Roadha Mihaaru
ރައީސް ޔާމީނަށް ކުރެއްވި ތާއީދު މައުމޫން ގެންދަވައިފި

ރައީސް ޔާމީނަށް ކުރެއްވި ތާއީދު މައުމޫން އަނބުރާ ގެންދަވައިފި

28 އޮކްޓޯބަރ 2016

ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ސަރުކާރަށް ކުރެއްވި ތާއީދު ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ އަނބުރާ ގެންދަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ސަރުކާރަށް ކުރެއްވި ތާއީދު ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ އަނބުރާ ގެންދަވައިފި އެވެ.

ކުރީގެ ރައީސް މައުމޫން އެކަން އިއުލާން ކުރެއްވީ، ޕީޕީއެމަށް ފަސް އަހަރު ފުރުން ފާހަގަކުރަން ޕާޓީގެ ރަސްމީ އޮފީހުގައި ބާއްވަން އުޅުނު ޖަލްސާ އަށް ފުލުހުން ހުރަސް އެޅުމުން، ޝީ ބިލްޑިންގުގައި އާއްމު މެމްބަރުންނަށް އެ މަނިކުފާނު ދެއްވި ބަޔާނުގަ އެވެ. ރައީސް ޔާމީން ވެރިކަމަށް ގެންނަވަން ބުރަ މަސައްކަތްތަކެއް ކުރެއްވި އެ މަނިކުފާނުގެ ބޭބޭފުޅު މައުމޫންގެ ތާއީދު އަނބުރާ މި ގެންދެވީ ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ.

Sarukaarah mihaaru thaaeedheh nukuran: Maumoon | Mihaaru

Sarukaarah mihaaru thaaeedheh nukuran: Maumoon | Mihaaru

The most trusted news source in the Maldives

Mihaaru

މައުމޫން ފެކްޝަންގެ ޖަލްސާ އަށް ހުރަސް އެޅުމާއި މައުމޫންގެ ޕްރެސް ކޮންފަރެންސްގެ ލައިވް ކަވަރޭޖު.

މައުމޫން ވިދާޅުވީ އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ވެރިކަމަށް އައި ސަރުކާރުން ކަންކަން ކުރަމުން މިހާރު ދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ޑިމޮކްރެސީގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. ތިން ބާރު ވަކިވެފައި އޮތް ނިޒާމުގައި ތިން ބާރު މަސްހުނިކޮށް، ހުރިހާ ބާރުތަކެއްގައި ވެސް ގަދަވެފައި ވަނީ އެއް ބޭފުޅެއްގެ އަޑު ކަމަށް ވިދާޅުވި އެވެ.

މުޅި ގައުމު ބޯލަނބަލަން ޖެހިފައި ވަނީ، މައުމޫން ވިދާޅުވި ގޮތުގައި، އެއް ބޭފުޅަކު އަންގަވާ ގޮތަކަށެވެ. ކޮރަޕްޝަން އިންތިހާ އަށް އޮތްއިރު، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންނަށް ގެއްލުންވާ ފަދަ އެތައް ކަމެއް ހިންގާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ، މައުމޫން ވިދާޅުވި ގޮތުގައި، ޕީޕީއެމުން ވެރިކަމަށް އައި މަގުސަދުތަކާ ކަނޑައެޅިގެން ހިލާފަށެވެ. މިހާރު އޮތް ސަރުކާރަކީ ޕީޕީއެމްގެ އާއްމު އުސޫލުތަކާއި ވިސްނުމާ އެއްގޮތަށް ހިނގާ ސަރުކާރެއް ނޫން ކަމަށް މައުމޫން ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން ސަލާމް ކުރައްވަނީ: މިހާރު މިއޮތީ ޕީޕީއެމްގެ އުސޫލުތަކާ އެއްގޮތަށް ހިންގާ ސަރުކާރެއް ނޫން ކަމަށް މައުމޫން މިރޭ ވިދާޅުވި.-- ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން ސަލާމް ކުރައްވަނީ: މިހާރު މިއޮތީ ޕީޕީއެމްގެ އުސޫލުތަކާ އެއްގޮތަށް ހިންގާ ސަރުކާރެއް ނޫން ކަމަށް މައުމޫން މިރޭ ވިދާޅުވި.-- ފައިލް ފޮޓޯ: ރައީސް އޮފީސް

