ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ ކަންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައިވާ މުއްދަތުގައި ޑީއާރުޕީން ފުރިހަމަ ކޮށްފައި ނުވާ މައްސަލައިގައި އެ ކޮމިޝަނުން އެ ޕާޓީއާ މިއަދު މަޝްވަރާ ކޮށްފި އެވެ.
07 ސެޕްޓެމްބަރ 2020
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ ކަންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައިވާ މުއްދަތުގައި ޑީއާރުޕީން ފުރިހަމަ ކޮށްފައި ނުވާ މައްސަލައިގައި އެ ކޮމިޝަނުން އެ ޕާޓީއާ މިއަދު މަޝްވަރާ ކޮށްފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ ކަންކަން ޑީއާރުޕީން މުއްދަތަށް ފުރިހަމަ ކޮށްފައި ނެތް ކަމަށެވެ. އޭގެ ތެރޭގައި ޕާޓީގެ ކޮންގްރެސް ނުބޭއްވުމާއި އޮޑިޓް ރިޕޯޓުތައް ހުށަނޭޅުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ޑީއާރްޕީގެ އިސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި، މި މައްސަލަތައް ދިމާވާ ސަބަބު އެ ޕާޓީޏް ބުނެދީފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ ލީޑަޝިޕް ބަދަލުވެ، މި ކަންކަމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައި ދަތިތަކެއް ހުރި ކަމަށް ޑީއާރުޕީއާ ހަވާލާދީ އަކްރަމް ވިދާޅުވި އެވެ. އަދި ކޮވިޑްގެ ހާލަތުގެ ސަބަބުން ކޮންގްރެސް ބޭއްވޭން ނެތް ކަން ވެސް އެ ޕާޓީން ފާހަގަކުރި ކަމަށް އަކްރަމް ވިދާޅުވި އެވެ.
"ގާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގެ ކުރިން ވަގުތުކޮޅެއް ދޭން އެދުނީ [ޑީއާރްޕީން]، ދެން އަޅުގަނޑުމެން މަޝްވަރާ ކޮށްފައި ވަކި ގޮތެއް ނިންމާފައި އަންގާ ގޮތަށް މިއަދުގެ ބައްދަލުވުމުގައި ނިންމީ،" އަކްރަމް ވިދާޅުވި އެވެ.
ގާނޫނުގައިވާ ބުނާ ކަންކަން ޑީއާރުޕީން ފުރިހަމަ ނުކުރާތީ އެ ޕާޓީއާ އީސީން މަޝްވަރާ ކޮށްފައިވާއިރު، ޕާޓީގެ އޮޑިޓް ރިޕޯޓް ހުށަނާޅާތަ ތިން އަހަރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައި ވެއެވެ. އެކަމުގައި ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދައްކައިގެން އިލެކްޝަނުން ވަނީ އެ މައްސަލަ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ހައި ކޯޓަށް
ޑީއާރުޕީން 125000ރ. ހަމަހުން ދައްކަން މުހުލަތެއް
ކޮންގްރެސް ނުބާއްވައިގެން ޑީއާރުޕީ އުވާލެވޭ ހާލަތުގައި!
ޕާޓީތައް ސަސްޕެންޑުކުރުން: އިސްލާހުވުމުގެ ފުރުސަތެއް؟
އެމްޑީއޭ 50،000ރ. އިން ޖޫރިމަނާކުރަން ނިންމައިފި
ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާނީ ކާކު؟
ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކާ އީސީން ބައްދަލުކުރަނީ
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި
އެމްޑީޕީގެ ދެބައިކުޅަ އެއްބައި މީހުން ޕާޓީން އުނިކޮށްފި
ޕާޓީތަކަށް ދޭންޖެހޭ ފައިސާއެއް ނުހިފަހައްޓަން: އީސީ