02 އޮކްޓޯބަރ 2020
އެމެރިކާގެ މަޝްހޫރު ސެލެބްރިޓީން ހިމެނޭ އާއިލާ ކާޑޭޝަން/ޖެނާ އާއިލާގެ މައި އެއް ތަނބު ކަމަށްވާ ކްރިސް ޖެނާއި އާއި އޭނާގެ ދަރިންގެ ތެރޭގައި ހިމެނޭ ކޯޓްނީ ކާޑޭޝަނަށް ކުރީގެ ބޮޑީގާޑް މާކް މެކްވިލިއަމްސް ޖިންސީ ގޯނާގެ ތުހުމަތުކޮށް، އެ މީހުންގެ މައްޗަށް ދައުވާކުރަން ކޯޓަށް ހުށަހަޅައިފި އެވެ.
އެމެރިކާގެ މަޝްހޫރު ސެލެބްރިޓީން ހިމެނޭ އާއިލާ ކާޑޭޝަން/ޖެނާ އާއިލާގެ މައި އެއް ތަނބު ކަމަށްވާ ކްރިސް ޖެނާއި އާއި އޭނާގެ ދަރިންގެ ތެރޭގައި ހިމެނޭ ކޯޓްނީ ކާޑޭޝަނަށް ކުރީގެ ބޮޑީގާޑް މާކް މެކްވިލިއަމްސް ޖިންސީ ގޯނާގެ ތުހުމަތުކޮށް، އެ މީހުންގެ މައްޗަށް ދައުވާކުރަން ކޯޓަށް ހުށަހަޅައިފި އެވެ.
ލޮސް އެންޖެލިސްގެ ކޯޓަށް ހުށަހެޅި ދައުވާގައި މާކް ބުނެފައި ވަނީ ކްރިސް، 64، އާއި ކޯޓްނީ، 41، އާ އެކު މަސައްކަތްކުރި މުއްދަތުގެ ތެރޭގައި އެ ދެ މީހުންގެ ފަރާތުން އެކި ގޮތްގޮތަށް ޖިންސީ ފުރައްސާރަ ލިބުނު ކަމަށެވެ. އެގޮތުން ޖިންސީ ކަންކަމަށް ދައުވަތު ދޭ ގޮތަށް ގަޔަށް އަތްލައި، ގައިގައި ހޭކި، އޭނާގެ ފަރާތުން ޖިންސީ ނަމަ ބޭނުން ހިފަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ނަސްލީ ގޮތުން ދިމާކުރުމާއި މަލާމާތްކުރުމާއި އެއްވެސް އިހުތިރާމެއް ނެތް ގޮތަށް އަމަލުކުރުމާއި އޭނާ އަކީ އެއްވެސް މީހެއް ނޫންކަން ދައްކުވައިދޭ ގޮތަށް ދެމައިން އަމަލުތައް ގެންގުޅުނު ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.
ކްރިސް އާއި ކޯޓްނީގެ ބޮޑީގާޑެއްގެ ގޮތުގައި މާކް މަސައްކަތްކުރީ ސެކިއުރިޓީ ފާމެއް ކަމަށްވާ ޑޭވިޑް ޝީލްޑް ސެކިއުރިޓީ އެންޑް އާމާ ޕްރޮޓެކްޝަން ސާވިސްގެ މުވައްޒަފެއްގެ ގޮތުންނެވެ. އަދި އޭނާ އެ ދެމައިންގެ ބޮޑީގާޑެއްގެ ޒިންމާއާ ހަވާލުވީ 2017 ގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
މާކް މެކްވިލިއަމްސް.
ކްރިސް އާއި ކޯޓްނީގެ މައްޗަށް ޖިންސީ ގޯނާހެ ތުހުމަތުކޮށް މާކް ދައުވާކޮށްފައި މި ވަނީ ވަޒީފާ އަދާކުރުމުގައި ފަރުވާކުޑަކުރާ ކަމަށް ބުނެ 2018 ގެ ސެޕްޓެމްބަރު މަހު ޑޭވިޑް ޝީލްޑުން އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނިކޮށެވެ. އަދި ކްލައިންޓުންތަކަށް ދައުވާކުރުމުގެ ކުރިން ފުރައްސާރައިގެ އެއްވެސް ވާހަކައެއް މާކް މިހާތަނަށް ދައްކައިފައި ނުވާ ކަމަަށް މީޑިއާތަކުން ބުންޏެވެ.
