Roadha Mihaaru
"ބޭޑް ލެބް" ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި

"ބޭޑް ލެބް" ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި

05 އޮކްޓޯބަރ 2023

އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ފިރިހެނުންނަށް ހާއްސަކޮށް ވިއްކާ ބްރޭންޑް، "ބޭޑް ލެބް"ގެ ޕްރޮޑަކްޓުތަކަށް ހިންގި ޕްރޮމޯޝަން ނިންމާ ނަސީބުވެރިން ހޮވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ފިރިހެނުންނަށް ހާއްސަކޮށް ވިއްކާ ބްރޭންޑް، "ބޭޑް ލެބް"ގެ ޕްރޮޑަކްޓުތަކަށް ހިންގި ޕްރޮމޯޝަން ނިންމާ ނަސީބުވެރިން ހޮވައިފި އެވެ.

މި ދިިޔަ ޖޫން މަހުން އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނުގެ ލަކީޑްރޯގައި 100ރ. އިން މަތީގެ ވިޔަފާރިކުރި ކަސްޓަމަރުން ވަނީ ބައިވެރިކޮށްފަ އެވެ.

އިއްޔެ ނެގި ލަކީޑްރޯގައި މި ޕްރޮމޯޝަނަށް ހުށަހަޅާފައިވާ ބޮޑު އިނާމު ޑީޖޭއައި މިނީ 2 ފްލައިމޯ ކޮމްބޯ ޑްރޯން ޕެކު ލިބުނީ އަހުމަދު ނާޝިއު މުހައްމަދަށެވެ. ޕްރޮމޯޝަނުގައި އިތުރަށް ހުށަހެޅި ބޯޒް ސައުންޑް ލިންކް މައިކްރޯ ބްލޫޓޫތު ސްޕީކަރުތައް ލިބުނު ހަތަރު ނަސީބުވެރިންނަކީ މުހައްމަދު އާޒިމް، ޒައީމާ، އަލީ އަހުސަން އަދި މުހައްމަދު ހުމައިދު އެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑާސް އިން ވަނީ ކަސްޓަމަރުންގެ ފަރާތުން މި ޕްރޮމޯޝަނަށް ލިބުނު ތަރުހީބު ފާހަގަކޮށްފަ އެވެ. އަދި "ބޭޑް ލެބް"ގެ ޕްރޮޑަކްޓުތަކަކީ ޒުވާނުންގެ މެދުގައި މަގުބޫލު ޕްރޮޑަކްޓުތަކެއް ކަމަށާއި މި ޕްރޮޑަކްޓުތަކަކީ ދިވެހިންނާ ގުޅޭ ޕްރޮޑަކްޓުތަކެއް ކަމަށް ބުންޏެވެ.

އޭޑީކޭ ޖީޓީއިން ވިއްކާ "ބޭޑް ލެބް"ގެ ޕްރޮޑަކްޓުތައް އޭޑީކޭޖީޓީ ސްނެޕް، ގަންނަ މާޓް އަދި އޭޑީކޭ ފާމަސީތަކާއި އެކި ފިހާރަތަކުން ލިބޭނެ އެވެ.