"ޕީޕީއެމްގެ ފިކުރަކީ އެންމެ ފުރަތަމަ ގައުމު، ގައުމީ މަސްލަހަތު ހިމާޔަތް ކުރުން. ގައުމީ މަސްލަހަތު އެއްފަރާތްކޮށް، އަމިއްލަ މަސްލަހަތު އިސް ކުރާ ސަރުކާރަކީ ހަގީގަތުގައި ޕީޕީއެމްގެ ސަރުކާރެއް ނޫން. ރައްޔިތުންނަށް ގެއްލުން ދިނުމަކީ ވެސް ޕީޕީއެމްގެ ސަރުކާރަކުން ކުރާނެ ކަމެއް ނޫން. އެކަމަކު، ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް މި ސަރުކާރުން ގިނަ ގާނޫނުތަކެއް ފާސްކޮށްފި. އަޅުގަނޑު ތާއީދުކުރާ ޕާޓީއަކުން އެފަދަ ކަމެއް ކުރާކަށް ބޭނުމެއް ނޫން،" މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑު މި [ޕީޕީއެމްގެ ރައީސްގެ] މަގާމުގައި ހުރީމާ، ކޮންމެވެސް ވަރަކަށް އަޅުގަނޑުގެ ބޮލުގައި މި ޒިންމާ އެބަ އެޅޭ. އެހެންވީމާ އަޅުގަނޑު ގަސްތުކުރަނީ މި ސަރުކާރަށް މިހާތަނަށް ކުރަމުން އައި ތާއީދު މި ރެއިން ފެށިގެން އަނބުރާ ގެންދިއުމަށް،" ދެ ފަޅިވެފައިވާ ޕީޕީއެމްގައި ތިއްބެވި އެ މަނިކުފާނަށް ތާއީދުކުރައްވާ އިސް ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވި ކަމަށް މައުމޫން ވިދާޅުވުމާ އެކު އެ ފެކްޝަންގެ ބޭފުޅުން ވަނީ އުފާފާޅުކޮށް މަރުހަބާ ކިޔައިފަ އެވެ.

މައުމޫން ވިދާޅުވި ގޮތުގައި އުސޫލުތަކުން ބޭރުވެ ސަރުކާރާއި ޕާޓީ ތެރެއިން ކަންކަން ކުރަން ފެށުމުން އެ ކަންކަން ހައްލުކުރަން އެ މަނިކުފާނު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެކަމަކު އިސްލާހީ މަސައްކަތަށް ސަރުކާރުން ހުރަސްއަޅައި އުނދަގޫތަކެއް ކުރިމަތިކުރަމުން ދިޔަ ކަމަށް ވިދާޅުވި އެވެ.

"ވަރަށް ކުރިއްސުރެ ފަށައިގެން އެ [އިސްލާހީ] މަސައްކަތް ކުރަމުން މި އަންނަނީ. ބައެއް ފަހަރު ފާޅުގައެއް ނޫން. އެކަމަކު، އިސްލާހީ މަސައްކަތަށް ދަނީ ހުރަސް އަޅަމުން. އިސްލާހު، އެ ބަސް އަޑުއަހަން ވެސް ބައެއް މީހުން ހިތެއް ނުުރެހޭ. އެ ލަފްޒު ބުނާ މީހަކީ ސަރުކާރާ ދެކޮޅު، އެމްޑީޕީ މީހަކަށް ހަދާ. އެކަމަކު، އިސްލާހު ކުރުމަކީ ކުރަންޖެހޭ ކަމެއް. އެއީ ދީނުގައި ވެސް އޮންނަ ގޮތް. އަޅުގަނޑުމެންނަކީ އެމްޑީޕީ ބައެއް ނޫން،" މައުމޫން ވިދާޅުވި އެވެ.

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަހު ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަހު ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން

ރައީސް ޔާމީނާއި މައުމޫނާ ދޭތެރޭ ބޮޑެތި މައްސަލަތަކެއް އުފެދި، އެންމެ ފަހުން ކޯޓު މެދުވެރިކޮށް، ޕީޕީއެމްގައި މައުމޫން އަދާކުރައްވާ ޒިންމާތައް ވެސް ރައީސް ޔާމީން ވަނީ ނަންގަވައިފަ އެވެ. މި މައްސަލަ އަށް އިޝާރާތްކުރައްވައި ވިދާޅުވީ ޕީޕީއެމް ތެރޭގައި މައްސަލަ އުފެދުނީ އެ ޕާޓީގެ ފިކުރާ ހިލާފު، ޕީޕީއެމްގެ އުސޫލުތައް ގަބޫލު ނުކުރާ ބަޔަކު ޕާޓީ ތެރެއަށް ވަނުމުން ކަމަށެވެ.

"މިސާލަކަށް ޕީއޭގެ ވަރަށް ގިނަ މެމްބަރުން ޕީޕީއެމްގެ ތެރެއަށް ވަދެއްޖެ. ގިނަ މުއައްސަސާތަކުގައި ވެސް ތިބީ ޕީއޭގެ މެމްބަރުން. އެ މީހުން ދަނީ ޕީޕީއެމްގެ ހެދުން އަޅައިގެން އޮޅުވާލަމުން،" މައުމޫން ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ޕީޕީއެމްގައި ދެމި ހުންނަވައި ކާމިޔާބު ޕާޓީއެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.