ސްވިޑެންގެ ސްކޫލްތަކުގައި ދަރިވަރުންގެ ދަބަސް ކޮންމެ ވަގުތަކު ވެސް ފާސްކުރުމުގެ ބާރު ދިނުމާ އެކު ސަލާމަތީ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
ސްވިޑެންގެ ސްކޫލްތަކުގައި ދަރިވަރުންގެ ދަބަސް ކޮންމެ ވަގުތަކު ވެސް ފާސްކުރުމުގެ ބާރު ދިނުމާ އެކު ސަލާމަތީ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
ބޮޑެތި ކުދިންގެ ސްކޫލެއްގައި ބަޑިޖަހައި 10 މީހަކު މަރާލި ހާދިސާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޔޮހާން ޕެހަރްސަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ނުރައްކަލުގެ ހާލަތަށް ސްކޫލުތަކުގައި އިމަޖެންސީ ޕްލޭންތަކެއް އޮންނަން ޖެހޭނެ ކަމަށެވެ. އެހެންވެ، ސްކޫލްތަކަށް ވަނުމަށް ތަޅުދަނޑި އާއި ދޮރުގެ ކޯޑް ނުވަތަ ބެޖް ބޭނުންވާނެ ކަމަށާއި ކެމެރާ ސަވައިލަންސްގެ ހުއްދަތައް މިހާރަށްވުރެ ފަސޭހައިން ލިބޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.
ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކާއި ބޮޑެތި މީހުންނަށް ކިޔަވައިދޭ ސެންޓަރުތަކުގައި، އިންޒާރު ދިނުމަކާ ނުލައި ދަރިވަރުންގެ ދަބަސް ބަލައި ފާސްކުރުމުގެ ބާރު ޓީޗަރުންނާއި މުވައްޒަފުންނަށް މި ބަދަލުތަކާ އެކު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލްތަކުގެ އެހެން މުވައްޒަފުންގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް މި ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން،" ޕެހްރްސަން ވިދާޅުވި އެވެ.
ޕްލޭންކޮށްފައިވާ ގޮތަށް މަޖިލީހުން މި ކަންކަން ފާސްކޮށްފި ނަމަ އަލަށް އެޅި ފިޔަވަޅުތަކަށް ޖުލައި މަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު އުމުރުން 35 އަހަރުގެ ރިކާޑް އެންޑަސަން ވަނީ އޮރެބްރޯގެ ކެމްޕަސް ރިސްބާގްސްކާ އެޑަލްޓް އެޑިއުކޭޝަން ސެންޓަރަށް ވަދެ 10 މީހުން މަރާލައި އަމިއްލަ ގަޔަށް ބަޑި ޖަހައިގެން މަރުވެފަ އެވެ. އޭނާގެ ހަށިގަނޑި ކައިރިން ތިން ބަޑި އާއި ޝެލް ކޭސިން އާއި ބޭނުން ނުކޮށް ހުރި ވަޒަން ވެސް ފެނިފައިވެ އެވެ.
ފުލުހުން ބުނީ އެންޑަސަން އަކީ ކުރިން ކުށުގެ ރެކޯޑެއް ނެތް އަދި ވަޒީފާއެއް ވެސް އަދާނުކޮށް ވަރަށް އެކަނި އުޅޭ މީހެއް ކަމަށާއި އޭނާގެ އަތުގައި ޝިކާރަކުރުމުގެ ބޭނުމަށް ހަތަރު ހަތިޔާރެއް ގެންގުޅުމުގެ ލައިސަންސް އޮތް ކަމަށެވެ. އޭނާ 2016 ވަނަ އަހަރުން ފެށިގެން އުޅެމުން ދިޔައީ އެކަނި ކަމަށާއި ސްކޫލަށް ވަދެ ހަމަލާދިން ސަބަބެއް އަދިވެސް ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.
ސްވިޑެންގެ ސްކޫލެއްގައި ބަޑިޖަހައި އެތައްބަޔަކު މަރައިފި
ގުރުއާން އެންދި މީހާ ކުށްވެރިވާ ކަމަށް ހުކުމްކޮށްފި
ގުރުއާން އެންދި މީހާ ގަޔަށް ބަޑިޖަހައި މަރާލައިފި
ކުދިންނަށް ސްކްރީން ނުދައްކަން ސްވިޑަންގައި އަންގައިފި
ޕާކިސްތާނުން ވެސް އެމްޕޮކްސް ފެނިއްޖެ
ގުރުއާން އެންދި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި
ގުރްއާން އަންދާއިރު އދ. ހަނު އޮންނަނީ ކީއްވެ؟
ނޭޓޯ މަހާސިންތާގެ ބައިވެރިން ލިތުއޭނިއާ އަށް
ނޭޓޯގައި ސްވިޑްން ބައިވެރިކުރަން ތުރުކީ އެއްބަސްވެއްޖެ
ސްވިޑްން ނޭޓޯއަށް ވެއްދޭކަށް އަދި ނެތް: އުރުދުޣާން