މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއުގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ މިއަދު އުފުލައިފި އެވެ.
10 ސެޕްޓެމްބަރ 2020
މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއުގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ މިއަދު އުފުލައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ މާލެ ޕްލޭނިންގެ ގަވައިދާ ހިލާފަށް ގެއެއް އިމާރާތްކުރަން ހުއްދަ ދިން މައްސަލައިގައި ގ. ޗާންދަނީމާގެ، އިބްރާހިމް ޝުޖާއުގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
ޝުޖާއުގެ މައްޗަށް އެ ކުށް ސާބިތުވެއްޖެ ނަމަ އަދަބަކީ ތިން އަހަރަށް ޖަލަށް ލައި ނުވަތަ އަރުވާލައި ނުވަތަ ގޭ ބަންދުކުރުމެވެ.
އެ މައްސަލަ ތަހުުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަންގާރަދުވަހު ބުނީ 250 އަކަފޫޓުގެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދާ އެއްގޮތަށް އިމާރާތްކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަކަށްކަން ލިޔުންތަކުން އެނގެން އޮތް ނަމަވެސް އެ ބިމުގައި 12 މީޓަރަށް އިމާރާތް އަޅަން ޖެނުއަރީ 15، 2014 ގައި ސުޖާއު ސޮއިކޮށް "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" އާއި "އިމާރާތްކުރުމުގެ ހުއްދަ" ދޫކޮށްފައިވާ ކަމަށެވެ.
އެ ބިމުގައި އިމާރާތްކުރުމުގެ ހުއްދަ ދީފައިވަނީ އޭސީސީން ބުނިގޮތުގައި، ބިމުގައި "ހަތަރު ބުރިއަށް އިމާރާތްކުރުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއިން 1995 ވަނަ އަހަރު ހުއްދަދީފައިވާ ކަމަށް" ޖެނުއަރީ 14، 2014 ގައި ޝުޖާއު ސޮއިކުރައްވާފައިވާ ލިޔުމަކަށް ބިނާކޮށެވެ.
ނަމަވެސް އެ ބިމުގައި އިމާރާތްކުރަން އެފަދަ ހުއްދައެއް 1995 ގައި ދީފައިނުވާކަން އޭސީސީއަށް ވަނީ އެނގިފަ އެވެ. އެެހެންކަމުން އެއީ މާލެ ޕްލޭނިންގެ ގަވާއިދުގެ ދަށުން އިމާރާތްކުރެވޭ އުސްމިނަށް ވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދަ ދޭން ޝުޖާއު ސޮއިކުރެއްވި ލިޔުމެއްކަން ތަހުގީގަށް އެނގޭ ކަމަށް އޭސީސީން ބުނެ އެވެ.
ޕަބްލިކް ފާހަނާތަކެއް ކުއްޔަށް ދިން މުއްދަތު، ކައުންސިލްގެ އެހެން މެމްބަރުންގެ މަޝްވަރާއެއް ނެތި، އިތުރުކުރި މައްސަލައެއްގައި ވެސް ޝުޖާއުގެ މައްޗަށް ދައުވާކުރަން 2014 ގައި ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް އެ ދައުވާކުރި ކަމެއް ސާފެއްނުވެ އެވެ.
ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްފި
ގަވައިދު އާންމުކުރުން ފަސްވުމުން ޝުޖާއު ސަލާމަތްވެއްޖެ
އާޒިމް ތަހުގީގު އަނބުރާލަން ރިޝްވަތު ނެގިކަމުގެ ދައުވާ
ޕާކުގެ މައްސަލައިގައި ޝިފާއަށް ކޮރަޕްޝަންގެ ދައުވާ
ކުރީގެ ޑެޕިއުޓީ މޭޔަރު ޝުޖާއުއަށް ދައުވާކުރަން ޕީޖީއަށް
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް
ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ދައުވާކޮށްފި
ދައުވާކުރަން އުޅެނީ ހައުސިންގެ ކުރީގެ ވެރިންނަށް!
ބަދަލުދިން މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަނީ