ދޮން ނަސްލުގެ ފުލުހަކު ބަޑި ޖަހާ ޒަހަމްކޮށްލި ކަޅު ނަސްލުގެ، ޖެކޮބް ބްލޭކް، ހޮސްޕިޓަލްގައި އޮވެގެން އޭނާގެ ތަޖުރިބާ އިއްޔެ، ޓުވިޓާ މެދުވެރިކޮށް ކިޔައިދީފި އެވެ.
ދޮން ނަސްލުގެ ފުލުހަކު ބަޑި ޖަހާ ޒަހަމްކޮށްލި ކަޅު ނަސްލުގެ، ޖެކޮބް ބްލޭކް، ހޮސްޕިޓަލްގައި އޮވެގެން އޭނާގެ ތަޖުރިބާ އިއްޔެ، ޓުވިޓާ މެދުވެރިކޮށް ކިޔައިދީފި އެވެ.
ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުސް މީހާ ދިން ހަމަލާގައި ހަތް ވަޒަން އެރި އެވެ. ބްލޭކްގެ އުނަގަނޑުން ތިރި ވަނީ ވާގިނެތިފަ އެވެ.
"ކޮންމެ 24 ގަޑިއިރަކީ ވެސް އަހަންނަށް ވޭނެއް. ތަދު ނޫން އެއްޗެއް ނެތް. ނޭވާލާ އިރު ތަދު، ނިދާއިރު ތަދު، އެއް ފަރާތުން އަނެއް ފަރާތަށް އެނބުރިލާ އިރު ތަދު، ކާ އިރު ވެސް ތަދު،" އޭނާގެ އާއިލާގެ ވަކީލުގެ ޓްވިޓާގައި އާންމުކުރި ވީޑިއޯގައި ބްލޭކް، 29، ބުންޏެވެ.
އެކަމަކު އޭނާ ބުނި ގޮތުގައި ދިރިއުޅުން ނިމުމަކަށް ގެންނާކަށް ނުޖެހެ އެވެ. އުއްމީދާ އެކު ކުރިއަށް ދާން ޖެހޭ ކަމަށް ބުންޏެވެ.
އެމެރިކާގެ ވިސްކޮންސިން ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ކެނޯޝާގައި މިދިއަ މަހު ހިނގި މި ހާދިސާއާ ގުޅިގެން ދޮން ނަސްލުގެ ފުލުހުންގެ ފަރާތުން ކަޅު މީހުންނަށް ލިބޭ އަނިޔާތަކުގެ މައްސަލަ އަނެއްކާވެސް އެމެރިކާގައި ވަނީ ބޮޑުވެފަ އެވެ. އެ ހަމަލާއާ ގުޅިގެން ކެނޯޝާގައި ބޮޑެތި ހަމަނުޖެހުންތައް ވެސް ހިނގާ، ދެ މީހަކު މަރުވި އެވެ.
ބްލޭކަށް ދިން ހަމަލާއާ ބެހޭ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ. އެކަމަކު ހައްޔަރުކުރުމުގެ ކުރިން އޭނާގެ މައްޗަށް އިއްވި ދައުވާތަކަކަށް ހޮސްޕިޓަލްގެ އެނދުގައި އޮވެ، އޭނާ ވަނީ މިދިއަ ހުކުރުދުވަހު، ދެކޮޅުހަދައިފަ އެވެ.
ވަކީލު އާންމުކުރި ވީޑިއޯގައި ބްލޭކް ބުނީ ކުޑަކުޑަ ހަރަކާތަކުން މީހެއްގެ ފުރާނަ ނުވަތަ ދިރިހުންނަ އިރު ބޭނުންކުރާ ދެ ފައި، ގެއްލިދާނެ ކަމަށެވެ.
"އެންމެން އެއްބައެއްގެ ގޮތުގައި ތިބޭ. ލާރިކޮޅެއް އެއްކޮށްލައި، އަހަރެމެންގެ މީހުންނަށް އެހީތެރިވެދީ. އަހަރެމެންނަށް ވަރަށް ގިނަ ވަގުތު ބޭކާރުކޮށްލެވޭ،" ބްލޭކް ބުންޏެވެ.
އޭނާ ހައްޔަރުކުރަން އުޅުނީ ތިން ދަރިން ތިބި ކާރަކަށް އޭނާ އަރަން އުޅެނިކޮށެވެ. އޭނާގެ އަތުގައި އޭރު އެއްވެސް ހަތިޔާރެއް ނެތެވެ. އެކަމަކު އޭނާގެ ކާރުގައި އޮތް ވަޅިއެއް، ފުލުހުން ފަހުން ހޯދި އެވެ.
ދޮން މީހުންނަށް ވަކި މަތިވެރިކަމެއް ނެތް: ބައިޑެން
ޖޯޖް ފްލޮއިޑް މަރާލި ފުލުސް މީހާ 22 އަހަރަށް ޖަލަށް
ފްލޮއިޑު މަރާލި ފުލުސް މީހާގެ މައްޗަށް ކުށްސާބިތުވެއްޖެ
ޕެރަމެޑިކް ދިޔައިރު ފްލޮއިޑުގެ ވިންދެއް ނެތް
ފްލޮއިޑުގެ އާދޭސް ފުލުސް މީހާގެ ބޮޑީކެމް އިން
ފްލޮއިޑުގެ ފަހު ނުވަ މިނިޓް ޝަރީއަތަށް ކިޔައިދީފި
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެޕަލްގެ ބޮޑު ޕްރޮޖެކްޓެއް
ޓްރަމްޕަކީ ނަސްލީ ތަފާތުކުރުމުގެ "ބޮޑެއް"
ހަމަލާއެރި ބްލޭކަށް ހިނގޭނެކަމުގެ އުއްމީދެއް ނެތް
ނެޓްފްލިކްސް އިން ކަޅު ނަސްލަށް އިންވެސްޓްކުރަނީ