Roadha Mihaaru
އައިޓީ ދާއިރާގެ ހުރިހާ އެއްޗެއް ގޭގައި ތިބެގެން ހޯދާ

އައިޓީ ދާއިރާގެ ހުރިހާ އެއްޗެއް ގޭގައި ތިބެގެން ހޯދާލަން މިވަރެއް ނެތް

01 އޮކްޓޯބަރ 2020

މުޅި ދުނިޔެ ދަތުރުކުރަމުން މި ދަނީ، މީގެ ކުރިން ދެކެފައި ނުވާ ފަދަ ބޮޑު ބަދަލެއްގެ ތެރެއިންނެވެ. ގާތްގަނޑަކަށް އަހަރެއް ވާން ކައިރިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ދުނިޔެ ހަނގުރާމަކުރަމުން ދާއިރު، މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް އައިސްފައިވާ އަދި އަންނަމުންދާ ބަދަލުތަކުގެ އެންމެ ބޮޑު ބައެއް މި ހިއްސާކުރަނީ ޓެކްނޮލޮޖީގެ ވަސީލަތްތަކެވެ. އެއާ އެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން ވެސް އަމާޒު ހިފާފައި ވަނީ، މި ބަދަލުތަކުގެ ކުރީގައި ތިބުމަށެވެ.

މުޅި ދުނިޔެ ދަތުރުކުރަމުން މި ދަނީ، މީގެ ކުރިން ދެކެފައި ނުވާ ފަދަ ބޮޑު ބަދަލެއްގެ ތެރެއިންނެވެ. ގާތްގަނޑަކަށް އަހަރެއް ވާން ކައިރިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ދުނިޔެ ހަނގުރާމަކުރަމުން ދާއިރު، މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް އައިސްފައިވާ އަދި އަންނަމުންދާ ބަދަލުތަކުގެ އެންމެ ބޮޑު ބައެއް މި ހިއްސާކުރަނީ ޓެކްނޮލޮޖީގެ ވަސީލަތްތަކެވެ. އެއާ އެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން ވެސް އަމާޒު ހިފާފައި ވަނީ، މި ބަދަލުތަކުގެ ކުރީގައި ތިބުމަށެވެ.

އައިޓީ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ލިންކްސާވްގެ އަމާޒަކީ ވެސް އެއީ އެވެ. ލިންކްސާވް އަކީ މިހާރު ދިވެހިންނަށް ފަރިތަ ނަމެކެވެ. ޓީވީ ކޭބަލެއް، އިންޓަނެޓް ކޭބަލެއް ހަލާކުވިޔަސް، ނުވަތަ ކަރަންޓް އެއްޗެއް ގުޅާނެ ޖެކެއް ހޯދަން ވިޔަސް، ދިވެހިންގެ ވިސްނުމަށް އެންމެ ފުރަތަމަ އަންނަނީ ލިންކްސާވްގެ ނަމެވެ. އޮފީހެއްގެ ނެޓްވޯކް އަޅަން ވިޔަސް، ސީސީޓީވީ ކެމެރާ ސިސްޓަމެއް ބަހައްޓަން ވިޔަސް، އެންމެ ފުރަތަމަ ގޮސް ގުޅާލެވެނީ ލިންކްސާވް އަށެވެ. އެހާ ވެސް، ލިންކް ސާވްގެ ނަން ދިވެހިންގެ ސިކުނޑީގައި ވަނީ ހަރުލާފަ އެވެ. އެއީ މިހާރު ދިވެހިންގެ ދިރިއުޅުމުގެ ބައެކެވެ.

ރާއްޖޭގެ އައިޓީ ދާއިރާގައި ލިންކްސާވްގެ ނަން ރަން އަކުރުން ފަވާލާފައިވާއިރު، ދުނިޔެ އާއި ރާއްޖެ އަށް އަންނަ ބަދަލުތަކުގެ ކުރީގައި އޮވެ، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހައްލުތައް ވެސް އެ ބަދަލުތަކަށް ފެތޭ ގޮތަށް ބައްޓަންކުރުމަށް ލިންކްސާވް އިން އަބަދު ވެސް އިސްކަންދެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެ އަށް ފެތުރި، އާއްމު ދިރިއުޅުމުގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ހުއްޓުމަކަށް ގެނެސްފައި އޮންނަތާ ހަ މަސްދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް މިހާރު ކުރަންޖެހިފައި ވަނީ ޓެކްނޮލޮޖީގެ ކޮންމެވެސް ވަސީލަތެއް ބޭނުންކޮށްގެންނެވެ. އޮފީހުގެ ގިނަ މަސައްކަތްތައް ކުރަންޖެހިފައި ވަނީ ގޭގައި ތިބެގެން، އޮންލައިންކޮށެވެ. މީޓިންތައް ހިނގަނީ ޒޫމްގަ އެވެ. ރަށްޓެހި ރަހުމަތްތެރިން ބައްދަލުވެލަން ވެސް އޮތް އެންމެ ރައްކާތެރި ގޮތަކީ ޗެޓް އެޕަކުންނެވެ. ހަމަ އެ ގޮތަށް، ވިޔަފާރިކުރާ ގޮތް ވެސް މި ވަނީ ބަދަލުވެފަ އެވެ. ފިހާރަ އަށް ގޮސްގެން ވިޔަފާރިކުރުމުގެ ބަދަލުގައި، އޮންލައިންކޮށް އޯޑަރުކުރަން އިސްކަންދިނުމަށް ސިއްހީ މާހިރުން ވެސް އަންނަނީ ބާރުއަޅަމުންނެވެ. އެއީ ރައްކާތެރި ގޮތެވެ. ފަސޭހަ ގޮތް ވެސްމެ އެވެ.

