސައިފައި ހުރެ އެވެ.