ޑޭވިޑް ޝީލްޑުން މާކް ވަކިކުރީ ބޮޑީގާޑެއްގެ ގޮތުގައި ޒިންމާ އަދާކުރުމުގައި އިހުމާލުވާކަމުގެ ޝަކުވާތައް ލިބެން ފެށުމާ ގުޅިގެންނެވެ. އެގޮތުން އޭނާ ކާރުތެރޭގައި އަބަދު ނިދިޖެހިފައި އިންނަ ކަމުގެ ޝަކުވާތައް ޑޭވިޑް ޝީލްޑަށް ލިބިފައިވެ އެވެ. ކްރިސް އާއި ކޯޓްނީގެ މައްޗަށް މާކް ކުރާ ދައުވާގައި ވަނީ އޭނާގެ ވަޒީފާ ވެސް ގެއްލުނީ އެ ދެ މީހުންނާ ހެދި ކަމަށާއި އެ މީހުންނާ ހެދި ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބުނު ކަމަށް ބުނެފަ އެވެ.
ކްރިސް އާއި ޖެނާގެ މައްޗަށް ކުރާ ދައުވާ އަށް އެ މީހުން ވަނީ އިންކާރުކޮށްފަ އެވެ.
ދެމައިންގެ ވަކީލު މާޓީ ސިންގާ ނެރުނު ބަޔާނެއްގައި ބުނީ މާކްގެ ދައުވާ އަކީ ހަދަހަދައިގެން އުޅޭ އަސްލެއް ނެތް ދޮގު ދައުވާތަކެއް ކަމަށެވެ. އަދި ކްރިސް އާއި ކޯޓްނީ އަކީ އަބަދު ވެސް އެ މީހުންނާ އެކު މަސައްކަތްކުރާ މުވައްޒަފުންނާ ދޭތެރޭ ރަނގަޅަށް މުއާމަލާތް ކުރާ، އިހުތިރާމުކުރާ ބައެއް ކަމަށް ވިދާޅުވި އެވެ.
"މާކްގެ ދައުވާ އަކީ ކަނޑައެޅިގެން އަސްލެއް ނެތް ދައުވާތަކެއް." ވަކީލު ވިދާޅުވި އެވެ.
ކޯޓްނީއާ އެކު ކްރިސްގެ ޖުމްލަ ހަ ކުދިން ތިބެ އެވެ. އޭގެ ތެރެއިން ހުރިހާ އަންހެން ކުދިންނަކީ ވަރަށް މަޝްހޫރެވެ. އޭގެ ތެރޭގައިި ހިމެނެނީ ކިމް ކާޑޭޝަން، 39، އާއި ކައިލީ ޖެނާ، 23، އާއި ކްލޯއީ ކާޑޭޝަން، 36، އާއި ކެންޑާލް ޖެނާ، 24، އެވެ. ކްރިސްގެ ހަމައެކަނި ފިރިހެން ދަރިފުޅަކީ ރޮބް ކާޑޭޝަން، 33، އެވެ.
ކަޑޭޝިއަން/ޖެނާ އާއިލާގެ އާ ޝޯގެ ފަސްޓް ލުކް
ފޮޓޯޝޫޓަކަށް ވަގުތު ނުދީގެން ކެންޑަލްއަށް ދައުވާކޮށްފި
ކާޑޭޝަން އާއިލާގެ އާ ޝޯއެއް ހޫލޫ އަށް އަންނަނީ
ކާޑޭޝަން އާއިލާ "ލުއި" ވިޔަފާރިއަކަށް
"ކީޕިން އަޕް ވިތު ކާޑޭޝަންސް" ހުއްޓާލަނީ
ބިލިއަނަރުންގެ ލިސްޓުން ކައިލީގެ ނަން އުނިކޮށްފި
މާރާމާރީއަކާ ހެދި ކަންޔޭ އަށް ޖަލު ހުކުމެއް އަތުވެދާނެ
އާއިލާގެ ކޮންމެ ކުއްޖަކަށް އިލެކްޓްރިކް ކާރެއް
ކަންޔޭ އާ ގެއެއް ގަތީ ކިމްގެ ގެއާ ވަރަށް ކައިރިން
ކިމްއާ ސުލްހަވާން ކަންޔޭ އެދުނީ ރެޕް ކަޑިއަކުން