ދުނިޔެ އަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ގައުމުތަކުގެ މެދުގައި އަދިވެސް ހުރީ މަސްހުނި ހިޔާލުތަކެއް ކަމަށާއި މި މައްސަލާގައި އެންމެންނަށް އެއްގަލަކަށް ނޭރޭ ކަމަށް ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފި އެވެ.
23 ސެޕްޓެމްބަރ 2020
ދުނިޔެ އަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ގައުމުތަކުގެ މެދުގައި އަދިވެސް ހުރީ މަސްހުނި ހިޔާލުތަކެއް ކަމަށާއި މި މައްސަލާގައި އެންމެންނަށް އެއްގަލަކަށް ނޭރޭ ކަމަށް ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފި އެވެ.
ގްލޯބްސްކޭން އިން ކުރިއަށް ގެންދިޔަ ޕޯލްގެ ނަތީޖާ ދައްކާ ގޮތުން ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި ވެސް ދުނިޔޭގެ ފަގީރު ގައުމުތަކުން އަންނަނީ މޫސުމީ ބަދަލުތަކާ ދޭތެރޭ ވަރަށް ސީރިއަސްކޮށް ވިސްނައި، އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ސީރިއަސްކޮށް ވާހަކަ ދައްކަމުންނެވެ. އެކަމަކު ތަރައްގީވެފައިވާ މުއްސަނދި ގައުމުތަކުން މި މައްސަލަ އަށް ދޭ ސަމާލުކަން ވަރަށް ކުޑަކަމަށް ދައްކަ އެވެ.
އެކި ސަރަހައްދުގެ 27 ގައުމެއްގެ ހާލަތު ދިރާސާކޮށް ކުރިއަށް ގެންދިޔަ ޕޯލްގެ ނަތީޖާ ދައްކާ ގޮތުން 90 ޕަސެންޓް މީހުންނަކީ މޫސުމީ ބަދަލުތަކާ ދޭތެރޭ ވަރަށް ސީރިއަސްކޮށްް ވިސްނާ މީހުންނެވެ. އެގޮތުން ކެނެޑާ އާއި އެމެރިކާ އާއި ފްރާންސާއި އިންޑިއާ އާއި ނައިޖީރީއާ އަދި ކެނިއާ ފަދަ ގައުމުތަކުގައި މި މައްސަލައާ މެދު ކަންބޮޑުވެ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ބުނާ މީހުން އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އެމެރިކާ އަށް ބަލާ އިރު 2014 ގައި އެ ނިސްބަތް 60 ޕަސެންޓްގައި ހުރި ނަމަވެސް މިދިޔަ ޖޫން މަހާ ހަމައަށް އެ ނިސްބަތް ވަނީ 81 ޕަސެންޓަށް އަރައިފަ އެވެ. ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ މޫސުމީ ބަދަލުތަކާ މެދު ކަންބޮޑުވާ އެމެރިކާގެ މީހުން އަދަދު އިތުރުވަމުން ދިޔަ ނަމަވެސް އެ މައްސަލަ އަކީ އެ ގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލުކުރައްވާ ކަމަކަށް ނުވުމެވެ.
Worry about #climatechange remains widespread despite the #COVID19 pandemic and economic crisis, and continues to increase in the USA and other large emitting countries. Explore findings from our global public opinion research: https://t.co/MFijWFF8iE#ClimateWeekNYC
— GlobeScan (@GlobeScan) September 20, 2020
ޓްރަމްޕް ވިދާޅުވާ ގޮތުގައި ކްލައިމެޓް ޗޭންޖްގެ ވާހަކަ އަކީ ހިޔާލީފޮލާ ކައްކާ މީހުން ދައްކާ ޖޯކް ވާހަކަތަކެކެވެ.
ދުނިޔޭގައި ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑިއާގައި މޫސުމީ ބަދަލުތަކާ މެދު ކަންބޮޑުވާ މީހުންގެ ނިސްބަތް 2014 އިން މި އަހަރުން ޖޫން މަހާ ހަމައަށް ވަނީ 70 އިން 90 ޕަސެންޓަށް އުފުލިފަ އެވެ.
ގްލޯބްސްކޭންގެ ޑިރެކްޓަރު އެރިކް ވާން ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވަރަށް ގިނަ ބައެއްގެ މެދުގައި ވަނީ ދުނިޔެ ހޫނުވެ، ކުރިމަތިވަމުންދާ މައްސަލަތަކާ މެދު ކުރިން ފިކުރު ނުކުރާ ވަރަށް ފިކުރުކުރުން އިތުރުވެފަ އެވެ.
