Roadha Mihaaru
އޭޑީކޭ ޖީޓީން ސުޕްރީމިއޯ ޕޮޕްކޯންގެ އައިޖީ މުބާރާތެއް

އޭޑީކޭ ޖީޓީއިން "ސުޕްރީމިއޯ" ޕޮޕްކޯންގެ އިންސްޓަގްރާމް ކޮންޓެސްޓެއް

17 ސެޕްޓެމްބަރ 2023

އޭޑީކޭ ޖީޓީއިން ވިއްކާ "ސުޕްރީމިއޯ" ބްރޭންޑުގެ ޕޮޕްކޯންގެ އިންސްޓަގްރާމް ކޮންޓެސްޓެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އޭޑީކޭ ޖީޓީއިން ވިއްކާ "ސުޕްރީމިއޯ" ބްރޭންޑުގެ ޕޮޕްކޯންގެ އިންސްޓަގްރާމް ކޮންޓެސްޓެއް ފަށައިފި އެވެ.

މިއީ "ސުޕްރީމިއޯ" ޕޮޕްކޯން ދަޅަކާ އެކު ސެލްފީއެއް ނުވަތަ "ސުޕްރީމިއޯ" ޕޮޕްކޯން ދަޅެއްގެ ކުރު ވީޑިއޯއެއް އިންސްޓަގްރާމަށް ޕޯސްޓުކޮށްގެން ބައިވެރިވެވޭ ކޮންޓެސްޓެކެވެ. މި ކޮންޓެސްޓުގައި އެއް ފޮޓޯ ނުވަތަ އެއް ވީޑިއޯއަށް ވުރެ ގިނައިން ހުށަހެޅޭނެ އެވެ. މަލްޓިޕަލް އެންޓްރީޒްގެ ގޮތުގައި އެއް ފޮޓޯ ނުވަތަ ވީޑިއޯއަށް ވުރެ ގިނައިން ބަލައިގަންނާނީ އެކަތި އަނެކައްޗާ ތަފާތުވާ ޕޯސްޓުތަކެވެ.

މި ކޮންޓެސްޓުގައި ބައިވެރިވެވޭނީ SupremeoPopcornContest2023 ހޭޝްޓެގު ބޭނުންކޮށްގެންނެވެ. މި ކޮންޓެސްޓުގައި ބައިވެރިވާ މީހުން ކޮންޓެސްޓް ކުރިއަށްދާ މުއްދަތުގެ ނިޔަލަށް އެކައުންޓް ޕަބްލިކްކޮށް ބާއްވަން ޖެހޭނެ އެވެ. އަދި އިންސްޓަގްރާމުން އޭޑީކޭޖީޓީގެ ޕޭޖަށް ފޮލޯކުރަން ވެސް ޖެހެ އެވެ.

މިއީ ނޮވެމްބަރު 25ގެ ނިޔަލަށް ހުޅުވާލާފައިވާ ކޮންޓެސްޓެކެވެ.

މި ކޮންޓެސްޓުން ވަނަތަކަށް ދާ ފަރާތްތަކަށް އޭޑީކޭޖީޓީގެ ގިފްޓު ވައުޗަރުގެ އިތުރުން އެއާ ފްރަޔާއެއް ވަނީ ހުށަހަޅައިފަ އެވެ.

"ސުޕްރިމިއޯ" ޕޮޕްކޯން އޭޑީކޭ ޖީޓީއިން ހޯލްސޭލްކޮށް އަދި ގަންނަ މާޓުން ރީޓެއިލްކޮށް ލިބޭނެ އެވެ.