ސްޓޮކްހޯމް (އޮކްޓޯބަރު 10) - އެމެރިކާގެ ހާވަޑް ޔުނިވާސިޓީ އާއި އެމްއައިޓީގެ ދެ ޕްރޮފެސަރަކަށް އިކޮނޮމިކްސް އިން ނޯބެލް އިނާމު ދޭން ނިންމައިފި އެވެ.
10 އޮކްޓޯބަރ 2016
ސްޓޮކްހޯމް (އޮކްޓޯބަރު 10) - އެމެރިކާގެ ހާވަޑް ޔުނިވާސިޓީ އާއި އެމްއައިޓީގެ ދެ ޕްރޮފެސަރަކަށް އިކޮނޮމިކްސް އިން ނޯބެލް އިނާމު ދޭން ނިންމައިފި އެވެ.
ހާވަޑް ޔުނިވާސިޓީގައި ކިޔަވައިދޭ އިނގިރޭސި ވިލާތުގެ އިކޮނޮމިސްޓް އޮލިވާ ހާޓް، 68، އާއި މެސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގައި ކިޔަވައިދޭ ފިންލެންޑުގެ ޕްރޮފެސަރު ބެން ހޮލްމްސްޓްރޮމް، 67، އަށް ނޯބެލް އިނާމު ދޭން ނިންމީ ކޮންޓްރެކްޓް ތިއަރީއާ ބެހޭ ގޮތުން އެ މީހުން ހޯދާފައިވާ ހޯދުންތަކަށެވެ.
ސްޓޮކްހޯމްގެ ރޯޔަލް އެކަޑަމީ އޮފް ސައެންސް އިން ބުނީ ދެ އިކޮނޮމިސްޓުންގެ ހޯދުންތަކުގެ ސަބަބުން ބޭންކްރަޕްސީ ގާނޫނާއި ޕޮލިޓިކަލް ކޮންސްޓިޓިއުޝަންގެ ދާއިރާ އިން ސިޔާސަތު ކަނޑައެޅުމަށް ބިންގާ އަޅައިދީފައިވާ ކަމަށެވެ.
ނޯބެލް އިނާމާ އެކު އެ މީހުންނަށް 8 މިލިއަން ސްވިޑިޝް ކްރޯނާ (744،652 ޕައުންޑް) ލިބޭނެ އެވެ. ނޯބެލް އިނާމު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ ޑިސެމްބަރު 10 ވަނަ ދުވަހު ސްވިޑަންގަ އެވެ.
ފިޒިއޮލޮޖީ ނުވަތަ މެޑިސިން އާއި ފިޒިކްސް އަދި ކެމިސްޓްރީން މި އަހަރު ނޯބެލް އިނާމު ލިބޭ ފަރާތްތައް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ދިނުމަށް ނިންމާފައި ވަނީ ކޮލަމްބިއާގެ ރައީސް ހުއާން މެނުއަލް ސަންތޯސް އަށެވެ.
އިކޮނޮމިކްސް އިން މިދިޔަ އަހަރު ނޯބެލް އިނާމު ލިބިފައި ވަނީ ޕްރިންސްޓަން ޔުނިވާސިޓީގެ ޕްރޮފެސަރަކަށެވެ. އިކޮނޮމިކްސް އިން ނޯބެލް އިނާމް ދޭން ފަށާފައި ވަނީ 1969 ވަނަ އަހަރު އެވެ.
ބޮބް ޑިލަން އަށް ނޯބެލް އިނާމު ހަވާލުކޮށްފި
ނޯބެލް އިނާމު ލިބުނު ބޮބް ޑިލަންގެ ހަބަރެއް ވެއްޖެ
ސްވިޑެންގައި ދަރިވަރުންގެ ދަބަސް ފާސްކުރުމުގެ ހުއްދަދެނީ
ސްވިޑެންގެ ސްކޫލެއްގައި ބަޑިޖަހައި އެތައްބަޔަކު މަރައިފި
ގުރުއާން އެންދި މީހާ ކުށްވެރިވާ ކަމަށް ހުކުމްކޮށްފި
ގުރުއާން އެންދި މީހާ ގަޔަށް ބަޑިޖަހައި މަރާލައިފި
ކުދިންނަށް ސްކްރީން ނުދައްކަން ސްވިޑަންގައި އަންގައިފި
ޕާކިސްތާނުން ވެސް އެމްޕޮކްސް ފެނިއްޖެ
ގުރުއާން އެންދި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި
ގުރްއާން އަންދާއިރު އދ. ހަނު އޮންނަނީ ކީއްވެ؟