Roadha Mihaaru
ޑްރައިޕާސްގެ ބޮޑު ޕްރޮމޯޝަނެއް އޭޑީކޭ އިން ފަށައިފި

ޑްރައިޕާސް ނެޕީ ގަނެގެން އެޕާޓްމަންޓެއް ލިބޭ ޕްރޮމޯޝަނެއް އޭޑީކޭ އިން ފަށައިފި

28 އޮކްޓޯބަރ 2016

ޑްރައިޕާސް ނެޕީ ޕެކެޓެއް ގަނެގެން އެއް އަހަރު ދުވަހުގެ މުއްދަތަށް އެޕާޓްމަންޓަކާއި އަދިވެސް އިތުރު އަގުހުރި އިނާމްތަކެއް ލިބޭ ޕްރޮމޯޝަނެއް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން އިއްޔެ ފަށައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ޑްރައިޕާސް ނެޕީ ޕެކެޓެއް ގަނެގެން އެއް އަހަރު ދުވަހުގެ މުއްދަތަށް އެޕާޓްމަންޓަކާއި އަދިވެސް އިތުރު އަގުހުރި އިނާމްތަކެއް ލިބޭ ޕްރޮމޯޝަނެއް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން އިއްޔެ ފަށައިފި އެވެ.

އޭޑީކޭ ކޮމްޕެނީގެ މާކެޓިން މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ އަންނަ ފެބްރުއަރީ 15 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ހިމެނެނީ ޑްރައިޕާސްގެ މެގަ ޕެކް ކަމަށެވެ. އެގޮތުން، އަލަށް ގެނައި ޑްރައިޕާސްގެ ސްޓޮކްގައި ހިމެނޭ ކޮންމެ މެގަ ޕެކް ޕެކެޓެއްގައި ރީނދޫ ކުލައިގެ ސްޓިކާއެއް ހަރުކޮށްފައި ހުންނާނެ ކަމަށާއި އެ ސްޓިކާ ޕެކެޓުން ކަފާލައިގެން ގެނައުމުން ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސްޓިކާ ގެންދަން ޖެހެނީ މާލޭގަައި ނަމަ ސޯސަންމަގުން އިބްރާހިމީ މިސްކިތް ކުރިމައްޗަށްވާ ގޮތަށް ހުންނަ ޖީޓީސްނެޕް ފިހާރަ އަދި ބޮޑުތަކުރުފާނު މަގުން ބާޒާރުމަތީގައި ހުންނަ އޭޑީކޭ ޖެނެރަލް ޓްރޭޑިން ނުވަތަ ހދ. ކުޅުދުއްފުށީގައި ހުންނަ އޭޑީކޭ އެންޑީސީ އަށެވެ. އޭރުން އެ މީހަކަށް ލިބޭ ކޫޕަން ފުރުމަށް ފަހު އެ ފިހާރަތަކުގައި ހުންނަ ފޮއްޓަށް ލުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވުނީ އެވެ.

މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކީ އެއް އަހަރުދުވަހުގެ މުއްދަތަށް، ހުރިހާ ފަރުނީޗަރަކާ އެކު ދޭ އެއް ކޮޓަރީގެ އެޕާޓްމަންޓެކެވެ. ގުރުއަތުން ދެވަނަ އަށް ހޮވޭ ފަރާތަކަށް ވެސްޕާ ބްރޭންޑުގެ ސައިކަލެއް ދޭ އިރު، ތިންވަނަ އިނާމަކަށް ހަމަޖައްސާފައިވަނީ އެއް އަހަރުދުވަހުގެ މުއްދަތަށް ޑްރައިޕާސް ނެޕީ އެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ގިނަ ބްރޭންޑުތަކެއް ރާއްޖެ އެތެރެކޮށް ފުޅާ ދާއިރާއެއްގައި ވިއްކަ އެވެ. އޭގެ ތެރޭގައި ޑްރައިޕާސް ބްރޭންޑްގެ ކުޑަކުދިންނަށް ހާއްސަ ތަކެއްޗާއި މާސްޓަ ޝެފް ބްރޭންޑްގެ ބާސްމަތީ ހަނޑުލާއި ޓްވިސްޓް ޖޫހާއި ލީގޯ ޗިޕްސް އާއި އައިމީ ނޫޑުލްސްގެ އިތުރުން ފިރިހެނުންނަށް ހާއްސަ ބޭޑް ލެބް ބްރޭންޑްގެ ތަކެތި ހިމެނެ އެވެ.