ސްޓޮކްހޯމް (އޮކްޓޯބަރު 29) - އަދަބިއްޔާތުން މި އަހަރުގެ ނޯބެލް އިނާމް ލިބުނު އެމެރިކާގެ ލަވަކިޔުންތެރިޔާ ބޮބް ޑިލަންގެ ހަބަރެއް ނުވެގެން ނޯބެލް ކޮމިޓީން ކަންބޮޑުވެފައި ވަނިކޮށް އެންމެ ފަހުން އޭނާގެ ހަބަރެއް ވެއްޖެ އެވެ.
29 އޮކްޓޯބަރ 2016
ސްޓޮކްހޯމް (އޮކްޓޯބަރު 29) - އަދަބިއްޔާތުން މި އަހަރުގެ ނޯބެލް އިނާމް ލިބުނު އެމެރިކާގެ ލަވަކިޔުންތެރިޔާ ބޮބް ޑިލަންގެ ހަބަރެއް ނުވެގެން ނޯބެލް ކޮމިޓީން ކަންބޮޑުވެފައި ވަނިކޮށް އެންމެ ފަހުން އޭނާގެ ހަބަރެއް ވެއްޖެ އެވެ.
ނޯބެލް ފައުންޑޭޝަނުން ބުނީ ނޯބެލް އިނާމު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށާއި އެ ޝަރަފް ހާސިލްވުމުން އޭނާގެ "ބަސް ހުއްޓުނު" ކަމަށް ޑިލަން ބުނެފައިވާ ކަމަށެވެ. ނަމަވެސް އިނާމާ ހަވާލުވުމަށް ޑިލަން އަންނާނެކަން އަދި މުޅިން ކަށަވަރު ނުވާ ކަމަށް ނޯބެލް ކޮމިޓީން ވަނީ ބުނެފަ އެވެ.
ނަމަވެސް އިނގިރޭސި ވިލާތުގެ ނޫހަކަށް ޑިލަން ބުނެފައި ވަނީ "އެއްވެސް ގޮތެއް އޮތިއްޔާ" އިނާމާ ހަވާލުވާނީ އޭނާ އަމިއްލަ އަށް ކަމަށެވެ.
ޑިލަންގެ ހަބަރެއް މިވީ އިނާމު ދޭން މި މަހު 13 ވަނަ ދުވަހު ނިންމުމާ ގުޅިގެން ޑިލަންގެ ފަރާތުން އެއްވެސް ބަހެއް ބުނެފައި ނުވާތީ ނޯބެލް އިނާމު ދޭ ސްވިޑިޝް އެކަޑަމީން ކަންބޮޑުވެފައި ވަނިކޮށެވެ. ނަމަވެސް ނޯބެލް ފައުންޑޭޝަނުން ބުނީ ސްވިޑިޝް އެކަޑަމީގެ ޕާމަނަންޓް ސެކްރެޓަރީ ސާރާ ޑެނިއަސް އަށް ޑިލަން ގުޅާ އިނާމު ދޭން ނިންމުމާ ގުޅިގެން ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށް ބުނެފަ އެވެ.
އުމުރުން 75 އަހަރުގެ ލަވަ ކިޔުންތެރިޔާ އަދި ޅެންވެރިޔާ ވަނީ ލަވައިގެ ދުނިޔެ އަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. ނަވާރަ ސަތޭކަ ސާޅީސް އެއް ވަނަ އަހަރު އުފަންވެފައިވާ ޑިލަންގެ މިއުޒިކް ކެރިއަރު ފަށާފައި ވަނީ 1959 ވަނަ އަހަރު އެވެ. ޑިލަންގެ "ބްލޯވިން އިން ދަ ވިންޑް" އަދި "ދަ ޓައިމްސް ދޭ އާ އަ ޗޭންޖިން" ފަދަ ލަވަތަކުގެ މަގްބޫލްކަން ވަނީ ބޮޑުވެފަ އެވެ. ނޯބެލް އިނާމާ އެކު 8 މިލިއަން ސްވިޑިޝް ކްރޯނާ (744،652 ޕައުންޑް) ލިބޭނެ އެވެ. ނޯބެލް އިނާމު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ ޑިސެމްބަރު 10 ވަނަ ދުވަހު ސްވިޑަންގަ އެވެ.
ބޮބް ޑިލަން އަށް ނޯބެލް އިނާމު ހަވާލުކޮށްފި
ލިޓަރޭޗާ ނޯބެލް އިނާމު މި އަހަރު ނުދޭން ނިންމައިފި
އަދަބިއްޔާތުން ނޯބެލް އިނާމް ބޮބް ޑިލަން އަށް
އިކޮނޮމިކްސް އިން ނޯބެލް އިނާމު ހާވަޑުގެ ޕްރޮފެސަރަށް
ސްވިޑެންގައި ދަރިވަރުންގެ ދަބަސް ފާސްކުރުމުގެ ހުއްދަދެނީ
ސްވިޑެންގެ ސްކޫލެއްގައި ބަޑިޖަހައި އެތައްބަޔަކު މަރައިފި
ގުރުއާން އެންދި މީހާ ކުށްވެރިވާ ކަމަށް ހުކުމްކޮށްފި
ގުރުއާން އެންދި މީހާ ގަޔަށް ބަޑިޖަހައި މަރާލައިފި
ކުދިންނަށް ސްކްރީން ނުދައްކަން ސްވިޑަންގައި އަންގައިފި
ޕާކިސްތާނުން ވެސް އެމްޕޮކްސް ފެނިއްޖެ