Roadha Mihaaru
"ބޭޑް ލެބް"ގެ ޕްރޮޑަކްޓްތައް ގަނެގެން އަގުހުރި އިނާމު

"ބޭޑް ލެބް"ގެ ޕްރޮޑަކްޓް ގަނެގެން އަގުހުރި އިނާމުތަކެއް

20 ޖޫން 2023

އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ފިރިހެނުންނަށް ހާއްސަކޮށް ވިއްކާ ބްރޭންޑް، "ބޭޑް ލެބް"ގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ފިރިހެނުންނަށް ހާއްސަކޮށް ވިއްކާ ބްރޭންޑް، "ބޭޑް ލެބް"ގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި 100ރ. އިން މަތިން ވިޔަފާރިކޮށް ރިސީޓް ފޮނުވާ ކަސްޓަމަރުންގެ މެދުގައި ގުރުއަތެއް ނަގައި އަގުހުރި އިނާމުތަކެެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އިނާމުތަކުގެ ތެރޭގައި ބޯޒް ސައުންޑް ލިންކް މައިކްރޯ ބްލޫޓޫތު ސްޕީކަރެއް ކޮންމެ ދެ ހަފްތާއަކުން ނަގާ ގުރުއަތުން ހޮވޭ ކަސްޓަމަރަަކަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ ފްލައިމޯ ކޮމްބޯއާ އެކު ޑީޖޭއައި މިނީ ޓޫ ޑްރޯން އެކެވެ.

ޕްރޮމޯޝަނާއި ގުޅޭ ޕޯސްޓެއް.

މި ޕްރޮމޯޝަން ކުރިއަށްދާނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮމޯޝަނުގައި ބައިވެރިވުމަށް 100ރ. އިން މަތިން ވިޔަފާރިކޮށްފައިވާކަން އަންގައިދޭ ރިސީޓު 7939339 އަށް ވައިބާ ކުރަން ޖެހޭނެ އެވެ.

މި ޕްރޮމޯޝަންގައި އޭޑީކޭޖީޓީ ސްނެޕް، ގަންނަ މާޓް އަދި އޭޑީކޭ ފާމަސީތަކާއި ރީޓެއިލް ޕާޓްނާ ފިހާރަތަކުން "ބޭޑް ލެބް" ޕްރޮޑަކްޓުތައް ގަތުމަށް ފަހު ފޮނުވާ ރިސީޓް ބަލައިގަންނާނެ އެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން "ބޭޑް ލެބް"ގެ ގިނަ ޕްރޮޑަކްޓުތަކެއް ވަނީ މާކެޓަށް ނެރެފަ އެވެ. އޭގެ ތެރޭގައި ޝޭމްޕޫ، ޝަވާ ޖެލް އަދި ޑިއޯޑަރަންޓް ހިމެނެ އެވެ.