Roadha Mihaaru
ކުޅުދުއްފުށީގައި ހުންނަ އޭޑީކޭ ފިހާރަ އެހެން ތަނަކަށް

ކުޅުދުއްފުށީގައި ހުންނަ އޭޑީކޭ ފިހާރަ އެހެން ތަނަކަށް ބަދަލުކޮށްފި

06 ޑިސެމްބަރ 2020

ހދ. ކުޅުދުއްފުށީގައި ހިންގަމުންދާ އޭޑީކޭ ނޮދަން ޑިސްޓްރިބިއުޝަން ސެންޓަރު އެހެން ތަނަކަށް ބަދަލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހދ. ކުޅުދުއްފުށީގައި ހިންގަމުންދާ އޭޑީކޭ ނޮދަން ޑިސްޓްރިބިއުޝަން ސެންޓަރު އެހެން ތަނަކަށް ބަދަލުކޮށްފި އެވެ.

މިހާރު ކުޅުދުއްފުށީގައި އެ ފިހާރަ ހުންނަނީ ބަންޑާރަ މަގުގެ، ހާލިގޭގަ އެވެ. މި ފިހާރަ ރީލޮކޭޓް ކުރުމަށް ފަހު މިދިޔަ މަހު ވަނީ ހުޅުވައިފަ އެވެ. އޭޑީކޭ ނޮދަން ޑިސްޓްރިބިއުޝަން ސެންޓަރުން ހޯލްސޭލް އަދި ރީޓެއިލްކޮށް މުދާ ލިބޭނެ އެވެ.

އޭޑީކޭ ނޮދަން ޑިސްޓްރިބިއުޝަން ސެންޓަރުގައި އެހެން ތަނަކަށް ބަދަލުކުރީ އަތޮޅަށް ދާ މީހުންނަށް ފަސޭހައިން މުދާ ގަނެވޭނެ ގޮތް މަގުފަހިކޮށްދީ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ.

އެ ފިހާރައާ ޖެހިގެން އޭޑީކޭ ފާމަސީ 20 ގެ ނަމުގައި ބޭސް ފިހާރަ އެއްވެސް ވަނީ ހުޅުވައިފަ އެވެ. މި ބޭސް ފިހާރައިން އޭޑީކޭގެ އެހެނިހެން ބޭސް ފިހާރަތަކުން ވިއްކަމުން އަންނަ ހުރިހާ ބޭހެއް ރިޓެއިލްކޮށް ވިއްކަމުންދާނެ އެވެ. މި ބޭސް ފިހާރައިން ހުސްވުނާ އާސަންދައިގެ ހިދުމަތް ވަރަށް އަވަހަށް ލިބޭނެ ކަމަށް އޭޑީކޭއިން ބުނެ އެވެ.

އޭޑީކޭ ނޮދަން ޑިސްޓްރިބިއުޝަން ސެންޓަރު ކޮންމެ ދުވަހަކު ވެސް ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 8:00 އިން 6:00 އަށެވެ. ޑިސްޓްރިބިއުޝަން ސެންޓަރު ހުކުރު ދުވަހު ބަންދުވާނެ އެވެ.

އޭޑީކޭ 20 ބޭސް ފިހާރަ ހުޅުވިފައި ހުންނާނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ރޭގަނޑު 8:00 އިން 11:00 އަށެވެ. ހުކުރު ދުވަހު ހުޅުވާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.