Roadha Mihaaru

އާ ދާއިރާތަކަކާ އެކު ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އާ ދާއިރާތަކަކުން ނޫސްވެރިކަމުގެ އިނާމު ދޭން ނިންމައި، އެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އާ ދާއިރާތަކަކާއެކު ނޫސްވެރިކަމުގެ އެވޯޑަށް ހުޅުވާލައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

10 ސެޕްޓެމްބަރ 2020

އާ ދާއިރާތަކަކުން ނޫސްވެރިކަމުގެ އިނާމު ދޭން ނިންމައި، އެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އެމްއެމްސީން ބުނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން އިތުރު އާ ދާއިރާތަކަކުން ވެސް އެ އިނާމު ދޭނެ އެވެ. އަލަށް ތައާރަފްކުރީ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އާއި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ އެވެ.

އެހެން އަހަރުތަކުގައި ވެސް އެ އިނާމު ދިން ދާއިރާތައް ކަމަށްވާ ސިޔާސީ ދާއިރާ އާއި އިޖްތިމާއީ ދާއިރާ އާއި ޝަރުއީ އަދި ގާނޫނީ ދާއިރާ އާއި ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާގެ އިތުރުން ފޮޓޯ އަދި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ އާއި ފީޗާ ލިޔުމުގެ ދާއިރާގެ އިތުރުން އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމު ވެސް މިއަހަރު ދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެމްއެމްސީން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ އިނާމު އެކި ދާއިރާތަކުން ދެމުންނެވެ.