09 ސެޕްޓެމްބަރ 2020
މިހާތަނަށް ރާއްޖޭގައި ކޮށްފައި ނުވާ ކަހަލަ ކަށީގެ ބޮޑު އޮޕަރޭޝަނެއް، ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އިއްޔެ ކޮށްފި އެވެ.
މިހާތަނަށް ރާއްޖޭގައި ކޮށްފައި ނުވާ ކަހަލަ ކަށީގެ ބޮޑު އޮޕަރޭޝަނެއް، ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އިއްޔެ ކޮށްފި އެވެ.
ކިނބިއްސެއް އެޅުން ފަދަ ވަރަށް ކުޑަކުޑަ ހަރަކާތަކުން ވެސް ކޮނޑުހުުޅު ނެއްޓޭ މީހެއްގެ އެ ހުޅު ރަނގަޅު ކުރުމަށް، މި އޮޕަރޭޝަން ކުރެއްވީ ކަށީގެ ހާއްސަ ޑޮކްޓަރު އާޒިމް އަހުމަދެވެ.
ޑރ. އާޒިމް ވިދާޅުވީ ކޮނޑު ހުޅުން ނެއްޓުމުގެ އަނިޔާއާ 30 އަށް ވުރެ ގިނަ ފަހަރު ކުރިމަތިވެފައިވާ 70 އަހަރުގެ އެ ފިރިހެންމީހާއަށް، މި އޮޕަރޭޝަނަށް ފަހު ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.
ލެޓާޖޭ އޮޕަރޭޝަން ކުރަނީ ކޮނޑުހުޅު ކައިރިން ނަގާ އެހެން ކަށިކޮޅެއް، ގެއްލުން ލިބިފައިވާ ތަނަށް ލައްވައިގެންނެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި މި އޮޕަރޭޝަނުގައި ޑޮކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވީ އާޒިމް އެކަންޏެވެ. އާއްމުކޮށް އެހެން ޑޮކްޓަރުންގެ ޓީމަކާ އެކު ކުރާ މި އޮޕަރޭޝަން، އޭނާގެ އެކަނި މަސައްކަތުން ކާމިޔާބުވުމަކީ، އެ ހޮސްޕިޓަލުން ދެކޭ ގޮތުގައި، ވަރަށް ބޮޑު ޝަރަފެކެވެ.
"މި އޮޕަރޭޝަން އެކަނި ހުރެގެން ކުރަންވީމައި ކުޑަކޮށް އުނދަގޫވި. އެކަމަކު އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އޮތް މިކަން ކުރެވޭނެ ކަމުގެ،" މީގެ ދެ އަހަރު ކުރިއްސުރެ ތިނަދޫ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަމުން އަންނަ ޑޮކްޓަރު ވިދާޅުވި އެވެ.
#Laterjet procedure (a reconstruction surgery of the shoulder joint to treat repeated shoulder dislocation) was done at ASMH. This is a huge achievement for the hospital as this is one of the most complex surgeries in orthopedics and never done before in Maldives.@MoHmv pic.twitter.com/xdqgWp2djG
— Dr. Abdul Samad Memorial Hospital (@drasmhospital) September 8, 2020
އޭނާ ވިދާޅުވީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން، ފަރުވާ ދިނުމަށް ބަލިމީހާ މާލެ ފޮނުވެން ނެތް ކަމަށެވެ. އަދި އެ އޮޕަރޭޝަން ކުރަން މާލޭން ޑޮކްޓަރުން ވެސް ގެނެވެން ނެތް ކަމަށް ވިދާޅުވި އެވެ. އެހެންވެ ނަރުހުންނާ އެކު އެކަނި ކުރެއްވި މި އޮޕަރޭޝަން ކާމިޔާބުވުމުން އޭނާ ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެންފަ އެވެ.
ދެ ގަޑިއިރާއި ބައިގެ އޮޕަރޭޝަން، އެ ހޮސްޕިޓަލްގައި ކުރީ، ކުރިއާލާ ތާވަލުކޮށްގެން، އެކަމަށް އާއިލާގެ އިޒުނަ ވެސް ލިބުމުންނެވެެ.
ޑރ. އާޒިމް ވިދާޅުވީ ރާއްޖޭގައި ކުރާ މިފަދަ ފުރަތަމަ އޮޕަރޭޝަނެއް، ރަށެއްގައި ކުރުމަކީ ސިއްހީ ދާއިރާއަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
އޭނާ ތަމްރީނު ހެއްދެވީ ވެސް، ރީޖަނަލް ހޮސްޕިޓަލުތައް ކުރިއެރުވުމާ ގުޅޭ ގޮތުންނެވެ.
މީގެ ދެ އަހަރު ކުރިން، ސަރުކާރު ހަރަދުގައި ޑރ. އާޒިމް މާސްޓާސް ފުރިހަމަކުރައްވައިގެން އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެންނެވީ، އެފަދަ ހޮސްޕިޓަލްތަކުގައި ފަރުވާ ދީ، ހިދުމަތްތައް ތަރައްގީ ކުރާނެ ގޮތާ މެދު ކިޔަވައި ވިދާޅުވެގެންނެވެ. އެހެންވެ މިހާ ބޮޑު އޮޕަރޭޝަނެއް ރީޖަނަލް ހޮސްޕިޓަލެއްގައި ކާމިޔާބު ކުރެވުމަކީ އޭނާ ގަބޫލުކުރައްވާ ގޮތުގައި، ތަމްރީނުގެ މަގްސަދު ހާސިލް ވާނެ ކަމެކެވެ.
"ވަރަށް އުފާވެފައި މިހިރީ. އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުގެ ތަމްރީނުގެ މަގްސަދު ހާސިލް ވެއްޖެ ކަމަށް. އަދި ކުރިއަށް އޮތް ތަނުގައި ވެސް މި ފަދަ އޮޕަރޭޝަންތައް ކުރެވޭނެ ކަމަށް މި ބަލަނީ،" ޑރ. އާޒިމް ވިދާޅުވި އެވެ.
ތިނަދޫ ހޮސްޕިޓަލްގައި މީގެ ކުރިން ވެސް ވަނީ ކަށީގެ ބޮޑެތި އޮޕަރޭޝަންތައް ކޮށްފަ އެވެ. އޭގެ އިތުރުން މި ފަހުން ރަށްރަށުގެ ހޮސްޕިޓަލްތަކުން ވެސް އަންނަނީ މާލޭގައި އާންމުކޮށް ކުރާ ކަހަލަ ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބުކަމާ އެކު ކުރަމުންނެވެ.
ތިނަދޫގައި ކީމޯ ތެރަޕީގެ ހިދުމަތް ފަށައިފި
ތިނަދޫ ހޮސްޕިޓަލުގައި ލެޕަރޮސްކޯޕިކް ސާޖަރީތައް ފަށައިފި
ފަސް ހޮސްޕިޓަލް އަމިއްލައަށް ހިންގާ ގޮތަށް ބަދަލުކުރަނީ
"ދަރިފުޅު މަރުވީ ހޮސްޕިޓަލުގެ 100 ޕަސެންޓު އިހުމާލުން"
ބައިޕާސް ހެދި މީހާގެ ހާލުު ރަނގަޅު: އޭޑީކޭ
ތިނަދޫން ސްވައިން ފްލޫއަށް ޝައްކުވާ ބަޔަކު ޓެސްޓުކުރަނީ
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
ހެޔޮ އަގުގައި ސިއްހީ ހިދުމަތް ދޭން ބަޖެޓް ކްލިނިކެއް
ގިނަ ވަސީލަތްތަކާއެކު އީވް ވެސްޓް ޕާކް ހުޅުވައިފި
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