"އިންސާނުންނަކީ ކިހާ ނާޒުކު ބައެއް ކަމާއި އަހަރެމެންގެ ވެއްޓަކީ ވެސް ކިހާ ނާޒުކު ތަނެއްކަމާ ދޭތެރޭ މިހާރު ވިސްނާ މީހުން އެބަ އިތުރުވޭ. މި އަހަރަކީ ވަކިން ބޮޑަށް އެކަން ތަޖުރިބާ ވެސް ކުރަން ޖެހުނު އަހަރެއް،" ބީބީސީ އަށް އެރިކް ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް މިހާރުން މިހާރަށް އަޅަންޖެހޭ ކަމަށް ބުނާ ގައުމުތަކުގެ މެދުގައި ވެސް ފަރަގުތަކެއް އެބަހުއްޓެވެ. އެ ފަރަގު ގުޅެނީ ގައުމުތަކުގެ ތަނަވަސްކަމުގެ ހާލަތާ އެވެ. އެގޮތުން ސްވިޑްން އާއި އޮސްޓްރޭލިއާ އާއި އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޖަޕާން ފަދަ ގައުމުތަކުން އަވަސް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ގަބޫލުލުރާ މީހުންގެ ނިސްބަތް އުޅެނީ 45 ޕަސެންޓަށް ވުރެ ވެސް ދަށުގަ އެވެ. ކެނިއާ އާއި މެކްސިކޯ އާއި ނައިޖީރިއާ އަދި ތުރުކީ ފަދަ ގައުމުތަކުގައި އަވަސް ފިޔަވަޅުތައް އަޅަން ޖެހޭ ގަބޫލުކުރާ މީހުންގެ ނިސްވަތް 70 ޕަސެންޓަށް ވުރެ މައްޗެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމުގެ އަސަރު މިހާރު އެންމެ ބޮޑަށް ކުރާ ކަމަށް ޕޯލުން ދައްކަނީ ވެސް ފަގީރު ގައުމުތަކުގަ އެވެ. އެގޮތުން 60 ޕަސެންޓަށް ވުރެ ގިނަ މީހުން އެއްބަަސްވާ ގޮތުގައި މޫސުމީ ބަދަލުތައް ގެއްލުން މިހާރު އެންމެ ބޮޑީ ބްރެޒިލާއި ކެނިއާ އާއި ތުރުކީ އާއި ނައިޖީރީއާ އަދި ދެކުނު އެފްރިކާ ކަހަލަ ގައުމުތަކުގަ އެވެ.
މީގެ އިތުރުން ޖަޕާނާއި އޮސްޓްރޭލިއާ އާއި އެމެރިކާ އާއި އިނގިރޭސިވިލާތުގައި 40 ޕަސަންޓެއްހާ މީހުން ގަބޫލުކުރާ ގޮތުގައި މޫސުމީ ގެއްލުންތަކުގެ ނުރައްކާ އެންމެ ބޮޑީ ފަގީރު ގައުމުތަކުގެ މެދުގަ އެވެ.
ފަރުދީ ގޮތުން މޫސުމީ ބަދަލުތަކުގެ ގެއްލުން ތަޖުރިބާކޮށްފައިވާ ކަމަށް ޕޯލުން ދައްކާ މީހުން ވެސް ގިނައީ ފަގީރު ގައުމުތަކުގަ އެވެ. އެގޮތުން ޕޯލްގައި ބައިވެރިވި މެކްސިކޯ އާއި ތުރުކީ އާއި ވިއެޓްނާމް ފަދަ ގައުމުތަކުގެ 50 ޕަސަންޓަށް ވުރެ ގިނަ މީހުން ވަނީ މޫސުމީ ބަދަލުތަކުގެ ނުރައްކާ އަމިއްލަ އަށް ތަޖުރިބާކޮށްފައިވާ ކަމަށް ބުނެފަ އެވެ.
އެރިކް ވިދާޅުވި ގޮތުގައި ޖުމްލަކޮށް މުޅި ޕޯލް އަށް ބަލާ އިރު ފާހަގަކުރެވެނީ މޫސުމީ ބަދަލުތަކާ ދޭތެރޭ ކަންބޮޑުވާ މީހުން އިތުރުވަމުން އަންނަ ކަމެވެ.
"ޕޯލުން އެބަ ދައްކާ ހައިރާންވާ ކަހަލަ ނަތީޖާތަކެއް ވެސް. އެކަމަކު ޖުމްލަކޮށް މިހާރު ކްލައިމެޓް ޗޭންޖާ މެދު ފިކުރުކުރާ މީހުން ގިނަ،" އޭނާ ވިދާޅުވި އެވެ. "އަދި އެއީ މައްސަލައެއް ކަމަށް ދެކޭ މީހުން ވެސް އަންނަނީ އިތުރުވަމުން."
ބޮޑު ދިރާސާގައި ފުރަތަމަ ކަނޑަށް ފައިބަނީ އަންހެނުން
އިންސާނުންނާ ހެދި ކަނޑުގެ އަޑު ވެސް ތަޣައްޔަރުވަނީ
މަޝްރޫމުން ސިމެންތި ހެދިދާނެ
އާ ދިރާސާއެއްގައި ބުނަނީ މިޔަރާއި މަޑި ހުސްވެދާނެއޭ
"އެޗްޑީ ސްޓްރީމިން އިން ތިމާވެއްޓަށް ގެއްލުން ބޮޑު"
ގަސްގަހާގެހީގެ ފަސްބައިކުޅަ ދެ ބައި ނުރައްކަލުގައި
2040 އަށް 1.3 ބިލިއަން ޓަނުގެ ޕްލާސްޓިކް ކުނި
މިހާރުގެ ހާލަތު އޮވެގެން ފަރުތައް ނެތިގެން ހިނގައިދާނެ
ޕޯލާ ބެއާތައް މޫސުމީ ބަދަލުގެ ޝިކާރައަކަށް
2000 އަހަރު ކުރީގެ ކަދުރު އޮށަކުން ގަސް ފަޅައިފި