Roadha Mihaaru
ފޯރަނާ 745: ކަސްރަތުކުރަންވީ ވަގުތު ބުނެދޭނެ

ފޯރަނާ 745: ކަސްރަތުކުރަންވީ ވަގުތާއު ގޮތް ބުނެދޭނެ

18 ސެޕްޓެމްބަރ 2020

ސިއްހީ ކަންކަމަކަށް ހާއްސަކޮށްގެން ނެރޭ ޑިވައިސްތައް މިހާރު އަންނަނީ އިތުރުވަމުންނެވެ. މިގޮތަށް ނެރޭ ކޮންމެ އުފެއްދުމަކީ ވެސް އެކަތި އަނެކައްޗާ އަޅާކިޔާ އިރު ފީޗާޒްގެ ގޮތުން ގިނަ ތަފާތުތަކެއް ހުންނަ އެއްޗިއްސެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސިއްހީ ކަންކަމަކަށް ހާއްސަކޮށްގެން ނެރޭ ޑިވައިސްތައް މިހާރު އަންނަނީ އިތުރުވަމުންނެވެ. މިގޮތަށް ނެރޭ ކޮންމެ އުފެއްދުމަކީ ވެސް އެކަތި އަނެކައްޗާ އަޅާކިޔާ އިރު ފީޗާޒްގެ ގޮތުން ގިނަ ތަފާތުތަކެއް ހުންނަ އެއްޗިއްސެވެ.

އެގޮތުން މި ފަހަރު މިއޮތީ އަނެއްކާ ވެސް ކަސްރަތުކުރާ މީހުންނަށް ވަރަށް ހާއްސަ އުފެއްދުމަކަށް ވާނެ އެވެ. މިއީ އެމެރިކާގެ ގާމިން ލިމިޓެޑްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ސްމާޓްވޮޗް "ފޯރަނާ 745" އެވެ. މީގެ އެންމެ ހާއްސަ ކަމަކީ ދުވަން ނުވަތަ އެހެން ވެސް ކަސްރަތުކުރާ އިތު ބޭނުންކުރުމުން އޭގައި ރައްކާކުރާ މައުލޫމާތުތަކުގެ ބައްޗަށް ބިނާކޮށް ކަސްރަތުކުރަންވީ ވަގުތާއި ކުރަންވީ ގޮތް ބުނެދިނުމެވެ. މިއީ ފަދަ ގޮތަކަށް ސްމާޓް ގަޑިއެއް ނެރުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

ކަސްރަތުކުރަންވީ ވަގުތާއި ގޮތް ބުނެދިނުމުގެ އިތުރަށް "ފޯރަނާ 745" ގެ އިތުރު ޓޫލްތަކުގެ ތެރޭގައި ބްލަޑް އޮކްސިޖަން މޮނިޓަރާއި ބްލަޑް އޮކްސިޖަން ސެންސަ ހިމެނެ އެވެ.

ގާމިންގެ ކުރީގެ އުފެއްދުންތަކުގައި ވެސް އެ ފީޗާތައް ހުރި ނަމަވެސް އާ ގަޑީގައި ވަނީ އެއަށް އިތުރު ޒަމާނީ ބަދަލުތައް ވެސް ގެނެސްފަ އެވެ. އެގޮތުން "ޕަލްސް އޮކްސް" ފީޗާގެ ތެރެއިން މީހާގެ ނިދުމާއި ސިއްހަތާ ގުޅުން ހުރި އިތުރު ކަންކަމާ ބެހޭ މުހިއްމު މައުލޫމާތުތައް ވެސް ފޯރުކޮށް ދޭނެ އެވެ.

ގާމިންގެ ވެބްސައިޓް މެދުވެރިކޮށް މިހާރު "ފޯރަނާ 745" ގަނެވޭނެ އެވެ. އަގަކީ 499.99 ޑޮލަރެވެ. ހަތަރު ކުލައަކުން ލިބޭނެ އެވެ. އެއީ ކަޅާއި ނިއޯ ޓްރޮޕިކާއި މެގްމާ ރެޑްގެ އިތުރުން ވައިޓްސްޓޯން އެވެ.