ލިންކްސާވް ވެސް މި ވަނީ އެ ބަދަލަށް ދޮންވެފައްކާވެފަ އެވެ. ދުނިޔެ އަށް އަންނަ ބަދަލުތަކެއް ހޭނި، ކަސްޓަމަރުންނާ ގާތުން ހިދުމަތް ދިނުމަށް އެ ކުންފުނިން ކެނޑިނޭޅި ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން، ލިންކްސާވް އިން މިހާރު ވަނީ، 8،000 އަށް ވުރެ ގިނަ ތަކެއްޗާ އެކު އީ-ސްޓޯރެއް ތައާރަފްކޮށްފަ އެވެ. ލިންކްސާވްގެ ފިހާރަތަކުން ލިބޭ ހުރިހާ އެއްޗެއް މިހާރު އީ-ސްޓޯރުން ލިބޭނެ އެވެ. ފިހާރަ އިން ލިބޭ އަގަށް ވުރެ އީ-ސްޓޯރުން އަދި މާ އަގު ހެޔޮކޮށް ލިބޭނެ އެވެ.

ފިހާރަ އަށް ދިއުމުގެ ބަދަލުގައި، ވެބްސައިޓަށް ވަދެ، ބޭނުންވާ އެއްޗަކަށް އޯޑަރުކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް އެ އެއްޗެއް ގެންގޮސްދޭނެ އެވެ. މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން އެއްވެސް ޑެލިވަރީ ޗާޖެއް ދައްކާކަށް ވެސް ނުޖެހޭނެ އެވެ. އިލެކްޓްރޯނިކްސް، އައިޓީ، ނެޓްވޯކިން އަށް ބޭނުންވާ އާލާތްތަކުން ފެށިގެން ގޮސް ހިފާގެންގުޅޭ ސާމާނާއި "ސްމާޓް" ވަސީލަތްތައް ވެސް ލިންކްސާވްގެ އީ-ސްޓޯރުން އެންމެ ދެތިން ކްލިކުން ގަނެލެވޭނެ އެވެ. ގަންނަންޖެހެނީ ކޯޗެއްކަން ޔަގީން ނުވާ ނަމަ، ވެބްސައިޓްގެ ލައިވް ޗެޓް ފީޗާ މެދުވެރިކޮށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް ފިހާރައިގެ މުވައްޒަފެއްގެ އެހީ ހޯދާލެވެނޭ އެވެ.

ޓީވީ ރިމޯޓް ހަލާކުވެއްޖެ ނަމަ އަވަހަށް ލިންކްސާވްގެ އީ-ސްޓޯރަށް ވަދެލައި ބޭނުންވާ ބްރޭންޑެއްގެ ރިމޯޓެއް ގަނެލާށެވެ. ގޭގައި ހުރި ކަރަންޓް ސޮކެޓުގެ އަދަދު މަދުވެގެން ފަހަރަކު އެއްޗެއް ޖައްސަން ޖެހުމުގެ އުނދަގުލުން ސަލާމަތްވުމަށް އެކްސްޓެންޝަން ބޯޑެއް ގަނެލާށެވެ. ގޭގެ ބޮކި އަދައިފި ނަމަ ނުވަތަ ގޭގައި ހުރެގެން އޮފީސް މަސައްކަތްކުރަން ބޭނުންވާ ނަރުދައްޗާއި ކްލިޕާއި އެ ނޫން ވެސް ތަކެތި ހުސްވެއްޖެ ނަމަ، ގެއިން ބޭރަށް ނުގޮސް އެ ކަމުގެ ހައްލު ވެސް ލިންކްސާވްގެ އީ-ސްޓޯރުން ލިބޭނެ އެވެ. މާސްކާއި އަންގި އާއި ހުންބަލާކަށިގަނޑެއް ގަންނަންވިޔަސް އެހެން ދިމާލަކަށް ދާނެ ކަމެއް ނެތެވެ. ގޭގައި ހުރެގެން، ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރާނެ ހުރިހާ އެއްޗެއް ނަން ހުސްކޮށް ލިންކްސާވްގެ އީ-ސްޓޯރުން ލިބޭނެ އެވެ.

އީ-ސްޓޯރަކީ އަޅުގަނޑުމެންގެ ވިޔަފާރި އާ ހަރުފަތަކަށް ގެންދިއުމަށް އެޅިގެންދާ ފުރަތަމަ ފިޔަވަޅު. ކަސްޓަމަރުންގެ ބޭނުންތައް ދަނެގެން، ފުރިހަމަ ހިދުމަތްތަކެއް ދިނުމުގައި އަޅުގަނޑުމެން ދެމިއޮންނާނަން،" އާއްމު ދިރިއުޅުމުގެ ކަންކަން އެ ފުށް މި ފުށަށް ޖެހިފައިވާ މި ދަނޑިވަޅުގައި، ލިންކްސާވްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފާއިޒް ދެއްވާ ޔަގީންކަމަކީ އެއީ އެވެ.